ރިސޯޓް ލީގު: ވޮއްމުލިން ނިޔާމަ ބަލިކޮށް ވަރުގަދަ ފެށުމެއް

Jun 3, 2026, 9:53 AM
ރިސޯޓް ލީގު 2026 ގެ ދ. ޒޯނުގައި ކުޅުނު ފުރަތަމަ މެޗުތަކުގެ ތެރެއިން، ވޮއްމުލި ޓީމުގެ އާމިލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރިސޯޓް ލީގު 2026 ގެ ދ. ޒޯނުގައި ކުޅުނު ފުރަތަމަ މެޗުތަކުގެ ތެރެއިން، ވޮއްމުލި ޓީމުގެ އާމިލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ މި ފަހަރުގެ ސީޒަންގެ ކުޅުން ދ. ޒޯނުން ފެށިއިރު، މުބާރާތުގެ ފުރަތަމަ މޮޅު، ދި، އެސްޓީ، ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ހޯދައިފި އެވެ. 

އެ ގޮތުން، ވޮއްމުލިން ވަނީ 2-1 އިން ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ބަލިކޮށްފަ އެވެ. އަދި، ދ. ޒޯނުގެ ފުރަތަމަ ދުވަހު ކުޅުނު އަނެއް މެޗުން، އަންގްސާނާ ވެލާވަރު އާއި ބަގްލިއޯނީ މޯލްޑިވްސް ވަނީ 1-1 އިން އެއްވަރުވެއްޖެ އެވެ. 

ދ. ޒޯނުގެ މެޗުތައް ވެލާވަރުގައި ކުރިއަށްދާއިރު، ވޮއްމުލި އާއި ނިޔާމަ ކުޅުނު މެޗުގައި، ވޮއްމުލީގެ ލަނޑުތައް ޖެހީ، އިބްރާހިމް އާދަމް އާއި އާމިލް އަލީ އެވެ. އަދި، މެޗުގައި ނިޔާމަ އިން. ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައިވަނީ، އަލީ ފަހުމީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ، ވޮއްމުލި ޓީމުގެ އާމިލް އަށެވެ. 

ވެލާވަރުން ފުރަތަމަ. މެޗުގައި ލީޑުނެގީ، މުހައްމަދު ޝާހު ޖެހި ގޯލުންނެވެ. އެކަމަކު، މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ބަގްލިއޯނީން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ރައިސަން އެވެ. 

މުބާރާތުގެ ލީގު ބުރުގެ ދެ ވަނަ މެޗުތައް މިއަދު ކުރިއަށްދާނެ އެވެ. އެ ގޮތުން، މިއަދު ކުޅޭ ފުރަތަމަ މެޗުގައި ވޮއްމުލިން ވާދަކުރާނީ ވެލާވަރުއާ އެވެ. އަދި، ދެ ވަނަ މެޗުގައި ނިޔާމަ އިން ނުކުންނާނީ ބަގްލިއޯނީއާ ދެކޮޅަށެވެ. 

ދ. ޒޯންގެ މެޗުތައް ރޭވިފައިވާ ގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި، ދެ ވަނަ އާއި ތިން ވަނަ ހޯދާ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު، ފައިނަލުގެ ފަހު ޖާގަ ޔަގީންވެގެންދާނެ އެވެ. ސެމީ ފައިނަލް މެޗު މި މަހު ހަ ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗު އޮތީ މި މަހު އަށް ވަނަ ދުވަހު އެެވެ. 

ރިސޯޓްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް، ރިސޯޓް ލީގު ފެށިގެން ދިޔައީ، 2013 ވަނަ އަހަރު އެވެ. ފަނަރަ ވަރަކަށް އަހަރު ވަންދެން މި މުބާރާތް ކުރިއަށް ގޮސްފައިވާއިރު، މިއީ، ރިސޯޓްތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ އަދި އެންމެ އިތުބާރު ބޮޑު މުބާރާތެވެ.  ރިސޯޓް ލީގަކީ މިހާރު ރިސޯޓްގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ މުބާރާތެކެވެ. އަދި، ހުރިހާ ރިސޯޓަކުން ވެސް ވަރަށް ދުރާލައި، މި މުބާރާތަށް ތައްޔާރުވާއިރު، ރިސޯޓްތަކުން ހަ މަސް ކުރިން މުބާރާތަށް ފޯކަސްކޮށްގެން ކަންކަން ރާވަން ފަށަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox