ފުލުހުންނަށް ބޮޑެތި ޒިންމާތަކެއް މަތިކޮށް ފާސްކުރި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނަށް އަމަލުކުރަން ފަށައިފި

މާލޭގެ މަގެއްގެ މަތީގެ ޓްރެފިކް ފުލުހަކު ބަލަހައްޓަނީ؛ އައު ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ -- ފޮޓޯ: އަދަދު ފައިލް

މާލޭގެ މަގެއްގެ މަތީގެ ޓްރެފިކް ފުލުހަކު ބަލަހައްޓަނީ؛ އައު ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ -- ފޮޓޯ: އަދަދު ފައިލް

ފުލުހުންނަށް ބޮޑެތި ޒިންމާތަކެއް މަތިކޮށް ފާސްކުރި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނަށް އަމަލުކުރަން މިއަދު ފަށައިފި އެވެ.

އެ ގާނޫނުގެ ދަށުން ޓްރެފިކް ފުލުހުންގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ގާނޫނާ ހިލާފުވާ ޑްރައިވަރުން ޖޫރިމަނާކުރުމާއި، ލައިސަންސުން ޕޮއިންޓު ކެނޑުމުގެ އިތުރުން، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި ޓޯކުރުމުގެ ބާރު ވެސް ފުލުހުންނަށް ދީފައިވެ އެވެ.

އައު ގާނޫނުގައި ޓްރެފިކް ފުލުހުންނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ސްލިޕް ދޫކުރުމާއި، އުޅަނދުތައް ބޫޓުކުރުން ހިމެނެ އެވެ. އެގޮތުން ޖޫރިމަނާގެ އަދަދު ފަސްހާސް ރުފިޔާއަށްވުރެ އިތުރުވާނަމަ އުޅަނދު ބޫޓުކުރެވޭނެ އެވެ.

ދިގު ކިޔުން: އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނާއެކު އައި ބޮޑެތި ބަދަލުތައް

މި ބަދަލުތަކަށް ސޯޝަލް މީޑިއާގައި ތައުރީފާއި ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ. ގާނޫނާމެދު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އޮކްޓޯބަރު 1، 2026، އިން ފެށިގެން ގާނޫނަށް ބަދަލުތަކެއް އަންނާނެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ، ވެހިކަލްތަކާ ބެހޭ ގާނޫނުން އަލަށް ތައާރަފުވާ ކަންކަމާއި ރައްޔިތުންނަށް އެނގެން މުހިންމު މައުލޫމާތުތައް.

ވެހިކަލް ބޫޓު ކުރުމަކީ އެ ވެހިކަލެއް ނުދުއްވޭ ގޮތަށް ފުރޮޅުގައި ތަޅު އެޅުވުމެވެ. ބޫޓު ކުރާ އުޅަނދުތަކުގެ ވަޔަލޭޝަން ފައިސާ 72 ގަޑިއިރުގެ ތެރޭގައި ނުދައްކައިފި ނަމަ އެ ވެހިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހެ އެވެ. ބޫޓުކުރާ އުޅަނދުތަކުގެ ޖޫރިމަނާ ހަތްދިހަ ދެ ގަޑިއިރުގެ ތެރޭގައި ނުދައްކައިފިނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހެ އެވެ.

ގާނޫނުގައި ބުނެފައިވަނީ، ޓޯކުރާ އުޅަނދުތަކަކީ ގާނޫނާ އެއްގޮތަށް ޓޯކޮށްފައިވާ އުޅަނދުތަކެއްކަން ފުލުހުންގެ ސީނިއާ އޮފިސަރަކު ކަނޑައަޅަންޖެހޭނެ ކަމަށެވެ. ނުބައިކޮށް ޓޯކޮށްފައިވާނަމަ 24 ގަޑިއިރުގެ ތެރޭގައި ވެރިފަރާތާ ހަވާލުކުރަންޖެހެ އެވެ.

ގަވާއިދުން ޓޯކުރާ އުޅަނދުތަކާ ތިރީސް ދުވަހުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވެއްޖެނަމަ އެ އުޅަނދެއް ނީލަންކިއުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. މި ހުރިހާ މަސައްކަތެއް ފުލުހުން ކުރަންޖެހޭނީ ޔުނީފޯމުގައި ތިބެގެން ކަމަށްވިޔަސް، ޔުނީފޯމުގައި ނެތް ހާލަތެއްގައި ވެސް ފުލުހެއްކަން އަންގައިދޭ ކާޑު ދެއްކުމަށްފަހު މުއާމަލާތް ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އުޅަނދު ރަޖިސްޓްރީކުރުމުގެ އުސޫލުތައް ވެސް މި ގާނޫނުގައި ވަނީ ބޮޑެތި ހަރުކަށިކޮށްފަ އެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކޮށްދެވޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ނުވަތަ ދިހަ އަހަރުގެ މުއްދަތަށް ރަޖިސްޓްރީކޮށްފައިވާ ޕާކިން ސްޕޭސްއެއް އޮތުމުން ކަމަށް އެ ގާނޫނުގައި ބަޔާންކުރެ އެވެ. އަދި، މީހެއްގެ ނަމަށް އެއް އުޅަނދަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކުރާނަމަ އިތުރު ފީއެއް ދައްކަންޖެހޭ ގޮތަށް އެ ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން، އުޅަނދެއްގެ މިލްކުވެރިކަން ބަދަލުވެއްޖެނަމަ އައު ވެރިފަރާތުގެ ނަމަށް އުޅަނދު ބަދަލުކުރުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox