Advertisement

ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފައިން ވަކިކޮށްފި

1 ޖުލައި 2021 - 17:07 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޑރ. އިޔާޒް: އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ނަސޭހަތްދިނުމުންވެސް އިސްލާހުކޮށްފައި ނުވާތީ ކަމަށް އެމްއެންޔޫއިން ބުނޭ.


ޑރ. އިޔާޒު އެމްއެންޔޫގެ ވަޒީފައިން ވަކިކޮށްފި

1 ޖުލައި 2021 - 17:07 1

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ (އެމްއެންޔޫ) އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.

އޭނާ ވަޒީފާ އިން މި ވަކިކުރީ، އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު އެވެ. މި މައްސަލައިގެ ކުރިން ވެސް އިޔާޒަށް ނަސޭހަތްދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި އިޔާޒު ލިއުނު ޕޯސްޓްތަކަކާ ގުޅިގެން އެމްއެންޔޫއިން މިދިޔަ މާޗް މަހުގެ ތެރޭގައި އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދިނުމަށް ފަހު އެވެ.

އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، އެތަނުގެ ލެކްޗަރާ ކަމުގެ ވަޒީފާއިން ޑރ. އިޔާޒް ވަކިކުރީ އެކިފަހަރު މަތިން ވާހަކަ ދެކެވި، ފަހުގެ އިންޒާރު ދިނުމަށް ފަހު ކަމަށެވެ.

އެމްއެންޔޫއިން އިންޒާރު ދިން ފަހުން ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވުމަކީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތް ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިޔާޒު ވަޒީފާ އިން ވަކިކުރިއިރު، އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލަން ނިންމައިފަ އެވެ.