Advertisement

އެސްޓީއޯ ކޮންސްޓްރަކްޝަން ސާމާނު އަތޮޅުތެރޭގައި ވިއްކާނެ އެޖެންޓުން ހޯދަނީ

7 އޭޕްރީލް 2021 - 22:38 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ގެ ގުދަނެއް: އެ ކުންފުންޏަކީ ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ކުންފުންޏެއް. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އެސްޓީއޯ ކޮންސްޓްރަކްޝަން ސާމާނު އަތޮޅުތެރޭގައި ވިއްކާނެ އެޖެންޓުން ހޯދަނީ

7 އޭޕްރީލް 2021 - 22:38 0

އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކާނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޖެންޓުންގެ މަސައްކަތަކަށް ވާނީ އެ ކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުންކަމަށެވެ.

އެޖެންޓުން މެދުވެރިކޮށް ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި ،ހިލަ، ހިލަހިލަވެލި، ދަގަނޑު، ޕުލައިވުޑް، ދަގަނޑު ހޮޅި، އަދި މީގެ އިތުރުން ޓިނު އަދި ޓިނާއި ބެހޭ ސާމާނެވެ.

އެޖެންޓުން ނަގަން ހަމަޖެހިފައި ވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުންނެވެ.

އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކެވެ.

ކޮންމެ އަތޮޅަކުން ދެ އޭޖެންޓުން ނެގޭއިރު އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން ދެ އަތޮޅަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ، އޭޕްރިލް 25، 2021 ވަނަ ދުވަހުގެ 14:00 އެވެ.

އެސްޓީއޯއިން 2019 ވަނަ އަހަރު ކާޑު އެޖެންޓުން ތައާރަފްކޮށް ކުދި ވިޔަފާރިތަކަކަށް ފުރުސަތު ހުޅުވާލަމުންދާއިރު ކާޑު އެޖެންޓު ކަމަކީ ފައިދާ ނެރެވޭނެ ވިޔަފާރިއަކަށް އެސްޓީއޯއިންވަނީ ހަދައިދީފަ އެވެ.

މީގެ އިތުރުންވެސް ކުދި ވިޔަފާރިތައް އުފެއްދުމަށް އެކުންފުނިން ދަނީ ފުރުސަތުތައް ހުޅުވާލަމުންނެވެ.