ހޯމަ ދުވަހު މުއިއްޒު ސްރީލަންކާއަށް ވަޑައިގަންނަވަނީ

މުހައްމަދު މުއިއްޒު (ކ) އަދި ސްރީލަންކާގެ ރައީސް އަނޫރަ ކުމާރާ ޑިސެނަޔަކެ ރާއްޖޭގައި ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު (ކ) އަދި ސްރީލަންކާގެ ރައީސް އަނޫރަ ކުމާރާ ޑިސެނަޔަކެ ރާއްޖޭގައި ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގެ ރައީސް އަނޫރަ ކުމާރާ ޑިސެނަޔަކެގެ ދައުވަތަށް އަންނަ ހޯމަ ދުވަހު މުހައްމަދު މުއިއްޒު ސްރީލަންކާއަށް ފުރަމާނަ ދަތުރެއްގައި ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ. 

ރައީސް އޮފީހުން ބުނީ މުއިއްޒު ކުރައްވާ މި ދަތުރުގައި ދެ ގައުމުގެ ރައީސުންނާއި އިސްވެރިން ބައްދަލުކުރައްވައި، ލަންކާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

މުއިއްޒު އާއި ރައީސް ޑިސެނަޔަކެގެ ހާޒިރުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ލަންކާއަށް މުއިއްޒު ކުރައްވާ މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ ވެރިން ހިމެނޭ ވަފްދެއް ބައިވެވަޑައިގަންނަވަ އެވެ. 

ރާއްޖޭގެ މިނިވަން ދުވަހުގެ ހަފުލާއަށް މިދިޔަ ޖުލައި މަހު ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވި އެވެ. އެ ދަތުރުގައި ދެ ގައުމުން ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ރައީސް ޑިސަނަޔަކެގެ އެ ދަތުރުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ވިޔަފާރިވެރިން ލަންކާގައި އިންވެސްޓު ކުރުމަށް އެދިވަޑައިގެންފަ އެވެ. އިންވެސްޓަރުންނަށް ފަހި މަންޒަލިކަށް ލަންކާ ބަދަލު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އޭޕްރީލް، 2019، ގައި ލަންކާގައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެ ގައުމުން ވަނީ "ކަންޓްރީ އޮފް ސެކިއުރިޓީ ކޮންސާން" ގެ ދަރަޖަ ރާއްޖެއަށް ދީފަ އެވެ. އޭގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

މީގެ ކުރިން ލަންކާއަކީ އެންމެ ގިނަ ދިވެހިން ވަޒަންވެރިވެގެން އުޅެމުން އައި އެއް ގައުމެވެ. އީސްޓާ ބޮމުގެ ހަމަލާގެ ކުރިން ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅުނު ކަމަށް ބެލެވެ އެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން އެ ނަންބަރު މިހާރު ވަނީ 1،500 އަށް ވެއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox