ކުރިއަށް އޮތް ރޯދަ މަހަށް އަމާޒުކޮށްގެން ދަނޑުވެރިކަން ކުރާ މީހުންނަށް ހާއްސަކޮށްގެން ހެޔޮ އަގުގައި މުޑުވަށް ފޯރުކޮށްދިނުމުގެ ގޮތުން ޕެސްޓެއެކްސް މޯލްޑިވްސް އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން އަލަށް ތައާރަފްކުރާ "ޖީއާރު" ބްރޭންޑްގެ އޮށް ޕެކެޓްތަކުން 15 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮމޯޝަނަކީ ރޯދަ މަހާ ދިމާކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތްކުރާ ދަނޑުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ޕެސްޓެއެކްސްއިން ބުންޏެވެ.
ޕެސްޓެއެކްސް އިން ބުނީ ޖީއަރު ބްރޭންޑުގެ މުޑުވަކަކީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ޓެސްޓުކުރެވި، ރަނގަޅު ނަތީޖާއެއް ލިބޭކަން ކަށަވަރު ކުރެވިފައިވާ ފެންވަރު ރަނގަޅު މުޑުވަކެއް ކަމަށެވެ.
ޖީއަރު ބްރޭންޑުގައި ހިމެނޭ މުޑުވަކުގެ ބާވަތްތަކުގެ ތެރޭގައި ކަރާ، މިރުސް، ކިއުކަންބާ، ބަށި އަދި ބަޓާނާފަދަ އާންމުކޮށް ރާއްޖޭގައި ހައްދާ މުހިންމު ބާވަތްތައް ހިމެނެ އެވެ.
މީގެއިތުރުން ދަނޑުވެރިކަމާ ގުޅޭ ހުރިހާ ސާމާނެއް އެންމެ ހެޔޮ އަގުގައި ޕެސްޓްއެކްސް މޯލްޑިވްސް ފިހާރައިން ލިބެން ހުންނާނެ ކަމަށާއި 7920080 އަށް ވައިބާ މެދުވެރިކޮށް ގުޅައިގެންވެސް ތަކެތި ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.





