Advertisement

ހައިތަމް އާއި އަނބިކަނބަލުންނަށް އިންޒާރުދީ ހަމަލާދޭން އުޅުނު މައްސަލައެއް ޕޮލިހަށް

5 ޖޫން 2021 - 19:57 0

ހައިތަމް އާއި އަނބިކަނބަލުން: މަގުމަތިން ދިމާކޮށް ހަމަލާދޭން އުޅުނު މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައި.


ހައިތަމް އާއި އަނބިކަނބަލުންނަށް އިންޒާރުދީ ހަމަލާދޭން އުޅުނު މައްސަލައެއް ޕޮލިހަށް

5 ޖޫން 2021 - 19:57 0

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމްއާ މިއަދު ދިމާކޮށް އިންޒާރުދީ، ހަމަލާދޭން އުޅުނު މައްސަލައެއް ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ހައިތަމް "އަދަދު"އަށް ވިދާޅުވީ އޭނާ އާއި އަނބިކަނބަލުންނާ ދިމާކޮށް ފަހަތުން ހިނގަމުން އައިސް ދިރިއުޅޭ ގޭގެ ލިފްޓު ތެރެއަށް ވެސް ވަން ކަމަށެވެ. އެގޮތަށް ކަންކުރުމުން މާބަނޑު އަނބިކަބަލުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަަމަށް ވިދާޅުވި އެވެ.

އެ ހާދިސާއަށް ފަހު އަނބިކަނބަލުންނަށް ވަނީ ހޮސްޕިޓަލްގައި ފަރުވާދީފަ އެވެ.

އެ މީހުންނާ ދިމާކުރަމުން އައިސް ލިފްޓު ތެރެއަށް ވަދެ ހަމަލާދޭން އުޅުން ހައިތަމް ކުށްވެރިކުރެއްވި އެވެ.

"އެއްވެސް މީހަކާ ދޭތެރޭގައި ކަންކުރެވިގެންވާނެ ގޮތެއް ނޫން އެއީ، ނަފްސާނީ ގޮތުން އަސަރުކޮށް އަންހެނުންނަށް އީއާރުގައި ފަރުވާދޭން ޖެހުނު،" ހައިތަމް ވިދާޅުވި އެވެ.

މައްސަލަ ޕޮލިހަށް ހުށަހަޅާފައި އޮތަސް ފުލުހުން މިކަމުގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.