އަސްއަދާއި ޝިއުނާއަށް މަހްލޫފް ކުރާ ތުހުމަތު މަޖިލީހަށް

15 އޮގަސްޓު 2021 - 23:12 1

ފާތިމަތު އަޖްފާން

ފ

އޭސީސީގެ ރައީސް ޝިއުނާ(ކ) އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު (ވ)


އަސްއަދާއި ޝިއުނާއަށް މަހްލޫފް ކުރާ ތުހުމަތު މަޖިލީހަށް

15 އޮގަސްޓު 2021 - 23:12 1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ އާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ހެކި ހުންނެވި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވުމުން އެ ތުހުމަތު ބަލައިދޭން އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އެ ކޮމެޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

"ވަގުތު" އޮންލައިނުން ބޭއްވި ކްލަބް ހައުސް ސެޝަނެއްގައި ވާހަކަ ދައްކަވަމުން މަހުލޫފު ވަނީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މަހްލޫފް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަ ވަކި ގޮތަކަށް ގެންދަން ޝިއުނާ އާއި އައްސައަދު ވާހަކަ ދައްކަވާފައިވާ ޗެޓްލޮގްތަކެއް އެބަހުރި ކަމަށެވެ. އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ "ދައުލަތް އޮރިޔާންވާނެ" ކަމަށް ތުހުމަތު ކުރެއްވި އެވެ.

އުޝާމް މިރޭ ވިދާޅުވީ މިނިސްޓަރު މަހުލޫފްގެ ތުހުމަތަކީ މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ މައްޗަށް ކުރެއްވި ވަރަށް ސީރިއަސް ތުހުމަތެއް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގެ ހަގީގަތް ހޯދައި ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"މިއީ މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ މައްޗަށް ކުރެވޭ ވަރަށް ސީރިއަސް ތުހުމަތެއް ކަމަށްވާތީ، މި މައްސަލައިގެ ހަގީގަތް ހޯދައި ބަލަންޖެހޭ. އެހެންކަމުން، މިމައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ބެލުމަށް އެޖެންޑާ ކޮށްދިނުމަށް ވާނީ އެދިފައި،" އުޝާމް ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ. މި ތަހުގީގު ގެންދިޔައީ ހިޔާނާތުގެ މައްސަލަތަކުގައި އިންސާފަށް ވާސިލްވުމުގެ ވައުދު ފުއްދަން ސަރުކާރުން އެ މަސައްކަތް މަތިކޮށްފައިވާ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ފުލުހުން ގުޅިގެންނެވެ.

މަހްލޫފްގެ ތަހުގީގު ނިންމައި ދައުވާ އުފުލަން ފޮނުވުން މިދިޔަ ފެބުރުއަރީ މަހާ ހިސާބުން ފެށިގެން ފުލުސް އޮފީހުގައި މަޑުޖެހުނެވެ. ފަހުން މުއައްސަސާތަކަށް އެއްބަސްވެވުނީ އޭސީސީ މެދުވެރިކޮށް, އެ މައްސަލަ ޕީޖީއަށް ފޮނުވުމަށެވެ. އެހެންވެ ޖޫން, 9 ގައި ޕީޖީއަށް އެ މައްސަލަ ފޮނުވި ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި އެ އޮފީހުގައި މައްސަލަ އޮތީ މަޑުޖެހިފަ އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ނަޖްވާ

over 3 years ago

މަހްލޫފް ދެން ނުކިއްސަރު ގޮތަކަށް ފައިސާ ހޯދާފަ ދެން ކޮން ވާހަކަ އެއް ދައްކާކަށްހޭ! އެހެން މީހުންގެ ބޮލުގަ ފާޑުފާޑުގެ ތުހުމަތު އަޅުވާނެ ކަމެއް ނެތެއް ނޫންހޭ މި ބުނީ!