ކުރިއަށް އޮތް ފަސް އަހަރު ދުނިޔޭގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވާނެ

May 28, 2026, 4:44 PM
އައިސް ވިރޭ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް.

އައިސް ވިރޭ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް.

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެވްރެޖް ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވާނެ ކަމަށް އދ. ގެ މޫސުމާ ބެހޭ އިދާރާ އާއި އިނގިރޭސިވިލާތުގެ މެޓް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފި އެވެ. 

ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ހޫނުމިނާއި ވާރޭވެހޭނެ މިންވަރު އަންދާޒާކޮށް ކޮންމެ އަހަރަކު ނެރޭ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެވްރެޖް ހޫނުމިން ހުންނާނީ ސިނާއީ އިންގިލާބުގެ ކުރިން (1850 އާއި 1900 އާ ދެމެދު) ހުރި މިންވަރަށްވުރެ 1.3 ޑިގްރީ ސެލްސިއަސް އާއި 1.9 ޑިގްރީ ސެލްސިއަސް މަތީގަ އެވެ.

އިނގިރޭސިވިލާތުގެ މެޓް އޮފީހުގެ ރިސާޗް ސައިންޓިސްޓެއް ކަމަށްވާ މެލީސާ ސީބްރޫކް ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ދުނިޔޭގެ މޫސުމަށް ބަދަލު އަންނަމުންދާ ކަމާއި، ދުނިޔޭގެ އެވްރެޖް ހޫނުމިން މެދުނުކެނޑި އުފުލެމުންދާކަން ވަރަށް ސާފުކޮށް ހެކިތަކުން ފެންނަން އެބަހުރި ކަމަށެވެ.

Advertisement

ދުނިޔޭގެ ގައުމުތަކުން 2015 ވަނަ އަހަރު ސޮއިކުރި ޕެރިސް އެގްރީމަންޓުގައި އެއްބަސްވެފައިވަނީ، ދުނިޔޭގެ އެވްރެޖް ހޫނުމިން ސިނާއީ އިންގިލާބުގެ ކުރިން ހުރި މިންވަރަށްވުރެ 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށެވެ. އެއީ ހޫނުމިން އެ މިންވަރަށްވުރެ މަތިވެއްޖެ ނަމަ، މޫސުމީ ނުރައްކާތެރި ހާދިސާތައް ކުރިމަތިވާ މިންވަރު އިތުރުވެ، އޭގެ ނުރައްކާ ބޮޑުވާނެތީ އެވެ.

"ސައިންސްގެ އަލީގައި ވަރަށް ސާފުކޮށް އެނގެން އޮތީ، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ލިބިފައިވާ ފުރުސަތު ވަރަށް ހަނިވަމުންދާކަން،" ސީބްރޫކް ވިދާޅުވި އެވެ.

މި ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އުތުރު ބިތުގެ އާކްޓިކް ސަރަހައްދުގެ ފިނި މޫސުމުގެ ހޫނުމިން، ދުނިޔޭގެ އެވްރެޖް ހޫނުމިން އުފުލޭ މިންވަރަށްވުރެ ތިން ގުނަ ބާރަށް އުފުލޭނެ އެވެ. 

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، މާޗް މަހުގެ ތެރޭގައި ބޭރެންޓްސް ސީ، ބެރިންގް ސީ އަދި ސީ އޮފް އޮކޮޓްސްކްގެ އާކްޓިކް ކަނޑުގެ އައިސް ވިރޭނެ ކަމަށް ލަފާކުރެވެ އެވެ.

އާކްޓިކް ސަރަހައްދު ހޫނުވުމުގެ ސަބަބުން މޫސުމީ ނިޒާމުތަކަށް ބުރޫއަރައި، ދުނިޔޭގެ އުތުރުގެ ގައުމުތަކަށް މޫސުމީ ނުރައްކާތެރި ހާދިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް ސީބްރޫކް ވިދާޅުވި އެވެ.

އެގޮތުން އެ ގައުމުތަކަށް ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި މެއި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޔޫރަޕްގެ އުތުރު ސަރަހައްދުތަކާއި، އެލަސްކާ، ސައިބީރިއާ އަދި ސަހޭލް ސަރަހައްދަށް ވާރޭވެހުން އިތުރުވާނެ ކަމަށް ބެލެވޭއިރު، އެމެޒޯން ސަރަހައްދަށް މި ދުވަސްވަރު އާދަޔާ ހިލާފަށް ހޫނުގަދަވެ، ހަނަފަސްކަން ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ދޫންޏެއްގެ އަޑާއި މުއާސަލާތު ކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް

ހިމާލަޔާ ސަރަހައްދުގައި އިންސާނީ ހަރަކާތްތަކާއި އުމްރާނީ ތަރައްގީ އިތުރުވުމުގެ ސަބަބުން، "މޮނާލް" ދޫނީގެ ގުދުރަތީ މާހައުލު ގެއްލި އެ ސަރަހައްދުގެ މަތީ ހިސާބުތަކަށް ހިޖުރަކުރަން ވަނީ މަޖުބޫރުވެފައެވެ. މީގެ އިތުރުން، އިންސާނީ އަޑުގަދަވުމުގެ ސަބަބުން އެކަތި އަނެކައްޗާ މުއާމަލާތްކުރުމަށްޓަކައި އެ ދޫނިތަކުގެ އަޑުގެ ރާގަށް ބަދަލުތަކެއް އަންނަމުންދާކަން ދިރާސާތަކުން ދައްކައެވެ.

ޔޫކޭ ކަނޑުތަކުން އަލުން ނޫއުރަހަ ކަންނެލި ފެންނަން ފަށައިފި

ޔޫކޭގެ ކަނޑުތަކުން ހުސްވެފައިވާ ނޫއުރަހަ ކަންނެލި އަލުން ފެންނަން ފެށުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުން ނަތީޖާ ނެރެވިދާނެކަމުގެ އުންމީދީ ހެއްކެއް ކަމަށް ޑަބްލިއުޑަބްލިއުއެފްގެ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ. މި ކުރިއެރުން ލިބިފައިވަނީ މަސް ބޭނޭ މިންވަރު ކަނޑައެޅުމާއި މަސް އަލާވާ ސަރަހައްދުތައް ހިމާޔަތްކުރުން ފަދަ ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުންނެވެ.

ހަނދަށް ކުރި ދަތުރުގެ ސޮފްޓްވެއާ އިންޖިނިއަރު މަރުވެއްޖެ

ނާސާގެ އެޕޯލޯ މިޝަންތަކުގެ ސޮފްޓްވެއާ އިންޖިނިއަރިން ޓީމު އިސްވެ ބަލަހައްޓަވައި، ހަނދަށް އިންސާނުން ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މާގްރެޓް ހެމިލްޓަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ "ސޮފްޓްވެއާ އިންޖިނިއަރިން" މި ލަފުޒު އުފެއްދެވި، އަދި އެޕޯލޯ 11 ހަނދަށް ތިރިކުރި ވަގުތު ދިމާވި ކޮމްޕިއުޓަރު މައްސަލަ ހައްލުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ސައިންޓިސްޓެވެ. އޭނާގެ މި ތާރީޚީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ޓީ-ރެކްސްގެ ހަށިގަނޑުގެ ހޫނުމިން އިންސާނުންނާ އެއްވަރު

ފޮސިލައިޒްޑް ދަތްތަކެއް ބޭނުންކޮށްގެން ކުރި އައު ދިރާސާއަކުން، ޓީ-ރެކްސްގެ ހަށިގަނޑުގެ އެވްރެޖް ހޫނުމިނަކީ 36 ޑިގްރީ ސެލްސިއަސްކަން ވަނީ ދެނެގަނެވިފައެވެ. މިއީ އިންސާނުންގެ ހަށިގަނޑުގެ ހޫނުމިނާ ދާދި އެއްވަރުގެ މިންވަރެއް ކަމަށްވާއިރު، މީގެ ކުރިން ޑައިނަސޯތަކަކީ ފިނި ލޭ ހުންނަ އެއްޗެއްގެ ގޮތުގައި އޮތް ގަބޫލުކުރުން މި ހޯދުމާއެކު ވަނީ ބަދަލުވެފައެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

މަދުން ނޫނީ ނުފެންނަ "ބިގްފިން ސްކުއިޑް" އެއް ފެނިއްޖެ

ކެލިފޯނިއާގެ އައްސޭރިފަށުގައިވާ ކަނޑުއަޑީގެ އަލިފާން ފަރުބަދައެއް ދިރާސާކުރަމުންދިޔަ ސައިންސްވެރިންނަށް، ވަރަށް މަދުން ނޫނީ ނުފެންނަ "ބިގްފިން ސްކުއިޑް" އެއް ކަނޑުގެ 10،000 ފޫޓަށްވުރެ ފުން ސަރަހައްދަކުން ފެނިއްޖެއެވެ. ދުރުން ކޮންޓްރޯލްކުރާ އުޅަނދެއްގެ ކެމެރާއަށް އަރާފައިވާ މި ބޯވަދިލަމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް 4.1 ފޫޓު ހުރިކަމަށް ސައިންސްވެރިން އަންދާޒާކުރެއެވެ.

Newsletter

Get the latest news delivered straight to your inbox