ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު ތާރީހީ ބްރިޖެއް ހުޅުވައިފި

Sep 8, 2026, 8:01 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އުތުރު ކޮރެއާ އާއި ރަޝިޔާއާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދިނުމަށް ފަރުމާކޮށްފައިވާ ފުރަތަމަ ބްރިޖް ހޯމަ ދުވަހު ރަސްމީކޮށް ހުޅުވައިފި އެވެ.

ޓުމެން ކޯރު ހުރަސްކޮށް އަޅާފައިވާ މި ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވަމުންދާ ކަމުގެ މުހިންމު ނިޝާނެއްގެ ގޮތުގައި ދެ ގައުމުން ވެސް ސިފަކުރެ އެވެ.

ދެ ގައުމުގެ ދިދަ ހަރުކޮށްފައިވާ ފުރަތަމަ ލޮރީތައް އެއް ކިލޯމީޓަރު ދިގު، ދެ ލޭނުގެ މި ބްރިޖް ހުރަސްކުރަން ފެށީ ރަޝިޔާގެ ބޮޑުވަޒީރު މިކައިލް މިޝުސްޓިން އާއި އުތުރު ކޮރެއާގެ ބޮޑުވަޒީރު ޕަކް ތައޭ ސޮންގް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެ ގައުމުގެ މަސައްކަތްތެރިންނާއި ސަރުކާރުގެ އިސްވެރިންނާ މުޚާތަބު ކުރައްވަމުން ގެންދަވަނިކޮށެވެ.

ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާ ކުރުމަށްފަހު، މި ބްރިޖްގެ އަމަލީ މަސައްކަތް ފެށީ 2024 ވަނަ އަހަރު ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވި އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. މޮސްކޯ އާއި ޕިއޮންގްޔަންގްއާ ދެމެދު ވައިގެ މަގުންނާއި ރޭލު މަގުން މިހާރު ވެސް ގުޅުން އޮތް ނަމަވެސް، ހޯމަ ދުވަހާ ހަމައަށް އެއްގަމު އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ރަނގަޅު މަގެއް ނެތެވެ. އޭގެ ބަދަލުގައި 1959 ވަނަ އަހަރުން ފެށިގެން ޚާއްސަ އުސޫލެއްގެ ދަށުން އުޅަނދުފަހަރު ދަތުރުކުރަމުން އައީ، ދެ ގައުމުގެ ބޯޑަރު ހުރަސްކުރަން އޮތް ހަމައެކަނި މަގު ކަމަށްވާ ރޭލު ބްރިޖްގެ މަތީގައި ފިލާ އަޅައިގެންނެވެ.

މި ބްރިޖުން ކޮންމެ ދުވަހަކު 300 އާ ގާތްކުރާ އަދަދަކަށް އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ކަމަށާއި، މި ބްރިޖް ރަޝިޔާގެ ފެޑަރަލް މަގުތަކުގެ ނެޓްވޯކާ ގުޅާލެވޭނެ ކަމަށް ރަޝިއާއިން ބުންޏެވެ. މީގެ ސަބަބުން ރަޝިޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ވްލަޑިވޮސްޓޮކުން ފެށިގެން ސެއިންޓް ޕީޓަސްބާގާ ހަމައަށް އޮންނަ ދަތުރުފަތުރުގެ ކޮރިޑޯއަށް ފަސޭހައިން ވަދެވޭނެ އެވެ. ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި މުދާ އުފުލުމަށްޓަކައި ލޮރީތަކުން ވަގުތުން ބްރިޖް ބޭނުންކުރަން ފަށާނެ އެވެ. އަދި މި އަހަރު ނިމޭއިރު ބްރިޖްގެ މަސައްކަތް މުޅިން ނިމި، އާންމު ދަތުރުފަތުރަށް ވެސް ހުޅުވާލެވޭނެ އެވެ.

މި ބްރިޖް އަޅާފައިވަނީ ކޮރެއާ ހަނގުރާމައަށްފަހު 1959 ވަނަ އަހަރު ހުޅުވި "ފްރެންޑްޝިޕް ބްރިޖް" ކިޔާ ރޭލު ބްރިޖާ ކައިރީގަ އެވެ. ރަމްޒީ ގޮތުން މި އާ ބްރިޖަށް ނަން ދީފައިވަނީ ރެޑް އާމީގެ ސިފައިންގެ މީހެއް ކަމަށްވާ ޔާކޯވް ނޮވިޗެންކޯގެ ނަމުންނެވެ. އޭނާއަކީ 1946 ވަނަ އަހަރު އުތުރު ކޮރެއާގެ ފުރަތަމަ ލީޑަރު ކިމް އިލް ސަންގް އަވަހާރަކޮށްލަން އެއްލި ގްރެނޭޑެއް ހުއްޓުވައި، އެމަނިކުފާނުގެ ފުރާނަ ސަލާމަތްކޮށްދިން މީހެއް ކަމަށް ޕިއޮންގްޔަންގް އިން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox