ވަގަށް ޗެނަލްތަކެއް ސްޓްރީމް ކުރަމުން އައި ދިވެއްސަކު ލަންކާއިން އަތުލައިގަނެފި

May 19, 2026, 9:45 PM
ރަޓްމަލަނަ އެއާޕޯޓު:

ރަޓްމަލަނަ އެއާޕޯޓު:

ސްރީ ލަންކާގެ ވެރި ރަށް ކޮލަމްބޯގައި ވަގަށް ޗެނަލްތަކެއް ސްޓްރީމް ކުރަމުން އައި ބަޔަކު އެ ގައުމުގެ ފުލުހުން އަތުލައިގަނެފި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ. 

އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށް ލަންކާގެ ނިއުސްވަޔާއިން ރިޕޯޓުކޮށްފައިވެ އެވެ. 

ރިޕޯޓުތަކުން ބުނީ އެ މީހުން ހަރަކާތްތެރިވެފައި ވަނީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ކަމަށެވެ. އަދި ވަގަށް ސްޓްރީމް ކުރުމުގެ އޮޕަރޭޝަން ހިންގަމުންދިޔައީ ރަޓްމަލާނާ އެއާޕޯޓު ކައިރީގައި ހުރި އިމާރާތެއްގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެ އެވެ. 

އެ އޮޕަރޭޝަން ހިންގަމުން ދިޔައީ ހައި ސެކިއުރިޓީ ޒޯނެއްގަ އެވެ. އެހެންވެ، އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. 

ފުލުހުން ވަނީ އެ ތަނުން 50 މިލިއަން ރުޕީސްގެ ތަކެތި އަތުލައިގަނެފަ އެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި ޑިޝްތަކާއި ސްޓާލިންކު ރިސީވަރަކާއި ޗެނަލްތައް ޓްރާންސްމިޓް ކުރަން ބޭނުންވާ އެހެނިހެން ސާމާނު ހިމެނެ އެވެ. 

އެމީހުން އެ އޮޕަރޭޝަން ހިންގަމުންދިޔަ ގޮތަކީ، ޕްރައިވެޓް ޓެލެކޮމް ޕްރޮވައިޑަރެއްގެ ޑޭޓާ ބޭނުންކޮށްގެން ކަމަށްވެ އެވެ. އެމީހުން ދިޔައީ ލަންކާ އަދި ލަންކާއިން ބޭރުގެ ބައެއް ފަރާތްތަކަށް ސްޓްރީމިން ސާވިސް ވިއްކަމުން ކަމަށްވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox