ކަސްރަތަށް ނުދެވި އަނެއްކާ ވެސް ކަންނެތް ވެދާނެ!

ކަސްރަތަށް ނުދެވި އަނެއްކާ ވެސް ކަންނެތް ވެދާނެ!

ކޮވިޑްގެ ބަލިމަޑުކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް ގިނަ މީހުން އެއްތަންވެ އުޅުން ރައްކާތެރި ހާލަތަކަށް ނުދެ އެވެ. ކޭސްތައް އިތުރުވެ، ބަލީގައި މަރުވަމުންދިޔަ މީހުންގެ ނިސްބަތް އިތުރުވެ، ދެވަނަ ފަހަރަށް ފުރަބަންދެއްގެ ސިފައާއި އެއްގޮތް ކާފިއުއެއް މިދިޔަ މަހު ރާއްޖޭގައި ހިންގަންފެށި އިރު ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވެސް މިހާރު ގެއިން ނިކުމެ އުޅުމުގެ ރައްކާތެރި ކަމެއް ނެތެވެ. މިހާލަތުގައި އެންމެން ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ހެލިފެލިވެ އުޅުން މަދުވެ، ސިއްހަތާއި ދުރު ދިރިއުޅުމަކަށް މީހުން ހޭނިދާނެ ކަމުގެ ކަންބޮޑުވުން ވެސް މިހާރު އެބައޮތެވެ.

"ކަސްރަތު ކުރުމަކީ ޕްރިވެންޓިވް ހެލްތުގެ އެންމެ ބޮޑު އެއް ބައި. އެހެންވީމަ ކަސްރަތުކުރެވޭނެ މަގު މުޅިން ބަންދުކޮށްލުމުގެ ބަދަލުގައި އެކަންތައް ހިންގޭނެ ކޮންމެވެސް ނިޒާމެއް އެބަ ހޯދައިދޭންޖެހޭ. މިހެން މިބުނީ ކަސްރަތަކީ އާދަކައިދައިގެ ތެރޭގައި ހިމަނަން އުނދަގޫ ކަމަކަށް ވާތީ،" ކަސްރަތު އިންސްޓްރަކްޓަރު އަދި ޕާސަނަލް ޓްރެއިނާ ހުސައިން ޒިނާން ބުންޏެވެ.

އޭނާގެ ނަޒަރުގައި ކަސްރަތު އެއްގޮތަކަށް ވެސް ނުކުރެވޭ ހާލަތެއްްގައި މާ ގިނަ ދުވަހު ތިބެން ވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި ސިއްހީ ގިނަ މައްސަލަތަކެއް ފެނުން އެކަށީގެންވެ އެވެ. އޭގެ ތެރޭގައި އަލަށް ކަސްރަތުގެ ތެރެއަށް ވަދެ، އެކަމަށް ރަނގަޅަށް ނުހޭނި ތިބި މީހުން އަނެއްކާ ވެސް ކަސްރަތާއި ދުރުވުމުގެ ޗާންސު ވަރަށް ބޮޑަށް އިތުރުވެގެން ހިގައިދާނެ އެވެ. އަދި ނަފްސާނީ މައްސަލަތަކާއި، ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން މިހާރުވެސް ރާއްޖޭގައި ދިމާވާ ގިނަ ސިއްހީ މައްސަލަތައް ކުރިއަށް އޮތް ތަނުގައި އިތުރުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

Advertisement

އެހެންކަމުން ޕެންޑެމިކެއް އޮތަސް، ހަރުދަނާ ނިޒާމެއްގެ ތެރެއިން މީހުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެ ފުރުސަތު ފަހިކޮށްދޭން ޖެހިފައިވާކަމަށް އޭނާ ދެކެ އެވެ.

"މިސާލަކަށް ހެނދުނު ފަހަކާއި ހަޔަކާ ދެމެދު ހަމައެކަނި 65 އަހަރުން މަތީގެ މީހުންނަށް ނިކުމެވޭ ގޮތް ހަދާފައި މެންދުރުގެ ހޫނު ގަދަ ވަގުތު ޒުވާނުންގެ ކަސްރަތަށް އެއް ގަޑި އިރު ހެދުން ކަމުގައި ވިޔަސް ވެސް ފުރުސަތު އެބަ ހޯދައިދެވެން ޖެހޭ، ސަބަބަކީ މި ބަލިމަޑުކަމުން މުޅިން ނިކުމެވޭނީ ކޮން ދުވަހަކު ކަމެއް ވެސް ނޭނގޭތީ،" ޒިނާން ބުންޏެވެ.

ފުރަތަމަ ލޮކްޑައުން ގައި ވީގޮތް ތަކުރާރުވާން ބޭނުމެއް ނޫން

މިދިޔަ އަހަރުގެ ކޮވިޑްގެ ފުރަތަމަ ރާޅާއެކު ތިން މަސް ދުވަހެއްގެ ފުލް ލޮކްޑައުންނަކަށް މާލެ ވައްޓާލުމުން ކަސްރަތު ދާއިރާގެ ޕްރޮފެޝަނަލެއްގެ ގޮތުގައި ހުރެ ޒިނާން އަށް ވެސް ކުރެވުނީ ހިތްދަތި ތަޖުރިބާއެކެވެ.

"ތަފާތު އެތައް މައްސަލަތަކެއް ފެންމަތިވެގެން އައީ. ކަސްރަތު ދަސްކޮށްދޭ މީހުންނަށް އެމީހުންގެ ގެތަކުގައި ޖާގަ ނެތިގެން ކަސްރަތު ނުކުރެވި ތިބެން ޖެހުމުން ނަފްސާނީ އެތައް މައްސަލަތަކެއް އިހުސާސްކުރި. އޭގެ އިތުރަށް، ކަސްރަތު ނުކޮށް ގޭގައި ބަންދުވެގެން ކެއުމުގެ ކަންތައްތަކުގައި މާ ބޮޑަށް އުޅެވުމުން ދިމާވެފައި ހުރި ސިއްހީ ނުރަނގަޅު ބަދަލުތައް ދުވަސްވީ މީހުންނާއި ޒުވާނުންގެ ފަރާތުން ވެސް ފެނުނު،" ޒިނާން ވިދާޅުވި އެވެ.

ސުވިޒަލެންޑް، އޮސްޓްރޭލިއާ، ސިންގަޕޫރު ފަދަ ގައުމުތަކުގައި މިދިޔަ އަހަރުގެ ލޮކްޑައުން ފެށުނު ފަހުން ވެސް ހާއްސަ އުސޫލުތަކެއްގެ ތެރެއިން ކަސްރަތުކުރެވޭނެ ފުރުސަތުތަކެއް މެދުނުކެނޑި ހޯދައިދީފައިވެ އެވެ. އެކަމަކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރަނގަޅު މޮނިޓަރިން އެއްގެ ދަށުންނެވެ.

ޒިނާން ދެކޭގޮތުގައި މިފަދަ އުސޫލުތަކެއް އަހަރެމެންގެ ތެރޭގައި ވެސް ތަންފީޒުކުރެވިދާނެ އެވެ. ނިމޭނެ ދުވަހެއް ނޭނގޭ ޕެންޑެމިކެއްގައި ކަސްރަތުގެ ދާއިރާގެ މީހުންގެ ލަފައާއެކު އެފަދަ ފުރުސަތުތަކެއް މީހުންނަށް ހޯދައިދޭން މިހާރު ކޮންމެހެން މުހިއްމު ކަމަށް އޭނާ ބުންޏެވެ.

ގޭތެރޭގައި ކަސްރަތުކުރުމާއި ވާޗުއަލް ކްލާސް ހިންގުން ފަސޭހައެއް ނޫން

އާބާދީގެ ބޮޑު ބައެއް މާލޭގެ ކުދި ޖާގައިގެ ގެތަކުގައި ގިނަ މީހުންނާއެކު ދިރިއުޅޭ އިރު ހަމަޖެހިގެން ކަސްރަތުކުރެވޭނެ ޖާގަ ލިބޭނީ މަދު ބަޔަކަށެވެ. އެއީ ފޯރާ މަދު ބަޔަކަށް ލިބޭ "ލަގްޒަރީ" އެކެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންތޯ ގޭތެރެ ފެންނަ ގޮތަށް ކެމެރާ ޖައްސަން ފަސޭހައީ. މިވެސް ދައްކަންޖެހޭ ވާހަކައެއް. މިދިޔަ އަހަރު ތިން މަސްދުވަހުގެ ލޮކްޑައުން ދެމިގެންދިޔަ އިރު އެންމެ ބޮޑަށް ދިމާވި އެއް މައްސަލައަކީ އެއީ،" އޭނާ ބުންޏެވެ.

ގޭތެރޭގައި ޖާގަ ނެތުމުން، ނުވަތަ އެ މާހައުލު ނެތިގެން ވާޗުއަލް ކްލާސްތައް ހިންގަން ބޭނުންވެފައި ތިބި އެތައް އިންސްޓަރަކްޓަރުންނަށް އެ ފުރުސަތު ނުލިބިގެން މަސައްކަތް ނުކުރެވިފައި ތިބެންޖެހުނުކަން ޒިނާން ފާހަގަ ކުރެއްވި އެވެ.

ގޭގައި އަމިއްލަ އަށް ކަސްރަތުކުރުމަކީ ނޭނގޭ މީހަކަށް ރައްކާތެރި ގޮތެއް ނޫން

ކަސްރަތު އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން، ހައި ރިސްކް މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ގޭގައި ތިބެ އަމިއްލަ އަށް ސްޓްރެޗް ތަކާއި ތަފާތު ކަސްރަތުތައް ކުރަން ލަފާ ދިނުމަކީ މި ދަނޑިވަޅުގައި އޭނާ ކުރަން ބޭނުން ކަމެއް ނޫނެވެ. ސަބަބަކީ، ސިއްހީ ބަލި ހާލަތެއްގެ ސަބަބުން ކަސްރަތުކުރަންޖެހޭ މީހާ އަށް ކުރެވޭ ކަސްރަތުގެ މައުލޫމާތު ރަނގަޅަށް ނުލިބި ކުރުމުން އިތުރު ގެއްލުންތަކެއް ލިބުމަކީ ވެދާނެ ގޮތެކެވެ.

"ދެން އޮތީ، ވީޑިއޯ އިން ކޮށްދެވޭނެތޯ. އެގޮތަށް ވެސް އާންމު މީހަކަށް ކޮށްދިނުމަށް ވުރެ ދުވަސްވީ މީހަކަށް އެ ކުރަންވާ ގޮތަށް އެކަން ކޮށްދޭން އުނދަގޫ ވާނެ. ސަބަބަކީ ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ފޯރުކޮށްދޭ ކަސްރަތަކީ ވަރަށް ކައިރިން ބަލައިގެން ރަނގަޅުކޮށްދީގެން ކުރުވަންޖެހޭ ކަސްރަތު ތަކެއް،" ޒިނާން ބުންޏެވެ.

އެހެންވީމަ، މިފަދަ ދަނޑިވަޅެއްގައި ކަސްރަތު ފަދަ މުހިއްމު ދުޅެހޮޔޮ އާދަތައް މީހުންނަށް ދެމެހެއްޓޭނެ މަގު ފަހިކޮށްދެން ޖެހެ އެވެ. ނޫން ނަމަ މިދިޔަ މަދު ދުވަސްކޮޅުގައި ހެލިފެލިވެ އުޅެން ފެށި މީހުން ވެސް އަނެއްކާ ވެސް ކަސްރަތާ ދުރުވެ، އާބާދީ އަނެއްކާ ވެސް ކަންނެތް ވެދާނެ އެވެ.

ފަހުގެ ޚަބަރު

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

އެއް ފަހަރާ ދެ އެވޯޑް ލިބި، ރީސް އެމީގެ ތާރީހުގެ ތެރެއަށް

އެމީ އެވޯޑްސްގެ އެއް ރެއެއްގެ ތެރޭގައި އެންމެ މޮޅު އެކްޓަރުގެ ދެ އެވޯޑު ކާމިޔާބުކޮށް، ވޭލްސްގެ އެކްޓަރު މެތިއު ރީސް ތާރީޚުން ޖާގަ ހޯދައިފިއެވެ. އޭނާ މި ޝަރަފު ހޯދީ "ވިޑޯސް ބޭ" އަދި "ދަ ބީސްޓް އިން މީ" އިން ދެއްކި މޮޅު ހުނަރަށް ކޮމެޑީ އަދި ލިމިޓެޑް ސީރީޒް ކެޓަގަރީން އެވޯޑް ހާސިލުކޮށްގެންނެވެ. މިއީ އެމީ އެވޯޑްސްގެ ތާރީޚުގައިވެސް އެއް ރެއެއްގެ ތެރޭގައި އެކްޓަރަކު މިފަދަ ދެ އެވޯޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ފަލަސްތީނަށް ތާއީދުކުރާތީ އެޑްގެ ޓުއާ އިން މެކެލްމޯ ވަކިކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމާ ގުޅިގެން، އެމެރިކާގެ ރެޕް އާޓިސްޓް މެކެލްމޯ، އެޑް ޝީރަންގެ އެމެރިކާ ޓުއާ އިން ވަނީ ވަކިކޮށްފައެވެ. ޓުއާ އިންތިޒާމުކުރާ ފަރާތުން ބުނި ގޮތުގައި މެކެލްމޯ ވަކިކުރީ، އޭނާ ހިމަނައިގެން ޝޯތައް ބޭއްވުމަށް ސްޓޭޑިއަމްތަކުގެ ވެރިން ހުއްދަ ނުދިނުމާ ގުޅިގެންނެވެ.

އިނގިރޭސި ސްކޫލްތަކުގައި ތެލުލި ކާނާ މަނާކޮށްފި

އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ކުދިންގެ ސިއްހަތު ރަނގަޅުކުރުމަށްޓަކައި، ތެލުލި ކާނާ އާއި ފޮނި ތަކެތި މަދުކޮށް، ތާޒާ މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ކެއުމުގެ މިންގަނޑުތަކަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. 2027 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާ މި އުސޫލުގެ ދަށުން، ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް ދެވޭ މިންވަރު މަދުކޮށް، ސްކޫލްތަކުން ފޯރުކޮށްދޭ ކާނާގެ ފެންވަރު ހަރުދަނާގޮތެއްގައި މޮނިޓަރު ކުރެވޭނެއެވެ.

ބޭހާ ނުލައި ކޮލެސްޓްރޯލް ތިރިކުރެވޭނެ ގޮތްތަކެއް

ލޭގައި ކޮލެސްޓްރޯލް މަތިވުމަކީ ހާޓް އެޓޭކް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމަކަށްވާއިރު، ގިނަ ފަހަރަށް މީގެ އަލާމާތްތައް ބޭރުފުށުން ނުފެނެއެވެ. ނަމަވެސް ބޭސް ބޭނުންކުރުމުގެ ބަދަލުގައި، ގަވާއިދުން ކަސްރަތުކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން ފަދަ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނެސްގެން ގުދުރަތީ ގޮތުން ކޮލެސްޓްރޯލް ދަށްކުރެވިދާނެއެވެ.

Newsletter

Get the latest news delivered straight to your inbox