ރެފްރީންނަށް ބާސެލޯނާ އިން ނުފޫޒުފޯރުވާ ކަމަށް ބުނެ ރެއާލުން ޔުއެފާ އަށް

Oct 2, 2026, 9:58 AM
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް ކުޅުނު މެޗެއްގެ ތެރެއިން.

ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް ކުޅުނު މެޗެއްގެ ތެރެއިން.

މެޑްރިޑް (އޮކްޓޫބަރު 2) - ސްޕެނިޝް ލީގުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އެންރިކޭޒް ނެގްރެއިރާ އަށް ފައިސާ ދީގެން ރެފްރީންނަށް ނުފޫޒު ފޯރުވަން ބާސެލޯނާ އިން ކޮށްފައިވާ ކަންކަން ދިރާސާކޮށް ރެއާލް މެޑްރިޑުން ޔުއެފާ އަށް މައްސަލަ ހުށަހަޅަައިފި އެވެ. 

ޔުއެފާ އިން ވަނީ 15 ފަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ރެއާލުން ހުށަހެޅި އެ މައްސަލަ ދިރާސާކުރަން ފަށައިފަ އެވެ.

ރެއާލުން ބުނީ، އާ ރިޕޯޓްގައި 50،000 އަށް ވުރެން ގިނަ ގަނޑު ހިމެނޭ ކަމަށެވެ. އަދި، މިއީ ރެފްރީންގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށްޓަކައި ޔުއެފާގެ ޝާމިލުވުން އޮވެގެން ހައްލެއް އަންނަން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ. 

ސްޕެއިންގެ މީޑިއާތަކުން ނެރުނު ރިޕޯޓްތަކެއްގައިވާ ގޮތުން ސްޕެއިން ލީގުގެ ރެފްރީސް ކޮމިޓީގައި އިސްކޮށް އުޅުނު ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ، ޑެޒްނިލް 96 އަށް ބާސެލޯނާ އިން ވަނީ 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފަ އެވެ.

އެކި ފަހަރު މަތިން ނެގްރެއިގާއާ ގުޅުވާ މައްސަލަތަކުގައި ރެއާލްގެ ތުހުމަތު ބާސެލޯނާ އަށް އަމާޒުވަމުން އަންނައިރު، އެ ކްލަބުން އަންނަނީ މި ކަންކަމާ ދެކޮޅު ހަދަމުންނެވެ. ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ކުރީގެ ދެ ރައީސް، ސަންޑްރޯ ރޮސެލް އަދި ޖޯސެފް މާރިއާ ބާޓޮމެއު އަށް ވެސް މި މައްސަލައިގައި ދައުވާކުރަން ސްޕެއިނުގެ މީޑިއާތަކުން އަންނަނީ ގޮވާލަމުންނެވެ. 

ރެއާލުން ހުށަހެޅި މައްސަަލައާ ބެހޭގޮތުން ޔުއެފާ އިން ބުނެފައިވަނީ، މި ވަގުތު ކަންކަން ކުރިއަށްދަނީ ރިވިއު މަރުހަލާގައި ކަމަށެެވެ. ރެއާލުން ނެރުނު ބަޔާނެއްގައި މި މައްސަލަ ވީ އެންމެ އަވަހަށް ހައްލު ކޮށްދިނުމަށް ގޮވާލާފައިވާއިރު، ބާސެލޯނާ އިން ވަނީ ޔުއެފާ އިން އެ ކްލަބާ ދެކޮޅަށް ހުށަހެޅި މި މައްސަަލަ ބަލަން ފަށާފައިނުވާ ކަމަށް ބުނެފަ އެވެ. 

ބާސެލޯނާ އިން ވަނީ 2023 ވަނަ އަހަރު ވެސް މި ފަދަ މައްސަލަތަކެއް އައުމުން، ޔުއެފާގެ އިންވެސްޓިގޭޓަރުން މި ކަންކަން ބެލި ކަމަށް ބުނެފަ އެވެ. އަދި، އެ ކްލަބަށް ފިޔަަވަޅު ނޭޅި ގޯހެއް ހެދިކަން ސާބިތުނުވާތީ ކަމަށާއި އެއީ ހަގީގަތް ކަމަށް ބާސެލޯނާ އިން ވަނީ ބުނެފަ އެވެ. 

ލަލީގާގެ ރަައީސް، ހަވިއޭ ޓެބާސް، 2023 ވަނަ އަހަރުގެ މާޗް މަހު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މި ވަގުތު އެ އަށް އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތީ ކުޅިވަރުގެ ގަވާއިދުތަކުގެ ތެރެއިން އެ މައްސަލަ ބެލޭނެ ހާލަތެއް ނެތުމުން ކަމަށާއި އެކަށީގެންވާ މިންވަރަށް ހެކި ވެސް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox