Advertisement

އިރުފާން ހާން ގެ ދަރިފުޅު ބާބީލް އާއި ޓްރިޕްތީ އެކުގައި ސްކްރީނަށް

11 އޭޕްރީލް 2021 - 13:48 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އިރުފާން ހާން ގެ ދަރިފުޅު ބާބީލް އާއި ޓްރިޕްތީ އެކުގައި ސްކްރީނަށް

11 އޭޕްރީލް 2021 - 13:48 0

ކެންސަރު ބަލީގައި ދުވަސްތަކެއް އުޅުމަށްފަހު، މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރުފާން ހާންގެ ދޮށީ ދަރިފުޅު، ބާބީލް ހާންގެ ޑެބިއު ފިލްމު "ކާލާ" ގެ ފުރަތަމަ ޓީޒާ އިއްޔެ ވަނީ ދައްކާލާފަ އެވެ. ބައްޕަގެ ފިޔަވަޅު މަތިން އެކްޓިންގެ ދާއިރާއަށް ވަނުމަށް ނިންމައި، އެންމެ ފުރަތަމަ ކުޅޭ ފިލްމުގެ ހަބަރު ބާބިލް އިއްޔެ ފޭނުންނާ ހިއްސާކުރީ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.

"ކާލާ" އަކީ އަނުޝްކާ ޝަރްމާ އާއި އޭނާގެ ބޭބެ، ކަރްނޭޝްގެ ޕްރޮޑަކްޝަން ހައުސް، ކްލީން ސްލޭޓް ކުޑައިގެ ދަށުން ނެރޭ ފިލްމެކެވެ. މިދިޔަ އަހަރު ބޮޑު މަޝްހޫރުކަމެއް ހޯދި ބޮލީވުޑްގެ ބިރުވެރި ފިލްމު "ބުލްބުލް" ގެ ޑައިރެކްޓަރު އަންވިތާ ދަތު ޑައިރެކްޓު ކުރާ މި ފިލްމުގައި ބާބިލް އާ އެކު ފެނިގެންދާނީ ބުލްބުލް ގެ ލީޑް އަންހެންތަރި ޓްރިޕްތީ ދިމްރީ އެވެ.

ޓްރިޕްތީ ދިމްރީ އަށް ވަނީ އޭނާ، ބުލްބުލް ގައި ދެއްކި އާދަޔާ ހިލާފު މޮޅު އެކްޓިންގެ ސަބަބުން އެތައް ބައެއްގެ މަގްބޫލުކަން ލިބިފަ އެވެ.

https://www.youtube.com/watch?v=lla_Yzp6G-Q


"ކާލާ" ގައި ދައްކާނީ އަންހެން ކުއްޖަކު އޭނާގެ މަންމަގެ ލޯބި ހޯދަން ކުރާ ހަނގުރާމައެއް، އެ އަންހެން ކުއްޖާގެ ދުލުން ކިޔައިދޭ ކަހަލަ ގޮތަކަށެވެ.

"ކާލާ"ގެ ފަންސާސް ސިކުންތުގެ ކުރު ޓީޒާގައި ބޮޑަށް ދައްކާލާފައިވަނީ ފިލްމުގެ ބައެއް މަންޒަރުތަކުގެ މޭކިން އާއި ފިލްމުގެ އިންޓެންސް ޕްލޮޓްގެ ވާނުވާ މާބޮޑަށް ދޭހަ ނުވާ ސްނެޕް މަންޒަރުތަކެކެވެ. ނެޓްފްލިކްސް އަށް ރިލީޒްކުރާ މި ފިލްމު ރިލީޒް ކުރާނެ ސީދާ ޑޭޓެއް އަދި ނޭނގެ އެވެ.

އިރުފާން ހާން ގެ ހުނަރުވެރިކަމާއި މަޝްހޫރުކަމުގެ ސަބަބުން ބާބިލް އަށް އޭނާގެ ބައްޕަގެ ފޭނުންގެ ސަމާލުކަން މި ފަހަކަށް އައިސް ވަރަށް ބޮޑަށް ލިބެ އެވެ. އެހެންވީމާ އެކްޓިންގެ ދާއިރާއިން ކިޔަވައިގެން އައިސް ބައްޕަގެ ލެގަސީ ދަމަހައްޓަން ބާބިލް ފަށައިގަންނަ މަސައްކަތްތަކަށް ފޭނުން ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ ކަމަށް ބެލެވެ އެވެ.