Advertisement

ޝެފް އާދިލް ގެ ރެސިޕީ: ފިޝް ޓާކޯ

24 އޭޕްރީލް 2021 - 14:17 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ޝެފް އާދިލް ގެ ރެސިޕީ: ފިޝް ޓާކޯ

24 އޭޕްރީލް 2021 - 14:17 0

މިއީ މި ރޯދަ މަހު ފަސޭހައިން އަވަހަށް ތައްޔާރުކޮށްލެވޭ ގޮތަށް މަޝްހޫރު ޝެފް އަހްމަދު އާދިލް ތައްޔާރު ކޮށްފައިވާ ހާއްސަ ރެސިޕީ އެކެވެ. ޓާކޯ އަކީ މެކްސިކޯގެ ކެއުމަކަށް ވިޔަސް، އާދިލް ގެ މި ޓާކޯ ރެސިޕީ އަކީ ވަރަށް ދިވެހި ރަހައެއް ގެނެސްދޭނެ މީރު ރެސިޕީ އެކެވެ.

މި ރެސިޕީގައި ޝެފް އާދިލް މި ކިޔައިދެނީ ފިޝް ޓާކޯ އާއި އެއާ އެކުގައި ކާން ގުއަކަމޯލް އާއި ޓޮމާޓޯ ސާލްސާ ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

2 ފަރުމަސް ކޮޅު / 120ގ ފަރުމަސް (ފިޝް ފިންގާ ހުންނަ ގޮތަށް ކޮށާފައި)

1 ސައިސަމްސާ ލޮނު މިރުސް

ރަހަ ލާ ވަރަށް ލޮނު

ރަހަ ލާ ވަރަށް އަސޭ މިރުސް

30 ގ ކެރެޓު (ހިމަ ދިގުކޮށް ކޮށާފައި)

30 ގ ކެބެޖް (ހިމަ ދިގުކޮށް ކޮށާފައި)

2 ލުނބޯ

1 ޓޮމާޓޯ (ގޮޅިއަށް ކޮށާފައި)

1 ފިޔާ (ގޮޅިއަށް ކޮށާފައި)

ޝެފް އާދިލް ތައްޔާރުކޮށްފައިވާ ފިޝް ޓާކޯ


1/2 ގިތެޔޮ މިރުސް / ރަހަ ހެޔޮވަރު ވާ ވަރަށް މިރުސް

10 ގ ފްރެޝް ކޮރިއެންޑާ (ހިމުންކޮށް ކޮށާފައި)

1/2 ސައި ސަމްސާ ޕައުޑާ ދިރި ހަނާ ކޮށްފައި

1/2 އެވޮކާޑޯ މޭޝް ކޮށްފައި

2 ޗަޕާތީ / (10 ސެންޓިމީޓާ ހުންނަ ވަރަށް ދަމާފައި ރޮށި)

ތައްޔާރުކުރާނެ ގޮތް

ސްޓެޕް 1- ލޮނުމިރުސް ކޮޅާއި އަސޭމިރުސް އަދި ލޮނު ލާފައި މަސްކޮޅު މެރިނޭޓް ކޮށްލާށެވެ.

ސްޓެޕް 2- ޓޮމާޓޯ ސަލްސާ ހެދުމަށް، ތައްޓަކަށް ޑައިސް ކޮށްފައި ހުރި ޓޮމާޓޯގެ އެއްބަޔާއި، ފިޔާގެ ވެސް އެއްބަޔާއި، މިރުސް، ކޮރިއެންޑާ، ދިރި އަޅާފައި އެއްކޮށްލާށެވެ. ދެން ކުޑަ ލޮނުކޮޅާކާއި އަސޭމިރުސް ކޮޅެއް ލާފައި ރަހަ ހެޔޮވަރުކޮށްލާށެވެ.

ސްޓެޕް 3- ގުއަކަމޯލް ހެދުމަށް، ތައްޓަކަށް ބާކީ ހުރި ފިޔާކޮޅާއި ޓޮމާޓޯ ކޮޅު އަޅާލުމަށްފަހު، އޭގެ ތެރެއަށް ޗަސްކުރި އެވޮކާޑޯ ކޮޅު އަޅާފައި ކުޅި ރަހަ ހެޔޮވަރު ވާ ވަރަށް މިރުސްކޮޅަކާއި، ކުޑަ އަސޭމިރުސް ކޮޅަކާއި ލޮނުކޮޅެއް ލާފައި ރަހަ ހެޔޮވަރު ކޮށްލުމަށްފަހު ލުބޯ ހުތްކޮޅު އަޅާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ.

ސްޓެޕް 4- ތައްޓަކަށް ކޮށާފައި ހުރި ކެބެޖާއި ކެރެޓް އެއްކޮށް އަޅާފައި އޭގެ ތެރެއަށް ކުޑަ ލުނބޯ ހުތް ކޮޅަކާއި ލޮނު އަދި އަސޭމިރުސްކޮޅެއް ލާފައި ރަހަ ހެޔޮވަރުކޮށްލާށެވެ.

ޓާކޯ އެސެމްބްލް ކުރާނެ ގޮތް

1- ޗަޕާތީ ނުވަތަ ރޮށި، ކުޑަކޮށް ނުރަނަ ވާ ވަރަށް ހޫނުކޮށްލާށެވެ.

2- މެރިނޭޓް ކޮށްފައި ހުރި މަސްކޮޅު މެދު ގިނީގައި ރޯފިލުވައިލާށެވެ.

3- ޗަޕާތީ މަތީގައި ތައްޔާރުކޮށްފައި ހުރި ކެރެޓް ސެލެޑުން ބައެއް ނަގާފައި އަތުރާލާށެވެ. ދެން އޭގެ މައްޗަށް މަސްކޮޅު ލުމަށްފަހު ތައްޔާރުކުރި ގުއަކަމޯލް އިން ސަމްސަލެއްގެ މިންވަރު މަސް ކޮޅުގެ މައްޗަށް އަޅާފައި ރޮށި މެދުން ފޯލްޑް ކޮށްލުމުން ޓާކޯ ތައްޔާރުކޮށްލެވުނީ އެވެ. ސާވް ކުރާއިރު ސައިޑުގައި ޓޮމާޓޯ ސަލްސާ ހިމަނާލާށެވެ.