10 މިނިޓް ތެރޭ ތިން ގޯލު ޖަހައިގެން ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

Nov 22, 2026, 8:43 PM
ބާސެލޯނާގެ ފާމިން ލޮޕޭޒް ލަނޑު ޖެހުމަަށް ފަހު އުފާފާޅުކުރަނީ.

ބާސެލޯނާގެ ފާމިން ލޮޕޭޒް ލަނޑު ޖެހުމަަށް ފަހު އުފާފާޅުކުރަނީ.

ބާސެލޯނާ (ނޮވެމްބަރު 22) - ދިހަ މިނިޓް ތެރޭ ތިން ގޯލު ޖަހައިގެން ފަހަތުން އަރައި 3-2 އިން ވިޔަރެއާލް އަތުން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމު ދިފާއުކޮށްފި އެވެ. 

މިރޭގެ މެޗު ފަށައިގެން ހަތް މިނިޓް ތެރޭ ވިޔަރެއާލުން ދެ ގޯލު ޖެހި އެވެ. މިއީ، 1981 ވަނަ އަހަރު ނޮވެމްބަރު މަހު، ރެއާލް ޒަރަގޯޒާ އިން ހަތް މިނިޓް ތެރޭ ދެ ގޯލު ޖެހި ފަހުން ބާސެލޯނާ ކޮޅަށް ލީގުގެ މެޗެއްގެ ފުރަތަމަ ހަތް މިނިޓް ތެރޭ ދެ ގޯލު ވަން ފުރަތަމަ ފަހަރެވެ. 

ވިޔަރެއާލުން ލީޑުނެގީ ފަސް ވަނަ މިނިޓްގައި ކެނަޑާގެ ތަރި، ޓަޖޯން ބުޗާނަން ޖެހި ލަނޑުންނެވެ. އޭގެ ދެ މިނިޓް ފަހުން، ޓަނީ އޮލުވަސޭޔީ ލަނޑު ޖަހައި ވިޔަރެއާލަށް ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ. 

Advertisement

ބާސެލޯނާ އިން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ފުރަތަމަ ހާފުގައި ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ލަމީން ޔަމާލް އަށެވެ. އެ ގޮތުން، އޮލުވަސޭޔީ، ވިޔަރެއާލްގެ އޭރިއާތެރެއިން ޔަމާލަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ދިން ޕެނަލްޓީން، ޔަމާލް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. 

ދިހަ މިނިޓް ތެރޭ ތިން ގޯލު ޖެހި ބާސެލޯނާ އިން ފުރަތަމަ ލަނޑު ޖެހީ 57 ވަނަ މިނިޓްގަ އެވެ. ޕެޑްރީ ގޮންޒާލޭޒް ނެގި ހުރަހަކުން ޖެރާޑް މާޓިން ބޮލުން ގޯލަށް ފޮނުވާލައިގެން ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ ހަތަރު މިނިޓް ފަހުން، ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ ފާމިން ލޮޕޭޒް އެވެ. އަދި، އޭގެ ހަ މިނިޓް ފަހުން، މެޗުގެ 67 ވަނަ މިނިޓްގައި، ބާސެލޯނާގެ އެރިކް ގާސިއާގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވިޔަރެއާލްގެ ޕައު ނަވާރޯ އަތުން ވަނީ ބައިކޮޅަށެވެ، 

ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް މި ސީޒަނުގައި ދެ ވަނަ ފަހަރަށް ގެއްލުވާލި މި މެޗުގައި، އެ ޓީމުން ނިންމާލީ ކުޅުންތެރިއަކު ވެސް މަދުކޮށެވެ. އިތުރު ވަގުތުގެ ތެރޭގައި ރަަފީނިއާ އަށް ކުރި ފައުލަކަށް ނަވާރޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ. 

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 13 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ އޮތީ 13 މެޗުން 33 ޕޮއިންޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox