Advertisement

އެންމެ ގިނަ މީހުން ބެލި ދިވެހި ޔޫޓިއުބް ވީޑިއޯގެ ރެކޯޑް އެޑަމްއަށް!

10 ޖޫން 2021 - 16:08 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

އެޑަމް: އޭނާގެ ޔޫޓިއުބް ވީޑިއޯއަކަށް 3.4 މިލިއަން ވިއުސް ވަނީ ލިބިފައި


އެންމެ ގިނަ މީހުން ބެލި ދިވެހި ޔޫޓިއުބް ވީޑިއޯގެ ރެކޯޑް އެޑަމްއަށް!

10 ޖޫން 2021 - 16:08 1

މީގެ ހައެއްކަ އަހަރު ކުރިން، އާދަމް ހަލީމް (އެޑަމް)، ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމް ކުރަން ފެށީ ފޮޓޯ ނެގުމަށް އޭނާގެ ހިތުގައި އޮތް ހާއްސަ ޝައުގުވެރިކަމެއްގެ ސަބަބުންނެވެ.

ފެންނަ ރީތި މަންޒަރުތަކާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ ތަންތަނުގެ ފޮޓޯތައް މީހުންގެ ހިތް ދަމައިގަންނަ ފަދަ ގޮތްގޮތަށް ނެގުމަކީ އިންސްޓަގްރާމުގައި ތަކުރާރު ކޮށް އޭނާ ދައްކަމުން އައި ހުނަރެކެވެ. އޭނާގެ މި ފޮޓޯތަކަކާއި ވީޑިއޯތަކެއް ދިވެހި އިންސްޓަގްރާމްގެ ބޯޑަރު ހުރަސްކޮށް، ދުނިޔޭގެ އެންމެ ބޮޑެތި ޕޭޖުތަކުން ޖާގަ ހޯދިއިރު މިހާރު އޭނާ އަކީ އިންސްޓަގްރާމްގައި ވެސް އެންމެ ގިނަ މީހުން ފޮލޯކުރާ އެއް ދިވެހި އެކައުންޓެވެ.

މި އާޓިކަލް ގައި އެކަމަކު ދައްކަން މި އުޅެނީ އިންސްޓަގްރާމްގައި އެއްލައްކަ ފަސްދޮޅަސް ހާސް މީހުންގެ ފޮލޯބޭސް އެއް އޮތް މި އިންފްލުއެންސާ އަކު މުޅިން އެހެން ރެކޯޑެއް ހަދައިގެން އެ ވާހަކަ އެވެ. އެންމެ ގިނަ ބަޔަކު މިހާތަނަށް ޔޫޓިއުބްގައި ބެލި ދިވެހި ވީޑިއޯގެ ވެރި ފަރާތުގެ ލަގަބު ވެސް މިހާރު އޮތީ އެޑަމްގެ އަތުގަ އެވެ.

އޭނާ މި ކިޔައިދެނީ އެ ވާހަކަ އެވެ.

https://www.youtube.com/watch?v=vxxTON1e-rE


ބ އޭދަފުއްޓަށް އުފަން 36 އަހަރުގެ މި ޒުވާނާ، މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އޭނާގެ ޔޫޓިއުބް ޗެނަލަށް ރާއްޖޭގެ ރީތިކަމާ ބެހޭ ގޮތުން ދެތިން ފޮޅުވަތުގެ ތައުރީފެއް ހިމަނާފައި ވައްޓާލި ނުވަ ސިކުންތުގެ ކުރު މި ވިޑިއޯއަށް މިދިޔަ ތިން މަސް ދުވަހުގެ ތެރެގައި ވަނީ 3.4 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ. މީގެ ކުރިން މި ރިކޯޑެއް އޮތީ 1.3 މިލިއަން ވިއުސް އާއެކު ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ އަތުގަ އެވެ.

"މި ފިނޮޅު ވަރަށް ރިތިކޮށް އޮތް ދުވަހެއްގައި ރައްޓެއްސަކު އެވާހަކަ ބުނެގެން ޑްރޯން ހިފައިގެން ގޮސް ނެގި ވިޑިއޯއެއް މިއީ. ހިއެއް ނުކުރަން ރިކޯޑް ވީޑިއޯއަކަށް ވާނެ ކަމަކަށް،" ޓިކްޓޮކްގައި ވެސް އެތައް ލައްކަ މީހުން ބެލި މި ކުރު ވީޑިއޯ އާ ބެހޭ ގޮތުން އެޑަމް ބުންޏެވެ.

އެޑަމް: އޭނާގެ ވީޑިއޯ އަކަށް ޔޫޓިއުބްގައި 3.4 މިލިއަން ވިއުސް ލިބި އެންމެ ގިނަ މީހުން ބެލި ދިވެހި ވީޑިއޯ ގެ ރެކޯޑް ވަނީ ލިބިފައި


އޭނާ ބުނީ، އެތައް މިލިއަން ބަޔަކާ ހަމައަށް އޭނާގެ ލެންސުން ދިވެހި ރާއްޖޭގެ ހިތްގައިމު މަންޒަރެއް ފޯރުކޮށްދެވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

"އަޅުގަނޑުގެ އިންސްޓަގްރާމް ކުރާ ވީޑިއޯ އަދި ފޮޓޯތައް ފޯބްސް ޓްރެވަލް ގައިޑް ފަދަ ބޮޑެތި ފޭޖްތަކުގައި ވެސް ފީޗާ ކުރޭ. އެހެންވީމަ އިންސްޓަގްރާމްގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ. މިހާރު މި ރިކޯޑާއެކު ވަރަށް އުފަލުން މި ހުރީ،" އަމިއްލަ ވިޔަފާރިއެއް ކުރަމުން ވަރުބަލި ކަމެއް ނެތި މީޑިއާ ކޮންޓެންޓް ވެސް ތައްޔާރުކުރަމުން އަންނަ އެޑަމް ބުންޏެވެ.

އެޑަމްގެ އަމާޒު ހުރީ އަދިވެސް މިފަދަ ރީތި މަންޒަރުތަކެއް އޭނާގެ ހެންޑްލްތައް މެދުވެރިކޮށް ދުނިޔެއަށް ދައްކައިލުމަށެވެ. ޔޫޓިއުބް ވީޑިއޯއަށް ލިބުނު ބޮޑު އެކްޕޯޝާ އާއެކު ޖޯޝުގައި ހުރި އެޑަމްގެ އުންމީދު ހުރީ މިހާރު ކުރިއަށްވުރެ ވެސް އުހުގަ އެވެ.