Advertisement

17 އަހަރުގެ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ބަލަނީ

24 އޮގަސްޓު 2021 - 18:27 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފުލުހުންތަކެއް މަގުމަތީގައި ކަރަކާތްތެރިވަނީ: ކުއްޖާ ރަހީނުކޮށް އަނިޔާކުރި ކަމަށް ބުނަނީ 22 ވަނަ ދު ވަހުގެ ރޭ ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: އަދަދު


17 އަހަރުގެ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ބަލަނީ

24 އޮގަސްޓު 2021 - 18:27 0

އުތުރުގެ ރަށެއްގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ހުށަހެޅި އެ މައްސަލަ މައްސަލަ ޖެންޑާ މިނިސްޓްރީގެ ޓީމަކާއި ފުލުހުން ގުޅިގެން ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

އެ ރަށު ކައުންސިލްގެ ރައީސް "އަދަދު" އަށް ވިދާޅުވީ ކުއްޖާ ރަހީނުކޮށް އަނިޔާކުރި ކަމަށް ބުނަނީ 22 ވަނަ ދުވަހުގެ ރޭ ކަމަށާއި އެކަމުގެ ފަހަތުގައި އޮތް ސަބަބެއް ވެސް އަދި ކުއްޖާއަށް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާއެއްކަމެއް އަދި ނޭގޭ ކަމަށެވެ.

ރަހީނުކުރުމަކީ މި ފަހަކަށް އައިސް ރާއްޖޭގައި އާންމުވެފައިވާ ކަމެކެވެ. ދާދި ފަހުން ކުޅުދުއްފުށީ ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ވަނީ އުފުލައިފަ އެވެ.

އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ވަނީ ފެނިފަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލަން ޕީޖީން ވަނީ ނިންމައިފަ އެވެ.