ޒަޔާން ބަލިކޮށް ގައުމީ ފައިނަލްގައި ހައިޝަމް ނުކުންނާނީ ނިބާލާ ދެކޮޅަށް

Sep 16, 2026, 10:40 AM
50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސްެ ސެމީ ފައިނަލުގައި ހައިޝަމް އާއި ޒަޔާން ޒަކީ ކުޅުނު މެޗަށް ފަހު.--- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސްެ ސެމީ ފައިނަލުގައި ހައިޝަމް އާއި ޒަޔާން ޒަކީ ކުޅުނު މެޗަށް ފަހު.--- ފޮޓޯ: ރިވައިވަލް ސްޕޯޓްސް / އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލުގައި ޒަޔާން ޒަކީ ބަލިކޮށް، ހައިޝަމް އިބްރާހިމް އަލީ، މުބާރާތުގެ ފައިނަލުގައި ނިބާލް އަހުމަދާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ. 

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިއަދު ގައުމީ މުބާރާތުގެ އެއް ވަނަ އާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލް މެޗުތައް ކުޅޭއިރު، އެއް ވަނަ ޑިވިޝަނުގެ ފަސް ފައިނަލުގަައި މުޅިން ވެސް ކުޅޭނީ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނެވެ. މިއީ، ގައުމީ މުބާރާތެއްގެ އެއް ވަނަ ޑިވިޝަނުގެ ހުރިހާ ފައިނަލެއްގެ ދެކޮޅުގައި ވެސް އެއް ކްލަބެއްގެ ކުޅުންތެރިން ކުޅޭނެ ފުރަތަމަ ފަހަރެވެ. 

ގައުމީ މުބާރާތުގެ އެންމެ ފަަހުގެ ޗެމްޕިއަން، ޒަޔާން ޒަކީ އަށް ސެމީ ފައިނަލުގައި ނާކާމިޔާބުވީ ހައިޝަމް އަތުންނެވެ. ކުރިން އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވާ، ވ. ކެޔޮދޫ އަށް ނިސްބަތްވާ ހައިޝަމް ބްރޭކަކަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް މި ވަނީ ދެ އަހަރު ތެރޭ ގައުމީ ސިންގަަލްސް ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސެމީ ފައިނަލުގައި ޒަޔާން ޒަކީ އަތަުން ހައިޝަމް މޮޅުވީ، 15-6، 11-15، 15-4 އިންނެވެ. 

މީގެ ކުރިން، ތިން ގައުމީ ސިންގަލްސް ފައިނަލުގައި ކުޅެ ބަލިވި ނިބާލް ވަނީ 2022 ވަނަ އަހަރުގެ ގައުމީ ތަށި އުފުލާލައިފަ އެވެ. އެންމެ ފަހުން، 2023 ވަނަ އަހަރުގެ ފައިނަލުގައި ބަލިވި ނިބާލް މި ފަަހަރުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި، ހަސަން ޒަޔާން މުހައްމަދުގެ މައްޗަށް ކުރިހޯދައިފަ އެވެ. ނިބާލް ވަނީ 16-14 އާއި 15-10 އިން ސެޓުތައް ގެންގޮސް ހަސަން ޒަޔާން ބަލިކޮށްފަ އެވެ. 

ފިރިހެން ޑަބަލްސް ފައިނަލުގައި ކުޅޭނީ ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާ އާއި ހައިޝަމް އާއި ހަލަފް އިމްރާންގެ ޕެއާ އެވެ. ޒަޔާން ޒަކީ އާއި ނިބާލް ވަނީ ކުއާޓާ ފައިނަލުގައި 15-13، 15-9 އިން މުހައްމަދު އަޖުފާން ރަޝީދު އާއި ޔޫނުސް ކައިފް މުހައްމަަދު އަތުން މޮޅުވެފަ އެވެ. އަދި، ސެމީ ފައިނަލުަގައި އާސިރު ނިޒާރު އާއި އިބްރާހިމް ހުޝާމް އަތުން މޮޅުވީ 15-9، 15-4 އިންނެވެ. ހައިޝަމް އާއި ހަލަފް، ފުރަތަމަ ފަހަރަށް ޑަބަލްސް ފައިނަލަކަށް ދިޔައިއިރު، ކުއާޓާ ފައިނަލުގައި އިބްރާހިމް ޝާމިއު އާއި ޔައުގޫބް އަލްވިން ބިން ހުޝާމް އަތުން ވަނީ 15-12، 13-15 އަދި 15-9 އިން މޮޅުވެފަ އެވެ. އަދި، ސެމީ ފައިނަލުގައި ހައިޝަމް އާއި ހަލަފް ވަނީ އަހުމަދު އަޔާން ބިން މުހައްމަދު ސޮލާހު އާއި ހަސަން ޒަޔާން އަތުން 16-14، 15-11 އިން މޮޅުވެފަ އެވެ. 

އަންހެން ސިންގަލްސްގެ އެންމެ ފަހުގެ ޗެމްޕިއަން، ނަބީ މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދީ ލައިބާ އަހުމަދު މަހުލޫފް 15-8، 15-6 އިން ބަލިކޮށްފަ އެވެ. އަދި، ކުރިން ގައުމީ ތަށި އުފުލާލައިފައިވާ، ނަބާ ފައިނަލަށް ދަތުރުކުރީ ކިޔާން އާދިލް މުހައްމަދު އަތުން 15-1، 15-4 އިން މޮޅުވެގެންނެވެ. 

އަންހެން ޑަބަލްސް ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ނަބާ އާއި ނަބީގެ ޕެއާ އިން ވާދަކުރަނީ ރިވައިވަލްގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާއާ އެވެ. ނަބާ އާއި ނަބީ ފައިނަލަށް ދިޔައީ އައިޝަތު ނިޔަމް ސާއިދު އާއި ލައިސާ ޝަޒްވާން އަހުމަދުގެ ޕެއާ އަތުން 15-4، 15-2 އިން މޮޅުވެގެންނެވެ. މައިސާ އާއި އަފަްނާން ވަނީ ސެމީ ފައިނަލުގައި އައިޝަތު ޒޯޔާ ހުސެއިން އާއި ޝުބާ މުހައްމަދު ޝަރީފް 15-9، 15-12 އިން ބަލިކޮށްފަ އެވެ. 

މިކްސް ޑަބަލްސް ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ޒަޔާން އާއި ނަބާގެ ޕެއާ އިން ކުޅޭނީ ނަބީ އާއި ނިބާލްގެ ޕެއާއާ އެވެ. ޒަޔާން އާއި ނަބާ ފައިނަލަށް ދަތުރުކުރީ، ހައިޝަމް އާއި މައިސާ، 15-12، 15-13 އިން ބަލިކޮށްފަ އެވެ. އަދި، ނިބާލް އާއި ނަބީ ފައިނަަލަށް ދަތުރުކުރީ، އަޖުފާން އާއި އައިޝަތު ޔޫހާ އަހުމަދު، 15-8، 15-6 އިން ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox