10 ޖޫން 2021 - 19:05 1
އަހުމަދު ސާއިލް އަލީ
10 ޖޫން 2021 - 19:05 1
ނ. ޅޮހީ ސްކޫލުގެ އަންހެން ޓީޗަރަކު އެ ސްކޫލްގެ ދަރިވަރަކާ ދެމެދު ބަދުއަހުލާގީ ކަންތައްތަކެއް ހިނގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ ތުހުމަތު ކުރެވެނީ ޅޮހީ ސްކޫލުގެ ޓީޗަރަކަށް މަސައްކަތް ކުރާ 25 އަހަރުގެ ދިވެހި އަންހެނަކަށެވެ.
އޭނާގެ މައްސަލަ ފެންމަތިވީ ދަރިވަރަކާ ދެމެދު ދައްކާފައި ހުރި ބަދުއަހުލާގީ ވާހަކަތަކެއްގެ ޗެޓްލޮގް އާއްމުވުމާ އެކު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި އިތުބާރު ހިފޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
"މި މައްސަލައިގައި އިތުރު ކުދިން ތަކެއްވެސް ތުހުމަތު ކުރެވޭ މީހާގެ ސަބަބުން ޖިންސީ ހާނީއްކައަށް ހުށަހެޅިފައިވާކަމަށް ބެލެވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އެ މައްސަލަ ބަލަމުން ދިޔަ ނަމަވެސް، އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި، އޭނާއާމެދު ޅޮހީ ސްކޫލުން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ވެސް ސާފެއް ނުވެ އެވެ.
ފުލުހުން ބުނި ގޮތުގައި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެންނެވެ.
0.00%
0.00%
40.00%
60.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment