ޔުއެފާގެ ރައީސް ޗެފެރިންގެ ފާޑުކިޔުން ޓްރަމްޕާއި އިންފަންޓީނޯ އަށް

Oct 1, 2026, 10:31 AM
ފީފާ ވޯލްޑް ކަޕްގެ ނިންމުުމުގެ ރަސްމިއްޔާތުގެ ތެރެއިން އިންފަންޓީނޯ (ވ) އާއި ޓްރަމްޕް، ވޯލްޑް ކަޕްގެ ޓްރޮފީ ހިފައިގެން.

ފީފާ ވޯލްޑް ކަޕްގެ ނިންމުުމުގެ ރަސްމިއްޔާތުގެ ތެރެއިން އިންފަންޓީނޯ (ވ) އާއި ޓްރަމްޕް، ވޯލްޑް ކަޕްގެ ޓްރޮފީ ހިފައިގެން.

ޒިއުރިކް (އޮކްޓޫބަރު 1) - ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިންގެ ފާޑުކިޔުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އަމާޒުވެއްޖެ އެވެ. 

ފީފާގެ މުބާރާތްތަކުގެ ރައިޓްސް، ވޯލްޑް ކަޕް ހިމެނޭހެން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ގުޅުން އޮންނަ ކުންފުންޏަކަށް ވިއްކާލަން އުޅުނު ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ޑީލުގެ ލިޔެކިޔުންތަކާއި މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ތެރެއިން، އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް މާފު ދޭން ނިންމި ގޮތާ މެދު ޔުއެފާ އިން އަންނަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. 

މި ކަންކަމަށް އިޝާރާތް ކުރައްވައި، ޗެފެރިން ދާދި ފަހުން ދެއްކިވި ވާހަކައިގައި ނުސީދާ ގޮތަކަށް އިންފަންޓީނޯ އާއި ޓްރަމްޕަށް ވަނީ ފާޑުވިދާޅުވެފަ އެވެ. 

ޗެފެރިން ވިދާޅުވީ، ދުނިޔޭގެ ފުޓްބޯޅަ އަށް މި ފަހުން އިވިގެންދިޔަ ގަބޫލުކުރަން އުނދަގޫ ލަފްދުތަކަކީ ވަކި މީހަކު ބޭނުންވާ ބަދަލުތަކާއި ތަރައްގީ ފުޓްބޯޅަ އަށް ގެންނާނެ ކަމުގެ ވާހަަކަތަކެވެ. އެކަމަކު، މި ވާހަކަތަކުން ކަންކަން ހިނގައިދިޔަ ގޮތުގެ މަންޒަރު ބަދަލުނުވާ ކަމަށް ޗެފެރިން ފާހަގަކުރެއްވި އެވެ. 

"ވިސްނާލަންވީ ތި މީހުންގެ އިސް ވެރިން މި މީހުންނާ ދުރުގައި ތިބެ އަމިއްލަ ކަންތައްތަކެއް ރާވާލީމަ، ތި މީހުންގެ ބޯޑާއި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް މިކަން ފަޅާއަރާ ހިސާބުން، ބޯޑުން ކީއް ކުރާނީ،" އެފްއެފްއީގެ ކަންތައްތައް އިންފަންޓީނޯގެ ލީޑަޝިޕުން ކުރި ގޮތަށް އިޝާރާތްކޮށް، ޗެފެރިން ވިދާޅުވި އެވެ. 

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން
ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން

އިންފަންޓީނޯ ވަނީ އެފްއެފްއީގެ މަސައްކަތް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ،ފަހުން މާފަށް އެދިވަޑައިގެންފަ އެވެ. އެކަމަކު، އޭގެ ފަހުން ވެސް ޔުއެފާ އިން އަންނަނީ އެފްއެފްއީގެ ކަންކަން ހިނގައިދިޔަ ގޮތުގެ ލިޔެކިޔުން ހޯދަން އެމެރިކާގެ ކޯޓެއްގައި މައްސަލަ ކުރިއަށް ގެންދަމުންނެވެ. 

ފީފާގެ ރައީސް ކަމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވާން ކުރިމަތިލައްވާފައިވާ އިންފަންޓީނޯ އިސްވެ ހުންނަވައި، މިދިޔަ ޑިސެމްބަރު މަހު އެމެރިކާގެ ރަައީސް ޓްރަމްޕަށް ވަނީ، ފީފާ އިން މުޅިން އަލަށް ދިން ޕީސް އެވޯޑެއް އަރުވައިފަ އެވެ. 

ފީފާގެ ފުރަތަމަ ޕީސް ޕްރައިޒް އެމެރިކާގެ ރައީސް ޓްރަމްޕް އަށް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ފުރަތަމަ ފަހަރަށް ދިން ސުލްހަ އަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ އަގުވަޒަންކުރުމުގެ އިނާމް، ޕީސް ޕްރައިޒް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވަނީ އަރުވައިފައި.

ޗެފެރިން ވަނީ އެ ކަމަށް އިޝާރާތް ކުރައްވައި ވެސް ވާހަކަ ދައްކަވައިފަ އެވެ. 

"ދެން، އަހަރެމެން ވިސްނާލަންވީ، އިސް މަގާމެއްގައި ހުންނެވި މީހަކު އަމިއްލަ އަށް އެވޯޑެއް ތައާރަފްކޮށް، ސިޔާސީ މީހަކަށް ދިނީ. ދެން، އެ މީހާ ކުއްލިއަކަށް ފޯނު ނަގާފައި. ދެއްކި ވާހަކަ އަކުން އެންމެންނަށް ހަމަހަމަކޮށް ހިނގަމުން އައި ގަވާއިދު ވެސް މި ބަދަލުވީ. ކިތައް ފަހަރު މި ކަހަލަ ކަންތައްތައް ކިހާވަރަކަށް ވީމަ ބޯޑުން ބުނަންވީ ދެން ނިމުނީއޭ،" އެމެރިކާގެ ފޯވާޑް، ބަލޮގަންގެ ރަތް ކާޑާއި ޓްރަމްޕަށް ފީފާ އިން އެރުވި ޕީސް އެވޯޑަށް އިޝާރާތް ކުރައްވައި، ޗެފެރިން ވިދާޅުވި އެވެ. 

"އެއްވެސް ސިޔާސީ ކަމެއް ނޫނީ ބާރުގަދަ ކަމެއް، އެއްވެސް މީހަކަށް ނުދޭ ފުޓްބޯޅަ ވިއްކާލުމުގެ ހައްގެއް،" 

ބަލޮގަންގެ ރަތް ކާޑުގެ ކަންކަން ބަލަން ފީފާގައި އެދުނީ އަހަރެން އަމިއްލަ އަށް: ޓްރަމްޕް

ވޯލްޑް ކަޕްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ މައްސަލަ ބަލަން ފީފާގައި އެދިވަޑައިގަތީ އޭނާ ކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ. ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބަލޮގަންގެ ސަސްޕެންޝަން ފަސްކޮށްދިނުމާ ގުޅިގެން، ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.

އެފްއެފްއީގެ ލިޔެކިޔުންތައް ހޯދަން ޔުއެފާ އިން އިސްވެ، އެމެރިކާގެ ކޯޓަށް ހުށަހަޅާފައި އޮތް މައްސަަލަަ އަކީ އަންނަ އަހަރު އޮތް ފީފާގެ އިންތިހާބަށް ނުފޫޒު ފޯރުވައި، އިންފަންޓީނޯގެ އަގުވައްޓާލުމުގެ އަމަލެއް ކަމަށް ފީފާ އިން ވަނީ ތުހުމަތުކޮށްފަ އެވެ. 

އަންނަ އަހަރުގެ މާޗް މަހު ފީފާގެ އާ އިންތިހާބު އޮތްއިރު، ރަސްމީކޮށް ކެންޑިޑެސީ އިއުލާނުކުރެއްވީ، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ އެކަންޏެވެ. ނޮވެމްބަަރު މަހު، 18 ވަނަ ދުވަހު އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތު ހަމަވާނެ އެވެ.  ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox