ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ރެކޯޑުކުރަން ބައެއް ކުދި ވިޔަފާރިތަކަށް ވެސް ލާޒިމުކޮށްފި

Jun 27, 2026, 1:23 PM
ސްޓެލްކޯގެ ކަރަންޓު އުފައްދާ މައި ޕަވާ ސްޓޭޝަންގެ ދުންހޮޅިތަކެއް: ރާއްޖޭން ބޭރުކުރާ ވިހަ ގޭހުގެ ބޮޑު ބައި އަންނަނީ ކަރަންޓު އުފައްދާ ޖަނަރޭޓަރުތަކުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ސްޓެލްކޯގެ ކަރަންޓު އުފައްދާ މައި ޕަވާ ސްޓޭޝަންގެ ދުންހޮޅިތަކެއް: ރާއްޖޭން ބޭރުކުރާ ވިހަ ގޭހުގެ ބޮޑު ބައި އަންނަނީ ކަރަންޓު އުފައްދާ ޖަނަރޭޓަރުތަކުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންކުރާ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދުގެ ދަށުން އޭސީ ސާވިސް ކުރާ ވިޔަފާރިތަކާ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތްދޭ ހުރިހާ އެންމެނަށް ވިހަ ގޭސް ބޭރުވާ މިންވަރު ރެކޯޑުކޮށް، ބަލަހައްޓައި, އެންވަޔަރަމަންޓު މިނިސްޓްރީއާ ހިއްސާކުރަން މަޖުބޫރުކޮށްފި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީގެ އެ ގަވާއިދަކީ، ރާއްޖެއިން ބޭރުކުރާ ވިހަ ގޭސް މިންކޮށް، ދަފުތަރުކޮށް އަދި ވިހާ ގޭހުގެ މިންވަރު ކަށަވަރުކުރުމަށް ބޭނުންވާ އިދާރީ އިންތިޒާމުތަކާއި އިޖުރާއަތްތައް ބަޔާންކުރާ ގަވާއިދެވެ. މި ވިހަ ގޭހުގެ މިންވަރު ކަށަވަރު ކުރުމަކީ ޕެރިސް މުއާހަދާގައި ސޮއިކޮށްފައިވާ ހުރިހާ ގައުމަކަށް ލާޒިމުކަމެކެވެ. 

މި ގަވާއިދުގެ ދަށުން މައުލޫމާތު އެއްކުރަން ޖެހޭ 13 މަސްލަހަތުވެރިން ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކާއި ބޮޑެތި ސިނާއަތްތަކާއި ހަކަތަ ބޭނުންކޮށްގެން ހިދުމަތްދޭ ހުރިހާ ދާއިރާއެއް  ހިމެނެ އެވެ.

Advertisement

ވިހަ ގޭސް ބޭރުކުރާ މިންވަރު ރެކޯޑުކުރަން ޖެހޭ މަސްލަހަތުވެރިން

  • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
  • ޔުޓިލިޓީ ހިދުމަތްދޭ އެންމެހައި ވިޔަފާރިތައް
  • ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތައް
  • މޯލްޑިވްސް ކަސްޓަމްސް ސާވިސް
  • ސިނާއީ ދާއިރާ އާއި މެނުފެކްޗަރިން ދާއިރާގެ އެންމެހައި ފަރާތްތައް
  • ރެފްރިޖަރޭޝަން ސިސްޓަމްތަކާއި އޭސީ ސާވިސްކުރާ އެންމެހައި ފަރާތްތައް
  • ސިވިލް އޭވިއޭޝަން އޮތޯރިޓީ
  • އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
  • އެއާޕޯޓު އޮޕަރޭޓަރުން
  • ކަނޑާއި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އެންމެހައި ވިޔަފާރިތައް
  • ހަކަތައިގެ ބާވަތްތައް އެތެރެކުރޭ ފަރާތްތަކާއި، އެފަދަ ތަކެތި އުފައްދާ ފަރާތްތަކާއި. ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް

މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން އެންވަޔަރަމަންޓު މިނިސްޓްރީން ވަނީ އެ މިނިސްޓްރީއަށް ފޮނުވަން ޖެހޭ މައުލޫމާތު އެއްކޮށް، ބަލަހައްޓައި، ފޮނުވަން މަގުފަހި ކުރުމަށް ޓަކައި އިދާރީ އިންތިޒާމުތައް ކޮންމެ މަސްލަހަތުވެރިޔަކު ވެސް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. 

އިދާރީ ކަންކަން އެ ބަޔަކު އަމިއްލައަށް ހަމަޖައްސަން ޖެހުނަސް، ގަވާއިދުގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުަރަން މަސްލަހަތުވެރިންނަށް ބޭނުންވާ ތަމްރީނާއި ގާބިލުކަން ހޯދައިދޭން މިނިސްޓްރީން ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox