ރިސޯޓު ނުނިމި ދުވަސްވެފައިވާ ތަންތަނަށް އިތުރު ފުރުސަތެއް ނުދީ އަތުލަނީ

ރިސޯޓު ތަރައްގީކުރަން 2000 ވަނަ އަހަރު ކުއްޔަށް ދޫކޮށްފައިވާ ހުދުފުށި: މި ރަށް ކުއްޔަށް ދޫކޮށްފައިވާތާ 26 އަހަރު ވީއިރު، އަދިވެސް ރިސޯޓު ނުހުޅުވޭ --- ފޮޓޯ: ގޫގުލް އާތު

ރިސޯޓު ތަރައްގީކުރަން 2000 ވަނަ އަހަރު ކުއްޔަށް ދޫކޮށްފައިވާ ހުދުފުށި: މި ރަށް ކުއްޔަށް ދޫކޮށްފައިވާތާ 26 އަހަރު ވީއިރު، އަދިވެސް ރިސޯޓު ނުހުޅުވޭ --- ފޮޓޯ: ގޫގުލް އާތު

ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނުނިމި އަހަރުތަކެއް ވެފައިވާ ތަންތަނުގެ ތެރެއިން ބައެއް ތަންތަނަށް އިތުރު ފުރުސަތެއް ނުދީ، ކުލީގެ އެއްބަސްވުންތައް ބާތިލުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދެއް ހަދައިފި އެވެ. 

ޓޫރިޒަމުން މިއަދު ގެޒެޓުކުރި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ނުނިމި ހުރި ތަންތަނާ ގުޅޭ އާ ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްފައިވާ ތަންތަނާއި އިތުރުކޮށްފައި ނުވާ ތަންތަނަށް ވެސް ވެސް އަމަލުކުރަނީ އެއް ގޮތަކަށެވެ.

މިހެން ނަމަވެސް އެއްވެސް ފުރުސަތެއް ނުދީ އަތުލަނީ ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނެވެ. ބައެއް ތަންތަނަށް ފަހު ފުރުސަތެއް ދޭއިރު، އެހެން ބައެއް ތަންތަނަށް ފުރުސަތު ދިނުމާއި ފިޔަވަޅު އެޅުން އޮތީ މިނިސްޓްރީގެ އިހުތިޔާރުގަ އެވެ. 

އިތުރު ފުރުސަތެއް ނުދީ ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުތައް

  • ތަރައްގީކުރަން ދީފައިވާ މުއްދަތުން އަށް އަހަރު ދުވަސް ފާއިތުވެ، ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ 10 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ތަންތަން
  • ތަން ތަރައްގީކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައި ނުވާ ތަންތަން
  • ތަރައްގީކޮށް ނިމިފައި ނުވާ ތަންތަނުގެ ތެރެއިން، ގްރޭސް ޕީރިއަޑަށް ފަހު، ކޮންސްޓްރަކްޝަން ޕީރިއަޑު 60 މަސް ދުވަހަށް ވުރެ އިތުރުކޮށްފައިވާ ތަންތަން
  • ކުލީގެ މުއްދަތުން އަށް އަހަރު ދުވަސް ފާއިތުވެފައިވާ ތަންތަން ނުވަތަ ތަރައްގީކުރުމުގެ މަސައްކަތުގެ 15 ޕަސެންޓަށް ވުރެ ދަށް ތަންތަން

ޓޫރިޒަމުން ފަހު ފުރުސަތު ދެނީ މަސައްކަތް ނުނިމޭ ރިސޯޓުތަކުގެ ތެރެއިން، ގްރޭސް ޕީރިއަޑު ހަމަވެ، މުއްދަތު އިތުރުކޮށްފައި ނުވާ، އަދި ކުލީގެ މުއްދަތުން އަށް އަހަރު ދުވަސް ނުވާ ތަންތަނަށެވެ. މި ގޮތަށް ދޭ މުއްދަތުގެ ތެރޭގައި އެ ތަންތަނުގެ މަސައްކަތް ނިންމައި، އޮޕަރޭޝަނަށް ނުގެނެސްފި ނަމަ ކުލީގެ އެއްބަސްވުން ބާތިލުކުރެވެ އެވެ. 

ތަރައްގީކޮށް ނުނިމޭ ތަންތަނުގެ ތެރެއިން އިމާރާތްކުރުމުގެ (ކޮންސްޓްރަކްޝަން) މުއްދަތު އޮތް ތަންތަމުގެ ތެރެއިން، މަސައްކަތް ނުހިނގާ ތަންތަނަށް، މިނިސްޓްރީއަށް ފިޔަވަޅު އެޅެ އެވެ. އަދި، މި ތަންތަނުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބަޔެއް ނިމިފައިވާ ނަމަ، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުން އޮތީ މިނިސްޓްރީގެ އަތް މަތީގަ އެވެ.

މި ތަންތަނުގެ އެއްބަސްވުން ބާތިލުކުރިޔަސް، އެ ތަނަކާ ގުޅިގެން އަރާފައިވާ ޖޫރިމަނާގެ ފައިސާ، ދައުލަތަށް ދައްކަން ޖެހެ އެވެ. އަދި ރަހުނުކޮށްފައި އޮތް ތަނެއް ނަމަ، ނޫނީ ރަހުނުގެ ގޮތުގައި ވިއްކާލަން ހުއްދަ ދީފައި އޮތް ތަންތަން ވެސް، ރަހުނު ހިފި ފަރާތަށް އެންގުމަށް ފަހު، އެއްބަސްވުން ބާތިލުކުރެވެ އެވެ. 

ނުނިމި ދުވަސްވެފައިވާ ތަންތަން އަތުލެވޭ އިޖުރާއަތުތައް ތަފުސީލުކޮށް، ސަރުކާރުން ގަވާއިދެއް ހެދިއިރު، ތަރައްގީ ނުކުރާ ނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު މިހާރު ވެސް ސަރުކާރަށް ލިބެ އެވެ. މިހެން ނަމަވެސް، ހުރިހާ ސަރުކާރެއްގައި ވެސް މަސައްކަތް ކުރަނީ ތަންތަން އަތުނުލައި ލުއިތަކާއި ފުރުސަތުތައް ދީގެން ރިސޯޓުތައް ހުޅުވޭތޯ އެވެ. 

ސަރުކާރުތަކުން މި ސިޔާސަތު އިސްކުރި ނަމަވެސް، އެ ބޭނުންވީ ނަތީޖާ ނެރެވުނު ކަމަކަށް ނުބެލެވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަރައްގީކުރަމުން އަންނަ ރިސޯޓުތަކުގެ ލިސްޓުގައި ހުރި ގިނަ ތަންތަނަކީ ޒަމާނުއްސުރެން މަސައްކަތް ނުނިމި ހުރި ތަންތަނެވެ. އަދި، ކޮންމެ ސަރުކާރެއްގައި އިތުރު ތަންތަން ކުއްޔަށް ދޫކުރަމުން އަންނައިރު، މި ލިސްޓު އަންނަނީ އަހަރުންއަހަރަށް ދިގުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox