Advertisement

ފާތީގެ ޑެސާޓް ބޮކްސް އިން "ކެކްސިކަލް" އެއް!

21 ޖޫން 2021 - 10:19 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ފާތީގެ ޑެސާޓް ބޮކްސް އިން "ކެކްސިކަލް" އެއް!

21 ޖޫން 2021 - 10:19 1

"ރާއްޖޭގައި ބޭކާޒް ވަރަށް ގިނަ. ކޭކު އަޅަން ފަށައިގަތް އިރު އެނގޭ މި ވަދެވެނީ ކިހާ ބޮޑު ކޮމިއުނިޓީ އެއްގެ ތެރެއަށް ކަން. އެހެންވީމަ ފޯކަސް ކުރީ މާކެޓްގައި އާންމުކޮށް ލިބެން ނެތް ތަފާތު ޕްރޮޑަކްޓެއް ގެނެސްދޭން،"

އުމުރުން 20 އަހަރުގެ ފާތިމާ ޒައީމް (ފާތީ) އަކީ އަކީ ބޭކް ކުރުމާއި ފައިން އާޓް "ފިއުސް" ކޮށްގެން ތަފާތު ހުނަރެއް ދައްކަމުން އަންނަ، އައްޑޫ ސިޓީގެ ހުޅުދޫ އަށް ނިސްބަތްވާ ޒުވާނެކެވެ. ރާއްޖޭގައި ފުޅާވަމުން އަންނަ "ހޯމް ބޭކާސް ކޮމިއުނިޓީ" ގައި ފާތީގެ މަސައްކަތް ހާއްސަ ވަނީ މި ސަބަބާ ހެދި އެވެ.

މި ކިޔައިދެނީ ކޭކާއި އާޓްގެ މި ފިއުޝަނެއް އުފައްދައިގެން ކްރިއޭޓިވިޓީ އާއި މީރު ރަހަ ފާތީ ގެ ޑެސެޓް ތަކަށް ގެންނަން އޭނާ މަސައްކަތް ކުރާ ގޮތެވެ.

"ބޭކް ކުރަން ފެއްޓި އިރު ވެސް ހަދާ އެއްޗެހީގައި އާޓް ހިމެނުމަކީ ވަރަށް ބޮޑު ފޯކަސް އެއް. އެކަމަކު ކޭކުގައި ކުރަހާ މީހުން މިހާރު ވެސް ވަރަށް ގިނަ. އެހެންވެ އަމިއްލަ އަށް ތަފާތުކޮށް ކުރެވޭނީ ކޮން ކަމެއްތޯ ވިސްނުމުގެ ތެރެއިން ޑިޒައިން ކެކްސިކަލް އުފަންވީ،" ފާތީގެ މަސައްކަތާއި އޭނާގެ އިންސްޓަގްރާމް އިން އެ ފެންނަ ރީތި މެގްނަމް ކަހަލަ "ކެކްސިކަލް" އުފެދިގެން އައި ގޮތް ކިޔައިދިނެވެ.

ކެކްސިކަލް އަކީ ބޭރުގައި ހާޑް ޗޮކްލެޓް ލޭޔާ އެއް އިނދެފައި އެތެރޭގައި ކޭކު ސްޓަފްކޮށްފައި މެގްނަމެއްގެ ބައްޓަމަށް ހަދާ ޑެސެޓް އެކެވެ. ތަފާތު ތީމް ތަކަށް މި ކެކްސިކަލް ޑެކަރޭޓް ކޮށްފައި ހުންނަ އިރު ބަލައިލަން ހިތްގައިމެވެ.

"ތަފާތުކޮށް ޑެލިވަ ކޮށްދޭތީ ކަސްޓަމަރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ. މީގައި ހަމަ އެކަނި ޑިޒައިނެއް ނޫން މި މުހިއްމު ވަނީ. ރަހަ އަކީ އެންމެ މެއިން ކޮމްޕޮނަންޓް. އަދި ވެސް މި މަސައްކަތް ކުރަނީ މި ދެ ކަން އެންމެ ފުރިހަމަ އަށް ކުރެވޭތޯ،" ފާތީ ދެކޭ ގޮތުގައި އަދި ވެސް އޭނާގެ ބޭކިން އޮތީ ރިސާޗް ސްޓޭޖެއްގަ އެވެ.

ފާތީ ހަދާ ކެކްސިކަލް ގެ އިތުރުން އޭނާ ހަދާ "ސްމޭޝް" ކޭކުތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ. ދާދި ފަހުން އޯޑަރަކަށް އޭނާ ތައްޔާރުކުރި ކެކްސިކަލް ތަކެއްގައި ކުރެހި މަޝްހޫރު ޕެއިންޓާ - އާޓިސްޓް، ވެން ގޯ ގެ "ސްޓާރީ ނައިޓް" އެތައް ބަޔަކަށް ކަމުދިޔަ އެވެ. މިހާރު ވެސް އޭނާގެ ކަސްޓަމަރުންގެ ފެވަރިޓަކީ އެއީ ކަމަށް ފާތީ ބުންޏެވެ.

"އާޓް އަކީ އެކަހަލަ އެއްޗެއް. އަސްލު ރީތިކޮށް ކުރީމަ މީހުން އެޓްރެކްޓް ވާނެ. އަދި ވެސް ވަރަށް ބޮޑު ޑްރީމެއް މިހާރަށް ވުރެ ވެސް ފުރިހަމަ ކުރުމަކީ،"

ފާތީ ހަދާފައިވާ ކެކްސިކަލް ތަކެއް: މިއީ އޭނާގެ އެންމެ ހާއްސަ އުފެއްދުން


ބިޒްނަސް އާއި އިކޮނޮމިކްސް އިން ޑިގްރީ އަށް ކިޔަވަމުން އަންނަ ފާތީގެ އެންމެ ބޮޑު އުއްމީދަކީ އޭނާގެ ކޭކު ވިޔަފާރި ތަފާތު މީރު ބްރޭންޑެއްގެ ގޮތުގައި ފުޅާވެގެން ދިއުމެވެ.

ފާތީ ހުރީ އޭނާގެ ވިޔަފާރި އަށް ލިބެމުންދާ ކާމިޔާބީ އާ މެދު ހިތްހަމަ ޖެހިފަ އެވެ. އެކަމަކު ޒުވާނުންނަށް މެސެޖެއް ވެސް ދޭން ބޭނުންވެ އެވެ.

"ހަގު އުމުރުގައި ފައިނެންޝަލް ސްޓެބިލިޓީ އާއި ރެސްޕޮންސިބިލިޓީ ނަގަން ދަސްވުމަކީ އެންމެ ބޮޑު އެއް ކާމިޔާބު. ހުހަށް ނުހުރު ކަމެއް ފަށައިގަންނަން މަސައްކަތް ކުރަން އަބަދުވެސް ބަލަންވާނެ،" ފާތީ ބުންޏެވެ.