އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

Oct 23, 2026, 9:00 AM
ފޮޓޯ: އިންސްޓަގްރާމް

ފޮޓޯ: އިންސްޓަގްރާމް

އިންޑިއާގައި މާލީ ކަންކަމާ ގުޅޭ މައުލޫމާތު ފަތުރާ އުމުރުން 27 އަހަރުގެ އިންފްލުއެންސަރަކު އަމިއްލައަށް މަރުވި ހާދިސާއާ ގުޅިގެން، ސައިބާ ބުލީން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކުރުމުގެ ތުހުމަތުތަކެއް ފެންމަތިވެ، އިންވެސްޓަރުންނަށް މާލީ އިރުޝާދު ދޭންޖެހޭނީ ކޮން ބައެއްތޯ ބަހުސް ކުރަން ފަށައިފި އެވެ.

އިންސްޓަގްރާމްގައި "ފައިނޭންސް ވިތު ހަރިޝް" ގެ ނަމުގައި ވަރަށް މަގުބޫލު އެކައުންޓެއް ހިންގަމުންދިޔަ ވީ. ހަރިޝް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު، އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީ ކައިރީގައި ހުންނަ އޭނާގެ ގޭގެ ތެރެއިންނެވެ.

ހަރިޝް މަރުވީ، އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން މެޓާ އިން އެ އެކައުންޓް ބަންދުކުރިތާ މަދު ހަފުތާތަކެއް ފަހުންނެވެ.

ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ހަރިޝްގެ ބައްޕަ ޖޭ. ވިނަޔަގަމް ތުހުމަތުކޮށްފައިވާ ގޮތުގައި، އޭނާގެ ދަރިފުޅު މަރުވީ ޓެކްނޮލޮޖީއަށް ހާއްސަ ވެންޗާ ސްޓޫޑިއޯއެއް ކަމަށްވާ "ޒެމޫރިއާ" ގެ ސީއީއޯ އަދި ޔޫޓިއުބަރެއް ކަމަށްވާ ޖޭސަން ސެމިއުލް އިންޓަނެޓް މެދުވެރިކޮށް ކުރި ފުރައްސާރަތަކުގެ ސަބަބުންނެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސެމިއުލް ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ހަރިޝްގެ އަތުން ފައިސާ އަތުލަން (އެކްސްޓޯޝަން) މަސައްކަތް ކުރުމާއި، ސޯޝަލް މީޑިއާގައި ހަރިޝްގެ އަބުރަށް އަރައިގަނެ ވީޑިއޯތަކެއް އާންމުކުރި ކަމަށެވެ.

މީގެ ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ސެމުއެލް ވަނީ އެއްވެސް ގޯސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

މި ހާދިސާއާއެކު، އިންޑިއާގައި މާލީ ކަންކަމާ ގުޅޭ މައުލޫމާތު ފަތުރާ ފަރާތްތަކުގެ ނުފޫޒު ގަދަވަމުންދާ މިންވަރު ވަނީ ހާމަވެފަ އެވެ. އިންޑިއާގައި އަލަށް އިންވެސްޓްކުރާ މިލިއަނަކަށް ވުރެ ގިނަ މީހުން ބާޒާރުގެ އިރުޝާދު ހޯދުމަށް މިހާރު ބޮޑަށް ބަރޯސާވަނީ ސޯޝަލް މީޑިއާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

މެގަސްޕީޑުން އެލިސް ހުއާން 2025 ގައި ވަކިވެފައިވޭ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވޭ އެލިސް ހުއާން، މެގަސްޕީޑް ކުންފުނީގެ މަގާމުން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، އެމެރިކާގެ އެކްސްޕޯޓް ގަވާއިދުތަކާ ހިލާފަށް ޗައިނާއަށް އޭއައި ޗިޕްތައް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި މެގަސްޕީޑުން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައެވެ.

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox