އުމުރަށް ސަސްޕެންޑްކޮށްފައި ހުރި ސޮފްވާންގެ ބޮޑެތި ތުހުމަތުތަކެއް ވޮލީބޯލް އެސޯސިއޭޝަނަށް

Sep 29, 2026, 1:48 PM
ވޮލީބޯޅަ ކޯޗު ސޮފްވާން: އޭނާގެ މައްސަލަ ފުލުހުން ފައިލް ކުރިއިރު، އޭނާ ވަނީ ވީއޭއެމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައި.

ވޮލީބޯޅަ ކޯޗު ސޮފްވާން: އޭނާގެ މައްސަލަ ފުލުހުން ފައިލް ކުރިއިރު، އޭނާ ވަނީ ވީއޭއެމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައި.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގާ ކޮމިޓީގެ މަގާމުން ވަކިކޮށް، މުޅި އުމުރަށް ސަސްޕެންޑްކޮށްފައި ހުރި ވޮލީބޯޅަ ކޯޗު، ސޮފްވާން އަހުމަދު، ވީއޭއެމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. 

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ސޮފްވާން، ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުން ވަކިކޮށް، އޭނާގެ މައްޗަށް ގިނަ ފިޔަވަޅުތަކެއް އެޅި އެވެ.

ފުރަތަމަ ފަސް އަހަރަށް ދިން ސަސްޕެންޝަން ބޮޑުކުރަން ނިންމައި އެކަން، ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެއީ، އުމުރަށް ސަސްޕެންޑްކުރުމުގެ އިތުރުން ވީއޭއެމްގެ ބައިވެރިވުން އޮންނަ ހުރިހާ މުބާރާތެއްގައި ސޮފްވާނަށް ބައިވެރިނުވެވޭ ގޮތަށް ދިން ސަސްޕެންޝަނެކެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު ފުލުހަށް ހުށަހެޅި ސޮފްވާންގެ މައްސަލަ، ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން މި މަހުގެ 17 ވަނަ ދުވަހު ވަނީ ފައިލްކޮށްފަ އެވެ. 

ސޮފްވާން މުޅި އުމުރަށް ސަސްޕެންޑްކުރަން ވޮލީބޯލް އެސޯސިއޭޝަނުން ނިންމައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގާ ކޮމިޓީގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު އެ މަގާމުން ވަކިކޮށް، އޭނާ އަށް ދީފައިވާ އަދަބު، މުޅި އުމުރަށް ދީފައިވާ ސަސްޕެންޝަނަކަށް ބަދަލުކުރަން ވީއޭއެމް ހާއްސަ އާންމު ޖަލްސާގައި ވަނީ ނިންމައިފައި،

އޭގެ ފަހުން ސޮފްވާން ވަނީ ވީއޭއެމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށް ބަޔާނެއް މީޑިއާ އަށް ހިއްސާކޮށްފަ އެވެ.

ސޮފްވާން، "އަދަދު ސްޕޯޓްސް" އަށް ބުނީ މި ބަޔާނުގައި ހިމެނޭ ހުރިހާ ވާހަކަ އަކީ ހަގީގަތެއް ކަމަށެވެ.

އެ ގޮތުން، ސޮފްވާން ބުނީ، އޭނާ "ފްރޭމްކުރަން" މައްސަލަ ބެލުމަށް ވޮލީބޯލް އެސޯސިއޭޝަނުން ހެދި ކޮމިޓީ އަކީ ސައްހަ ކޮމިޓީއެއް ނޫން ކަމަށެވެ.

ސޮފްވާން ބުނީ، ވީއޭއެމްގެ އަސާސީ ގަވާއިދުގެ 43 ވަނަ މާއްދާގައި ލީގަލް ކޮމިޝަނެއް އޮއްވައި، އޭނާގެ މައްޗަށް ވަކި ގޮތެއް ކަނޑައަޅަން ކޮމިޓީއެއް ހެދީ، ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު ވަހީދު ކަމަށެވެ. 

އެ ކޮމިޓީގައި ތިބި މެމްބަރުންނަކީ، ސޮފްވާން ބުނެފައިވާ ގޮތުގައި، އޭނާއާ ޒާތީ ގޮތުން "ޖައްސާލާފައިވާ" ބައެކެވެ. އެއީ، އިއްޒަތުގެ އިތުރުން، ވީއޭއެމްގެ ނައިބު ރައީސް، އަންހެން، އާއިދާ އަބްދުލް ހަކީމް އަދި ޖެނެރަލް ސެކްރެޓަރީ، މުހައްމަަދު ސައީދު ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ. އަދި، މި ކޮމިޓީގައި، ދެން ހިމެނޭ އެކްސްކޯ މެމްބަރުން ކަމަށްވާ އަހުމަދު ނަޝީދު (ތުއްތުކޯ) އާއި މުހައްމަދު ފަހުމީ އަދި މުހައްމަދު ރާމިޒަކީ ވެސް އެކްސްކޯ އިން ބޭނުންވާ ކަމެއް ހާސިލްކުރަން ނުފޫޒު ފޯރުވޭ ބައެއް ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ. 

ސޮފްވާން ބުނީ، މި ކޮމިޓީން މައްސަލަ ބެލިއިރު، އޭނާ އަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ވެސް ދީފައިނުވާ ކަމަށެވެ. އަދި، މި ކަމުން ސަލާމަތްވެ، ދިފާއުގައި ވާހަކަ ދައްކައި، ހެކި ހުށަހެޅިޔަސް ބަލައިނުގަންނަން ކޮމިޓީން ނިންމި ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ. 

"ސޮއިކުރަން ގެންގޮސް ކައިރީގައި ބަޔާން ބާއްވާ ޓީވީން ބަޔާން ދެއްކުމުން، ޓީވީން ދެއްކި ބަޔާނަކީ ސަފްވާން ދީފައިވާ ބަޔާންކަން ކަށަވަރު ވުމުން، ކައިރީގައި އޮތް ބަޔާނުގައި ސޮއި ކުރުމުގެ ކުރިން ބަޔާނުގެ ފުރަތަމަ ސަފްހާ ކިޔަން ފެށުމުން ގައިރު ގާނޫނީ ކޮމިޓީގެ މެމްބަރަކު ބުނެފައިވަނީ ތީ ދެންމެ ޓީވީން ދެއްކި ބަޔާން ކަމުގައެވެ. ދެންމެ ކީ ދިގު ބަޔާނެއް އަނެއްކާ ވެސް ކިޔަނީ ކީއްކުރަންތޯ އެހި. އެހެން ބުނުމުން ޖަވާބުގައި ސަފްވާން ބުނެފައިވަނީ އެކޮމިޓީއަށް އިތުބާރު ނުކުރާ ކަމަށާއި ކިޔާފަނޫނީ ބަޔާނުގައި ސޮއި ނުކުރާނެ ކަމަށް، ބަޔާނުގެ ދެ ވަނަ ގަނޑުންފެށިގެން، ސަފްވާން ދީފައިވާ ޓީވީން ދެއްކި ބަޔާނުގައި ނެތް، ސަފްވާން ބޮޑެތި ޖިނާއީ ކުއްތަކެއް ކުރިކަމަށް އަމިއްލަ އަށް އިއުތިރާފް ވެފައިވާ ވާހަކަތަކެއް ހުރުމުން އޮޅުވާލައިގެން ބަޔާނެއް ހަދާ ދިން ކަމަށް ބުނެ އެ ވާހަކަ ސަފްވާން ދެއްކުމުން ޖެނެރަލް ސެކްރެޓަރީ ސައީދު ވަނީ އެ ބަޔާން ސަފްވާން އަތުން ދަމައިގަނެ ނައްތާލާފައި. އަދި، އަސްލު ބަޔާން ޕުރިންޓް ކުރުމަށް ނައިބް ރައީސް އިދާރީ، އިއްޒަތު ވަހީދު އަތަށް ދީ ބަޔާން ޕުރިންޓް ކޮށްގެން ގެނެސް ސޮއި ކުރުވާފައި،" ސޮފްވާން ބުންޏެވެ. 

ސޮފްވާން ބުނީ، ވީއޭއެމްގެ އެ ކޮމިޓީން އޭނާގެ އަގުވައްޓާލުމަށްޓަކައި ގިނަަ ކަންތައްތަކެއް ކުރާނެ ކަމަށް ބުނެ އިންޒާރުދީފައި ކަމަށެވެ. އަދި، ޕޮލިހަށް ސޮފްވާންގެ މައްސަލަ ހުށަހެޅުމަކީ ވެސް ރޭވިގެން ކުރި ކަމެއް ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ. އެއީ، ވީއޭއެމްގެ އިސް ފަރާތްތަކުން، ވީއޭއެމްގެ މުވައްޒަފަކަށް ހުރި ފާތިމަތު މައިހާ، ބްލެކްމެއިލް ކޮށްގެން ކުރި ކަމެއް ކަމަށް ބުނެ، ސޮފްވާން ވަނީ އެ ކަމުގެ ހެކިތަކެއް ވެސް މީޑިއާއާ ހިއްސާކުރި ބަޔާނާ އެކު ހިމަނައިފަ އެވެ. 

ވީއޭއެމްގެ ލީޑަޝިޕުން ސޮފްވާންގެ އަގުވައްޓާލުމަށްޓަކައި، މީޑިއާ އަށް އިންޓަވިއު ދީ ކަންކަން ކުރުމުގެ ސަބަބުން ވޮލީ ކޮމިއުނިޓީ ތެރޭގައި ސޮފްވާނަށް އޮތް "އިތުބާރާއި ލޯބި" ނަފްރަތަށް ވެގެންދިޔަ ކަމަށް ވެސް ސޮފްވާންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

މީގެ ކުރިން، 2019 ވަނަ އަހަރު ވެސް ސޮފްވާން ފްރޭމް ކުރުމަށް މަސައްކަތް ކުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި، އެ ފަހަރު ދޮގު ހެކި ތައްޔާރުކޮށްގެން އެކަން ކުރަން އުޅެގެން ވެސް އެކަން ކާމިޔާބުނުވި ކަމަށް ސޮފްވާން ވަނީ ފާހަގަކޮށްފަ އެވެ. 

"(ވީއޭއެމްގެ ރައީސް) މުހައްމަދު ލަތީފް، ސޮފްވާން ފުރޭމް ކޮށްފައިވަނީ ސޮފްވާން އަށް ވޮލީބޯލް އެސޯސިއޭޝަންގެ މެޖޯރިޓީ ވޯޓު ލިބޭތީ، މުހައްމަދު ލަތީފްގެ މައްޗައް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފާނެ ކަމުގެ ބިރަށެވެ،" ސޮފްވާންގެ ބަޔާނުގައިވެ އެެވެ.

"ސަފްވާން ފުރޭމް ކުރުމުގެ ކުރިޔަށް ސަފްވާން ހިންގާ ކޮމިޓީގައި ހިމެނޭ ވޯޓުލެވޭ ކުލަބަކާ އަދި އިތުރު ވޯޓުލެވޭ ކުލަބެއްގެ ހިންގާ ކޮމިޓީ އެކުލަބުގެ ހިންގާ ކޮމިޓީ މެމްބަރުންނަށް އަދި ކުލަބުގެ ވެސް މެމްބަރަކަށް ނޭގި ވަގަށް ހިންގާ ކޮމިޓީ ބަދަލުކޮށްފައި ވޭ. މި މައްސަލަ އެ ދެ ކުލަބުގެ ހިންގާ ކޮމިޓީގެ މެމްބަރުން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހެޅުމުން، މައްސަލަ ބެލުމަކާނުލާ ލިޔުމުން ޖަވާބެއް ދީފައިވަނީ މުހައްމަދު ލަތީފު ވަގަށް ރަޖިސްޓްރީ ކުރި ހިންގާ ކޮމިޓީ އަކީ އެ ދެ ކުލަބުގެ ސައްހަ ހިންގާ ކޮމިޓީ ކަމުގައި. މި މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށް ހުށަހެޅުމުން އެ ކަމަށް އިންސާފު ހޯދަ ދީފައި މިޔަދާ ހަމަޔަށް ވެސް ނުވޭ،" 

ސޮފްވާން ބުނީ، އޭނާ އަކީ 2017 އިން ފެށިގެން 2024 އާ ހަމައަށް ގައުމީ އަންހެން ވޮލީ ޓީމުގައި މަސައްކަތް ކުރި ފަރާތެއް ކަމަށެވެ. އަދި، އަންހެން ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތް ފަށައި، ފަހުން ހެޑް ކޯޗަކަށް އައީ ވެސް ބުރަ މަސައްކަތުން ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ.

ވީއޭއެމް އިން އޭނާއާ މެދު ނާއިންސާފުން ކަންކަން ކުރުމާ އެކު، ކުޅިވަރު ގައުމީ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނެސްގެން ވެސް ކުރިއެރުމެއް ލިބި އިންސާފާ ހަމައަށް ދެވޭތޯ ސޮފްވާން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އަދި، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު، މުހައްމަދު ތޮލާލް އާއި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ވެސް އެ މަގާމުތަކުގައި ތިބި ފަރާތްތަކުން ލިބެންޖެހޭ ފަދަ އެއްބާރުލުމެއް މި ކަމުގައި ނުލިބޭ ކަމަށް ސޮފްވާން ވަނީ މީޑިއާ އަށް ހިއްސާކުރި ބަޔާނުގައި ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox