ހަތަރު ވަނަ ދައުރަކަށް ފީފާ ރައީސް ކަމަށް އިންފަންޓީނޯ ކުރިމަތިލާނެކަން އިއުލާނުކޮށްފި

Sep 6, 2026, 5:54 PM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 6) - ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސްގެ މަގާމަށް މިހާރު އެ މަގާމުގައި ދެމިހުންނަށް ޕްރެޝަރު ބޮޑުވެފައިވާ ޖިއާނީ އިންފަންޓީނޯ ކުރިމަތިލާނެކަން ފީފާ އިން އިއުލާނުކޮށްފި އެވެ.

އިންފަންޓީނޯ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. ތިން ވަނަ ދައުރަކަށް ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ އިންފަންޓީނޯ އަށް މަގާމުގައި ދެމިހުންނަށް ޕްރެޝަރު ބޮޑުވެފައިވަނީ، ފީފާގެ މުބާރާތްތަކުގެ ރައިޓްސް، ވޯލްޑް ކަޕް ހިމެނޭހެން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ގުޅުން އޮންނަ ކުންފުންޏަކަށް ވިއްކާލަން އުޅުނު ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ޑީލުގެ ސަބަބުންނެވެ. އިންފަންޓީނޯ ވަނީ އެފްއެފްއީގެ ޕްލޭން އަނބުރާ ގެނެސް މާފަށް އެދިފަ އެވެ. 

ފީފާގެ ރައީސް އިންފަންޓީނޯ މައާފަށް އެދިއްޖެ

ފީފާ ވޯލްޑް ކަޕް ހިމެނޭހެން މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅުނު ޑީލުގައި ގޯސްތަކެއް ހެދިފައިވާތީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މައާފަށް އެދިއްޖެ. މި ޑީލާ ގުޅިގެން ފީފާގެ އިތުބާރު ގެއްލެމުންދާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޔުއެފާ އިން ދަނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުން

ޔުއެފާގެ މައި ފުޓްބޯޅަ އިދާރާއިން އިންފަންޓީނޯ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ފީފާ އިން މިއަދު ވަނީ، އަންނަ އަހަރު މާޗް މަހު ބާއްވާ އިންތިހާބުގައި އިންފަންޓީނޯ ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ. 

Advertisement

"އެއްވެސް ކަމެއް ބަދަލެއް ނުވޭ، އިންފަންޓީނޯ އިތުރު ދައުރަކަށް ކުރިމަތިލާނެ،" ފީފާގެ ބަޔާނުގައިވެ އެވެ. 

މިއީ، އިންފަންޓީނޯ، ހަތަރު ވަނަ ދައުރަކަށް ކުރިމަތިލާނެ ކަމާ ބެހޭގޮތުން، ފީފާ އިން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ. ފީފާ އިން މިދިޔަ ހަފްތާގައި ވަނީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން އިންފަންޓީނޯގެ އަގުވައްޓާލަން މީޑިއާގައި މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ޔުއެފާ އިން އަންނަނީ، އިންފަންޓީނޯ އާއި ފީފާ ލީޑަޝިޕާ ދެކޮޅަށް، އެފްއެފްއީ ޑީލުގެ މައްސަލައިގައި ދައުވާ ކުރުމުގެ ގާނޫނީ މަސައްކަތްތައް ވެސް ކުރަމުންނެވެ. 

ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ. މި އަހަރުގެ ނޮވެމްބަރު 18 ގެ ކުރިން ފީފާ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ރަސްމީކޮށް ލިޔެކިޔުންތައް ހުށަހަޅައި ކެންޑިޑެސީގެ ކަންކަން ފުރިހަމަަ ކުރަން ޖެހޭނެ އެވެ.

އިންފަންޓީނޯއާ ދެކޮޅަށް ނުކުންނާނެ ކެންޑިޑޭޓެއް އަދި ރަސްމީކޮށް ފާހަގަކުރެވިފައިނުވެ އެވެ. އެކަމަކު، ނޯތު/ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން ތަމްސީލްކުރާ ފެޑެރޭޝަން ކޮންކަކަފްގެ ރައީސް، ވިކްޓަ މޮންޓަގްލިއާނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ. 

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ އެޑްމިނިސްޓްރޭޓިވް ރޯލަކުން ފާހަގަވެ، އެ ޔުނިވާސިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ، ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ.

ޔުއެފާގެ ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތް ކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިންފަންޓީނޯ އަށް ލިިބިވަޑައިގެންނެވި އެވެ.

އޭގެ ފަހުން، ޔުއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޔުއެފާ ނޭޝަންސް ލީގު ތައާރަފް ކުރެއްވުމުގައި ވެސް އިސް މޭސްތިރިއަކީ ވެސް އިންފަންޓީނޯ އެވެ. އޭގެ އިތުރުން، ޔޫރަޕްގެ ތަފާތު 12 ސަރަަހައްދެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވިއިރު، އެ މަސައްކަތް އެންމެ ފުރަތަމަ ޕްލޭން ކުރުމުގައި ވެސް އިންފަންޓީނޯގެ ހިއްސާ ބޮޑެވެ.

ފީފާގައި އިންފަންޓީނޯގެ ލީޑަޝިޕުން މިހާތަނަށް ކުރެއްވި މަސައްކަތުން ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެސް ކޮށްފަ އެވެ. އެ ގޮތުން، މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރިއިރު، ކުރިއަށް އޮތް ވޯލްޑް ކަޕްގައި 64 ޓީމަށް އިތުރު ކުރުމުގެ ޕްލޭންތަކެއް ވެސް ކުރިއަށް އެބަދެ އެވެ. އަދި، ކޮންފަޑެރޭޝަން ކަޕް ބާއްވާ އަހަރުގައި އޭގެ ބަދަލުގަައި ފީފާ ކްލަބް ވޯލްޑް ކަޕެއް 24 ޓީމާ އެކު ބާއްވަން ނިންމައި، ފުރަތަމަ މުބާރާތް މިދިޔަ އަހަރު އެމެރިކާގައި ހޯސްޓްކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox