Advertisement

ޑާކް ރެއިން އިން ދިނީ ހުސް އުފާވެރި ހަބަރު!

24 އޮގަސްޓު 2021 - 08:48 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ގިރިޓީ ލޯބީގެ ލީޑް ރޯލް އިން ފެނިގެންދާ ދެ ތަރިން--


ޑާކް ރެއިން އިން ދިނީ ހުސް އުފާވެރި ހަބަރު!

24 އޮގަސްޓު 2021 - 08:48 0

ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަހުރި ކަމަށާއި މިވަގުތު އެކަނިވެސް ތަފާތު ތިން ފިލްމެއް ޝޫޓްކުރަމުން އަންނަ ކަމަށް ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމަންޓުން ބުނެފި އެވެ.

މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ވެބް ސީރީޒް "ގިރިޓީ ލޯބި" ގެ މަސައްކަތެވެ. މިއީ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމުގައިވާ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑް ރޯލުން ފެނިގެންދާ ކޮމެޑީ ޑްރާމާއެކެވެ.

ވެބް ސީރީޒް އެއްގެ ގޮތުގައި ފެނިގެންދާނެ މި ފިލްމަކީ އާއިޝަތު ފުއާދު ތައުފީގް އަދި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި ފިލްމްގެ ސްކްރީން ޕްލޭ ލިޔުނީ އަހުމަދު ޒަރީރު (ޒައްރެ) އެވެ.

ހެއްވާ މަޖާ އަދި ލޯބި ފެނިގެންދާ ފިލްމުތަކަކީ ފަހަކަށް އައިސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖޯންރާ އަކަށްވާއިރު މި ސީރީޒް އިންވެސް އެ ރަހަތައް ވަަރަށް ފުރިހަމައަށް ފެންނާނެ ކަމަށް މޮގާ ބުންޏެވެ.

ގިރިޓީ ލޯބީގެ ތިރީސް އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު ފިލްމު ހަވާލުކުރާ އޮންލައިން ޕްލެޓްފޯމެއް އަދި ނިންމާފައި ނުވާކަމަށްވެސް މޮގާ ބުންޏެވެ.

ހަމައެޔާއެކު ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ ފަތުހުﷲ އަބްދުލްފައްތާހު (ފަތޯ) އަޑުން ކިޔާދީފައިވާ ފިލްމުގެ "ދީފާ" ލަވަ ހޯމަ ދުވަހު ސައުންޑްކްލައުޑަށް ރިލީޒްކޮށްފަ އެވެ.

ދެން ޑާކްރެއިން އިން މިވަގުތު އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދަނީ ބިރުވެރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމް "ބަޅިނދު" ގެ މަސައްކަތެވެ.

ޒުވާން ކާސްޓެއް ފެނިގެންދާ މި ފިލްމުގައި ބާކީ އޮތީ ކްލައިމެކްސް ސީންގެ ޝޫޓިން އެކަނިކަމަށް މޮގާ ބުންޏެވެ.

"އެއީ ވަރަށް ވަރުގަދަ ސީން އެއް. ވާ ގަނޑަކުން ގެއެއްގެ މައްޗަށް އަރާތަން ނަގަން ޖެހޭތީ އެމްއެންޑީއެފް ގެ އެހީތެރިކަންވެސް ބޭނުންކޮށްގެން އަޅުގަނޑުމެން އެ ސީން ނަގަން ތައްޔާރުވަމުން މިދަނީ،" މޮގާ ބުންޏެވެ.

އެއަށް ފަހު ދެން ކުރިއަށް އޮތީވެސް ގިނަ ބަޔަކު ބޮޑު އިންތިޒާރެއް ކުރަމުން އަންނަ ފިލްމެއް ކަމުގައިވާ "ބީވިމާ" އެވެ. ލަވަކިޔުންތެރިޔާ އަޝްފާ ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެންދާ މި ފިލްމްގެ ޝޫޓިންއަށް އަތޮޅުތެރެއަށް ފުރަން ޖެހޭތީ މިވަގުތު މަޑު ޖައްސާލަފައި އޮތީ ކާސްޓެއްގެ ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމަށް ކަމަށް މޮގާ ބުންޏެވެ.

ބީވީމާ ގެ ސްކްރީންޕްލޭ ތައްޔާރުކޮށް ޑައިރެކްޓް ކުރަނީވެސް ޒަރީރެވެ. އަދި ޕްރޮޑިއުސަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ މޮގާގެ އިތުރުން އާއިޝަތު ފުއާދު އެވެ. އަޝްފާގެ އިތުރުން ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.