އެސްޕީ ބެންޗުން އަރައި ރެއާލް މޮޅުކޮށްދީފި

Nov 22, 2026, 10:05 AM
އެސްޕީ، ރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އެސްޕީ، ރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޑްރިޑް (ނޮވެމްބަރު 22) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ކާލޯސް އެސްޕީ ޖެހި ގޯލުން، ސްޕެނިޝް ލީގުައި ރޭ ރެއާލް މެޑްރިޑުން ފަހަަތުން އަރައި 2-1 އިން ސެލްޓަ ވީގޯ އަތުން މޮޅުވެއްޖެ އެވެ. 

ރެއާލް ދަނޑުގައި ކުޅުނު މި މެޗުގެ ހަ ވަނަ މިނިޓްގައި ސެލްޓާ އިން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ވިލިއަޓް ސްވެޑްބާގުގެ ހުރަހަކަށް އަރައި ޕަަބްލޯ ޑުރާން އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރަން ރެއާލަށް ރަނުގެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން، މެޗުގެ 39 ވަނަ މިނިޓްގައި ރެއާލަށް ލިބުނު ޕެނަލްޓީ އަކުން ކީލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ކާމިޔާބެއްނުވެ، ފުރަތަމަ ހާފު ނިމުނީ ސެލްޓާ ކުރީގައި އޮވެގެންނެވެ. 

ރެއާލުން ދެ ވަނަ ހާފުގައި ކުޅެން އަރައި ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 66 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، އެ ޓީމުގެ ލަނޑު ޖެހީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޫޑް ބެލިންހަމް އެެވެ. ބެލިންހަމް ޖެހި މި ލަނޑުން މެޗު އެއްވަރުވެގެން ނިމެނޭ ކަމަށް ބެލެވުނެވެ. 

އެކަމަކު، މެޗުގެ 79 ވަނަ މިނިޓްގަައި ބަދަލަކަށް އެރި އެސްޕީ ވަނީ އެކަން ބަދަލުކޮށްފަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި އެސްޕީ އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލު ޖަހައިފަ އެވެ. އުމުރުން 21 އަހަރުގެ އެސްޕީ ވަނީ މި ސީޒަނުގައި ބަދަލަކަށް އަރައި ފަހު ވަގުތު ގޯލު ޖަހައި ރެއާލަށް މުހިންމު ނަތީޖާތަކެއް ނެރެދެމުންނެވެ. އެ ގޮތުން، މީގެ ކުރިން އެލްޗޭ އާއި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް އެސްޕީ ވަނީ މުހިންްމު ލަނޑުތަކެއް ޖަހައިފަ އެވެ. 

މި ނަތީޖާއާ އެކު، ރެއާލުން ވަނީ އެއް ވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ބާސެލޯނާ އަށް 12 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން 33 ޕޮއިންޓް ހަަމަަކުރީ 13 މެޗުންނެވެ. ބާސެލޯނާ އިން ލީގުގައި މިރޭ ވިޔަރެއާލް އަތުން މޮޅުވެގެން، ތިން ޕޮއިންޓުގެ ލީޑު ދެމެހެއްޓޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox