ވީއައިއޭއިން ފުރަން ގޮސް ހުރި ދިވެއްސެއް އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ދިވެއްސެއް އަތުން ވަޒަނެއްގެ ހުސް ދޯރިއެއް މިއަދު ފެނިއްޖެ އެވެ. 

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައިގައި ހިމެނޭ ދިވެހި މީހާ މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. 

"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ދިވެހި ފިރިހެނެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިފައިވެއެވެމި މައްސަލައާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވޭ،" ފުލުހުން ބުންޏެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ފުރަން ދިޔަ ނެމިބިއާގެ ޓޫރިސްޓެއްގެ ދަބަހުން 2021 ގެ ތެރޭގައި ވަޒަންތަކެއް ފެނިގެން އޭނާ ޑީޕޯޓުކޮށްލި އެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓަށް ދިޔަ މީހެއް އަތުން ވަޒަނެއް ފެނިގެން ފުލުހުން ތަހުގީގު ކޮށްފައިވެ އެވެ. 

މީގެ ކުރިން އެއާޕޯޓުން ފުރަން ދިޔަ ދިވެއްސެއްގެ އަތުން ބްލޭންކް ވަޒަނެއް ފެނިގެން އޭނާ ހައްޔަރުކޮށް ބޮޑު ޖިނާއީ ދައުވާއެއް ވަނީ އުފުލައިފަ އެވެ. ރ. އަލިފުށީ, ފެހިގޭ, އަހުމަދު އަފްލާހު 2008 ގައި އެއާޕޯޓަށް ފުރަން ދިޔައިރު އޭނާ އަތުން ވަޒަނެއް ފެނިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓި ކަމުގެ ދައުވާ އެވެ.

އަފްލާހު ބުނެފައި ވަނީ އެ ވަޒަނަކީ ސިފައިންގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ކ. ކުޑަވިލިނގިއްޔަށް ދިޔަ ދަތުރެއްގައި އެ ރަށުން ހޮވި އެއްޗެއް ކަމަށެވެ. އޭގެ އިތުރުން 2016 ވަނަ އަހަރު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ރ. ދުވާފަރުން، ސިފައިން ތަމްރީނުތަކުގައި ގެންގުޅޭ ބާވަތުގެ ވަޒަނެއް ފެނިގެން ހަތަރު މީހަކު ހައްޔަރު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox