މުއިއްޒުގެ ބަޔާން ނެގިކަން ސާފުކޮށްދޭން މުންދު ދެކޮޅުހައްދަވައިފި

މުހައްމަދު ހުސައިން ޝަރީފް (މުންދު): ރައީސް މުއިއްޒުގެ ބަޔާނެއް ފުލުހުން ނެގިކަން ސާފުކޮށްދެއްވަން ތަކުރާރުކޮށް ނޫސްވެރިޔަކު އެހުމުންވެސް އެކަން ހާމަކުރަން މުންދު ވަނީ ދެކޮޅު ހައްދަވާފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ހުސައިން ޝަރީފް (މުންދު): ރައީސް މުއިއްޒުގެ ބަޔާނެއް ފުލުހުން ނެގިކަން ސާފުކޮށްދެއްވަން ތަކުރާރުކޮށް ނޫސްވެރިޔަކު އެހުމުންވެސް އެކަން ހާމަކުރަން މުންދު ވަނީ ދެކޮޅު ހައްދަވާފައި -- ފޮޓޯ: ރައީސް އޮފީސް

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ހިންގާ ޖިނާއީ ތަހުގީގަށް ރައީސް މުހައްމަދު މުއިއްޒު ބަޔާން ދިންކަން ސާފުކޮށްދޭން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެ ސުވާލަށް ޖަވާބުދެއްވަން މިއަދު ދެކޮޅު ހައްދަވައިފި އެވެ. 

ރައީސް އޮފީހުން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި ފުލުހުންނަށް މުއިއްޒު ބަޔާން ދެއްވިތޯ ތަކުރާރުކޮށް ނޫސްވެރިޔަކު ސުވާލުކުރުމުން ވެސް މުންދު ވިދާޅުވީ މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ބަޔާން ދިނުމާ ގުޅޭގޮތުން މުންދު ޖަވާބެއް ނުދެއްވަ އެވެ. 

"ރައީސް މުއިއްޒު ވަނީ އިންކާރުކުރައްވާފައި. ރައީސް މުއިއްޒަކީ މިކަމުގައި ބާޑަން އޮފް ޕްރޫފް އޮތް ބޭފުޅެއް ނޫން. އަޅުގަނޑު ދެންނެވިން. ހަތަރު ފަހަރަށް ހަމަ އެއް ސުވާލެއް ކުރެއްވިޔަސް، ހަތަރު ގޮތަށް ކުރެއްވިޔަސް،"  މުންދު ވިދާޅުވި އެވެ.

"ހިނގަމުންދާ ތަހުގީގެއްގައި ދެންނެވޭ ވަރަށް އަޅުގަނޑު މިދެންނެވީ. ސަރުކާރުން ހިނގަމުންދާ ތަހުގީގަކާ ގުޅޭގޮތުން މަނިކުފާނު އަޅުގަނޑު އިތުރު އެއްޗެއް ނުދަންނަވާނަން އެނގޭތޯ." 

މުންދު ވިދާޅުވީ ގަޒުފުގެ މައްސަލައެއްގައި އެކަމެއް ސާބިތުކޮށްދޭން ޖެހޭނީ މައްސަލަ ޖައްސާ ފަރާތުން ކަމަށެވެ. އެކަމާ ގުޅިގެން މުއިއްޒު އެއްވެސް ކަމެއް ސާބިތުކޮށްދެއްވަން ނުޖެހޭ ކަމަށް މުންދު ވިދާޅުވި އެވެ. 

ފުލުހުން ހިންގާ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނެގިތޯ އެހުމުން ފުލުުހުން ޖަވާބެއް ނުދިން

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް މުއިއްޒުގެ ބަޔާނެއް ނެގިކަމަށް ވަކީލު ޝަމީމް ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭގޮތުން ފުލުހުން ޖަވާބެއް ދީފައެއް ނުވެއެވެ. މި މައްސަލައިގެ ތަހުގީގަށް އަދަދު ނޫހުގެ އޮފީސް ރެއިޑްކޮށް، ބައެއް އިސްވެރިންނާއި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

"ގާނޫނީ ވަކީލަކަށް ނުވިޔަސް އަޅުގަނޑަށް އެނގޭ ގަޒްފުގެ މައްސަލައެއްގައި ބާޑަން އޮފް ޕްރޫފް އޮންނާނީ އެފަރާތުގައި. އޭގެ މާނައަކީ އިޓްސް ފޯ ދެމް ޓު ޕްރޫވް ރާދާ ދެން އަދާ ވޭ އެރައުންޑް،" އޭނާ ވިދާޅުވި އެވެ. 

އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ އާންމުކުރިތާ މަސްދުވަސް ފަހުން ފުލުހުން ތަހުގީގެއް ހިންގަން ފެށީ އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން މުއިއްޒުއާ މި ނޫހުން ސުވާލުކުރުމުންނެވެ.

 ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން އަމުރު ކުރީ މުއިއްޒެވެ. އެމަނިކުފާނު އެގޮތަށް އެންގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ ލެޕްޓޮޕްތަކާއި ހާޑްޑިސްކުތަކެއް ގެންގޮސްފަ އެވެ. 

އެ މައްސަލައާ ގުޅިގެން އަދަދު ނޫހަށް ރެއިޑު ކުރުމުގެ އިތުރުން މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފިޔާޒް އާއި ހަސަން ވަނީ މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. 

އޭގެ އިތުރުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފަ އެވެ. އޭނާގެ ބަޔާން ނެގީ މިއަދު އެވެ. ނަމަވެސް، އޭނާގެ ފަރާތުން ދިފާއުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ފުލުހުން ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox