ސަރުކާރުގެ ޕްރެސްތަކުން އަދަދުގެ ނޫސްވެރިން މަނާކުރި ސަބަބު ލިޔުމުން ހޯދުމަށް ފޮނުވި ސިޓީއަށް ޖަވާބު ނުދޭ މައްސަލަ ހުށަހަޅައިފި

ޖޫން 1، 2026 ގައި ރައީސް މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސް

ޖޫން 1، 2026 ގައި ރައީސް މުހައްމަދު މުއިއްޒު ބޭއްވި ޕްރެސް ކޮންފަރެންސް

އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހާއި އަދަދު ނޫހުގެ ނޫސްވެރިންނަށް ބައިވެރިނުވެވޭނެ ކަމަށް ރައީސް އޮފީހުން ނިންމި ނިންމުން ލިޔުމުން ހޯދުމަށް އަދަދު ނޫހުގެ ފަރާތުން ފޮނުވި ސިޓީއަށް ޖަވާބު ނުދޭތީ އެ މައްސަލަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް މިއަދު ހުށަހަޅައިފި އެވެ. 

މި ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ބަލަމުންދާ މައްސަލަތަކާއި އޭގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅުވައި އެ ނިންމުން ރައީސް އޮފީހުން ނިންމީ މެއި 11، ގަ އެވެ. އެ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުން މި ނޫހުގެ މުހައްމަދު ޝަހުޒާން ބޭރުކޮށްލި އެވެ. 

އެ މައްސަލާގައި ޕްރެސް ކޮންފަރެންސްތަކަށް ވަނުން މަނާކުރަން ނިންމި ނިންމުން ރަސްމީކޮށް ލިޔުމުން ހޯދުމަށް އަދަދު ނޫހުން އެދުނީ މެއި 18، ގަ އެވެ. އެ ސިޓީއަށް ދެ މަސް ދުވަސް ވާން ކައިރިވެފައިވާއިރު ވެސް ޖަވާބެއް ދީފައި ނުވެ އެވެ. 

Advertisement

އެހެންވެ، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި މި ނޫހުން އެދުނީ އެ ސިޓީއަށް ޖަވާބު ފޯރުކޮށްދީ، ޖަވާބު ނުދީ ލަސްވި މައްސަލަ ބަލައިދިނުމަށެވެ. 

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ، މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މުސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އެ ކޯޓުގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އެކެވެ. މި އަމުރުގައި ވަނީ އެ ކޮންޓެންޓް ދައުރުކުރުމާއި، އޭގާ ހުރި ވާހަކަތައް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ދެއްކުން އެންމެނަށް މަނާކޮށްފަ އެވެ. ރައީސް އޮފީހުން ބުނީ، ޝަހުޒާންގެ ސުވާލު އެ އަމުރާ ހިލާފު ކަމަށެވެ.

އަދަދު ނޫހަށް ހުއްދަ ނުދޭން ނިންމުމުގައި، މި ސަރުކާރުން ވުޖޫދުކޮށްފައިވާ  މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގައި ބަޔާންކުރާ ސުލުކީ މިންގަނޑާއި (40 ވަނަ މާއްދާ) އާއި މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާ (44 ވަނަ މާއްދާ) އަށް ރިއާޔަތްކޮށްފައިވެ އެވެ. 

ނަމަވެސް، ރައީސް އޮފީހުން އަދަދު ނޫހާއި ނޫސްވެރިން މަނާކުރީ  "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން އެ އޮފީހަށް ލިބޭ އިހުތިޔާރުގެ ދަށުންނެވެ. 

ރައީސް އޮފީހުން ވަނީ އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ އާއި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ނިމެންދެން މި ނޫހަށް ނޫނީ އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް އެ ހުއްދަ ނުދޭން ނިންމާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox