އެސިސްޓަންޓް ކޮމިޝަނާ ޝިފާން ދެ ފުލުހަކު ފްރޭމް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީގެ ތިންވަނަ ދައުރު, އޭޕްރީލް 27، 2026 ގައި އިފްތިތާހުކޮށްދެއްވުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީގެ ތިންވަނަ ދައުރު, އޭޕްރީލް 27، 2026 ގައި އިފްތިތާހުކޮށްދެއްވުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގެ ބަޔާނުގައި، އެ މައްސަލައިގައި ނުހިމެނޭ ސީނިއާ ދެ ފުލުހެއްގެ ނަން ހިމަނަން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން އެންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލަމުން ދަނީ ފުލުހުންގެ މައްސަލަތައް ބަލާ، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނެވެ. އެކަމާ ބެހޭގޮތުން ފުލުހުންގެ ރަސްމީ ކޮމެންޓެއް ހޯދަން ގުޅުމުން، އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ޝިފާންއަކީ ފުލުހުން ރަސްމީ ތަރުޖަމާނެވެ.

ވީއައިއޭގެ ޑިޕާޗާ ހޯލުން ހުއްދަ ނެތި 140 ކާޓަންގެ ސިނގިރޭޓު ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ މާޗު 25، ގަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިންނެވެ.

Advertisement

މި ނޫހަށް އެނގިފައިވާ ގޮތުގައި ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރަން އުޅުނީ ފުލުހެކެވެ. އޭނާ އެ ސިނގިރޭޓުތައް ބޭރުކުރަން މަސައްކަތް ކުރީ ކަޅު ކޮތަޅަކަށް އަޅައިގެން، ޑިއުޓީ ފްރީގައި އުޅޭ މަސައްކަތު މީހުން ލައްވައި ކަމަށް ވެސް މި ނޫހަށް އެނގިފައިވެ އެވެ.

އެއީ ފުލުހަކު ހިމެނޭ މައްސަލައެއް ކަމަށްވާތީ، ޕީއެސްސީން އެ މައްސަލަ އޭރު ތަހުގީގު ކުރި އެވެ. އެ ތަހުގީގު ކުރިއަށްދިޔައިރު، މައްސަލައިގައި ނުހިމެނޭ ދެ ފުލުހެއްގެ ނަން ހިމަނަން ޝިފާން އެދުނީ ސިނގިރޭޓު ބޭރުކުރަން އުޅުނުކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާގެ ބަޔާނުގައި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

ނަމަވެސް، ޝިފާން އެދުނު ގޮތަށް، އެ ފުލުސް މީހާގެ ބަޔާނުގައި ސީނިއާ ދެ ފުލުހުންގެ ނަން ލޯޔަރު ނުހިމެނި ކަމަށްވެ އެވެ. އަދި، މައްސަލައިގައި ނުހިމެނޭ ސީނިއާ ދެ ފުލުހުންގެ ނަން، ބަޔާނުގައި ހިމަނަން ޝިފާން އެދުނު ވާހަކަ ޕީއެސްސީއަށް ކިޔައިދިނީ ވެސް އެ ލޯޔަރުކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ސީނިއާ ދެ ފުލުހަކު ފްރޭމްކުރަން ޝިފާން މަސައްކަތްކުރި މައްސަލައެއް ޕީއެސްސީން ބަލަމުންދާއިރު، ޝިފާންއާ ގުޅޭ ސީރިއަސް އެތައް ތުހުމަތެއް ހިމަނައި ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް، ވިސްލްބްލޯވަރުންގެ ގޮތުގައި މިދިޔަ ނޮވެމްބަރުގައި ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޝިފާންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މިސްކޮންޑަކްޓުގެ މައްސަލަތަކަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތަކެއް ހިމެނެ އެވެ. ނަމަވެސް އެ މައްސަލަ މިހައިތަނަށް މަޖިލީހުން ބަލައިފައެއް ނުވެ އެވެ.

މިފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވެސް ކުރިމަތިލެއްވި ޝިފާން ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަނުކުރީ ފެބްރުއަރީ 18، 2024 ގަ އެވެ. އޭނާއަކީ މީގެ ކުރިން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ފުލުހުންގެ ތަރުޖަމާނުކަން ކުރައްވި ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox