ނިވާކަން ކުޑަ ހެދުމުގައި އުޅޭ ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ފުލުހުން

Oct 2, 2026, 3:13 PM
ފުލުހުންގެ މައި މަރުކަޒު

ފުލުހުންގެ މައި މަރުކަޒު

ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ ކަމަށާއި އެ ކަންކަމާ ދެކޮޅަށް ގާނޫނި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ. 

މިއީ ބިދޭސީންނަށް އަމާޒުކޮށް ފުލުހުން ނެރުނު ބަޔާނެއް ކަމަށްވާއިރު ބަޔާން ނެރުނީ ދިވެހި ބަހުންނެވެ. ބައެއް ބިދޭސީން އަޅާ ހެދުންތަކަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ހެދުންތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

"އޭގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަމަށް ނޭދެވޭ އަސަރުކުރާނެ ހާލަތްތަކެއް ކުރިމަތިވުމުގެ ކުރިން އެފަދަ ކަންކަން ހުއްޓުވުމަށް މި ހިދުމަތަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކޮށް އެ ފަރާތްތަކާ ދެކޮޅަށް ގާނޫނުގައި އެޅެން ހުރި ފިޔަވަޅު އަޅާނެކަމުގައި ދަންނަވަން،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

Advertisement

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކިބައިން މިފަދަ އަމަލުތައް ނުފެންނާނެ ގޮތަކަށް އެ ބިދޭސީންގެ އަމަލުތައް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބިދޭސީންނާއި ހަވާލުވެތިބޭ ފަރާތްތަކަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ތަންތަނުގައި ބީދޭސީންނާއި ޓޫރިސްޓުން ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި އުޅުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ވެސް މިފަހުން ހުށަހެޅި އެވެ.

ޕެޓިޝަންގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ ފޭރާމުގައި ބިދޭސީންނާއި ޓޫރިސްޓުން އުޅުމުގެ ސަބަބުން، އިސްލާމީ އަހުލާގާއި ދިވެހި ކާބަފައިން ދޫކުރި ރިވެތި ސަގާފަތާއި އާދަކާދަތައް ނެތިގެންދާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox