12 ޖޫން 2021 - 08:14 1
އަހުމަދު ސާއިލް އަލީ
މުއިއްޒާއި ރަފީގު: އިންތިހާބު ކާމިޔާބު ކުރީ ރަފީގު
12 ޖޫން 2021 - 08:14 1
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މޭޔަރުންގެ ގޮނޑިއަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ވާދަ ކުރައްވައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު އިންތިހާބު ކާމިޔާބުކޮށްފި އެވެ.
ކައުންސިލަރުންގެ މެދުގައި މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ޕީޕީއެމްގެ މުއިއްޒަށް 21 ވޯޓް ލިބުނުއިރު އެމްޑީޕީގެ އިސްމާއީލް ވަނީ 24 ވޯޓް ހޯއްދަވައިފަ އެވެ.
ހަތަރު ސިޓީ ކައުންސިލުގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް އޮތްއިރު އައްޑޫ ސިޓީގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ނެތެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފުލް މެޖޯރިޓީ އެމްޑީޕީއަށް އޮތްއިރު ފުވައްމުލައް ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީއަށެވެ.
ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއް އަދި އަތޮޅު ރައީސުންގެ ތެރެއިން މެންބަރެއް ހުންނަވަން ޖެހެ އެވެ.
އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލަރުންގެ ގޮނޑިއަށް ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން ހަތް ކައުންސިލަރަކު ވާދަކުރެ އެވެ. އެއީ އެމްޑީޕީގެ ފަސް ކައުންސިލަރުންނާއި ޕީޕީއެމްގެ އެއް ކައުންސިލަރަކު އަދި އަމިއްލަ ގޮތުން އިންތިހާބުވެ ހުރި ކައުންސިލަރެކެވެ. އެ އިންތިހާބުގެ ވަގުތީ ނަތީޖާ އަދި ނުލިބެ އެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅު ރައީސްގެ ގޮނޑިއަށް އިންތިހާބަކާ ނުލައި، ޕީޕީއެމްއަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ވަނީ ހޮވިވަޑައިގެންފަ އެވެ. އެއީ، އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު، ވަގުތު ހަމަވިފަހުން ފޯމް ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އެ ފޯމް ބަލައިނުގަތުމުންނެވެ.
ނަމަވެސް، ބަޝީރު ވަނީ ގަޑި ޖެހުމުގެ ކުރިން އޭނާ ފޯމް މެއިލް ކުރެއްވި ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަންގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވައިފަ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސްމޭޝް -ފުވައްމުލައް
almost 4 years ago
އައްޑޫ ސިޓީގެ 7 ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު މެޖޯރިޓި ނުލިބެނީ ކޮންގޮތަކުން ތޯ؟ ބާކީ 6 ގޮނޑީގެ ތެރެއިން ޕީޕީއެމަށް 3 ގޮނޑި އަދި މިނިވަން 3 މެމެބަރުން އިސްލާހުކޮށްލައްވާ!
Comment