ރިސޯޓް ލީގުގެ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

Jun 5, 2026, 9:35 AM
އަދަދު ސްޕޯޓްސް އާއި ރިސޯޓް ލީގުން ހެދި އެއްބަސްވުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން.

އަދަދު ސްޕޯޓްސް އާއި ރިސޯޓް ލީގުން ހެދި އެއްބަސްވުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލައިގެން.

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ އޮންލައިން ނިއުސް ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް" ހަމަޖައްސައިފި އެވެ. 

މި އެއްބަސްވުމުގައި ރިސޯޓް ލީގުގެ ފަރާތުން ފައުންޑަރު، އިއުމާޒް ނަސީރު ބައިވެރިވިއިރު، "އަދަދު ސްޕޯޓްސް"ގެ ފަރާތުން ބައިވެރިވީ ސްޕޯޓްސް އެޑިޓަރު، އައްޒާމް އަލިފުޅު އެެވެ. 

މި އެއްބަސްވުމުގެ ތެރެއިން، ރިސޯޓް ލީގު ޕްރޮމޯޓް ކުރުމަށްޓައި، "އަދަދު ސްޕޯޓްސް" އިން މުބާރާތުގެ މުހިންމު ހުރިހާ ހަބަރުތަކެއް ގެނެސްދޭނެ އެވެ. އަދި، "އަދަދު ސްޕޯޓްސް" ސޯޝަލް މީޑިއާ ހޭންޑަލްތަކުން ވެސް ރިސޯޓް ލީގު ޕްރޮމޯޓްކުރާނެ އެވެ. 

Advertisement

ރިސޯޓްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް، ރިސޯޓް ލީގު ފެށިގެން ދިޔައީ، 2013 ވަނަ އަހަރު އެވެ. ފަނަރަ ވަރަކަށް އަހަރު ވަންދެން މި މުބާރާތް ކުރިއަށް ގޮސްފައިވާއިރު، މިއީ، ރިސޯޓްތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ އަދި އެންމެ އިތުބާރު ބޮޑު މުބާރާތެވެ. 

ގިނަ ބަޔެއްގެ އިތުބާރު ހޯދާފައިވާ ރިސޯޓް ލީގަކީ މިހާރު ރިސޯޓްގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ މުބާރާތެކެވެ. އަދި، ހުރިހާ ރިސޯޓަކުން ވެސް ވަރަށް ދުރާލައި، މި މުބާރާތަށް ތައްޔާރުވާއިރު، ރިސޯޓްތަކުން ހަ މަސް ކުރިން މުބާރާތަށް ފޯކަސްކޮށްގެން ކަންކަން ރާވަން ފަށަ އެވެ. ރާއްޖޭގެ ފުޓްސަލްގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންގެ އިތުރުން، ފުޓްސަލް އިން ކެރިއަރެއް ބިނާކުރަން ބޭނުންވާ ކުޅުންތެރިން ވަޒީފާގެ މާހައުލުގައި ވެސް ފުޓްސަލް އިން ކުރިއަށްދިއުމަށް މަގުފަހިވެގެންދިޔައީ ރިސޯޓް ލީގުގެ ސަބަބުންނެވެ. 

ރިސޯޓް ލީގުގެ މި ފަަހަރުގެ ސީޒަނުގައި މިހާރު ކުރިއަށްދަނީ، ދ. ޒޯނުގެ މެޗުތަކެވެ. 

"އަދަދު ސްޕޯޓްސް" އިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕާޓްނަރެެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އަދި، ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ޕާޓްނަރެއްގެ ގޮތުގައި ވެސް މިދިޔަ އަހަރުތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

ބައިނަލްއަގުވާމީ ބޮޑެތި އެކި ކުޅިވަރު މުބާރާތްތަކުގައި ވެސް "އަދަދު ސްޕޯޓްސް" އިން ވަނީ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި، ރާއްޖޭގެ އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޕާޓްނަރެއްގެ ގޮތުގައި ވެސް މީގެ ކުރިން ހަރަކާތްތެރިވެފައިވާ "އަދަދު ސްޕޯޓްސް" އަކީ، ކުޅިވަރު އެކަޑަމީތަކާއި ކްލަބެއްގައި ވެސް މި ވަގުތު ޕާޓްނާޝިޕެއްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކުޅިވަރު މީޑިއާ އެކެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox