ޔާމީން ރަޝީދުގެ މަރަށް ނުވަ އަހަރު: މަރު ކޮމިޝަނުގެ ރިޕޯޓު އާންމުކޮށް ތަހުގީގު އަލުން ހިންގުމަށް ގޮވާލައިފި

މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު:  --- އަދަދު ފައިލް ފޮޓޯ

މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު: --- އަދަދު ފައިލް ފޮޓޯ

މީގެ ނުވަ އަހަރު ކުރިން ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތަހުގީގު އަލުން ހިންގައި މިދިޔަ ސަރުކާރުން އުފެއްދި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެ މައްސަލާގައި އެކުލަވާލި ރިޕޯޓު އާންމުކުރުމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ (އޭޑީއެމް) އިން ގޮވާލައިފި އެވެ. 

ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭރު އޭނާއަށް މަރުގެ އިންޒާރު ދެމުން އަންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް އޮތީ ފާއިތުވެފަ އެވެ. 

އެ ހާދިސާއަށް ނުވަ އަހަރު ފުރުމާ ގުޅިގެން އޭޑީއެމްއިން ނެރުނު ބަޔާނެއްގައި ވަނީ ޑީޑީކޮމްއިން 2024 ވަނަ އަހަރު ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާކޮށްފައިވާ ރިޕޯޓު އާންމުކުރުމަށް ގޮވާލާފަ އެވެ. 

އެ ބަޔާނުގައި ވަނީ ޔާމީންގެ މަރުގެ މައްސަލާގައި މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް އަދި ދައުލަތުގެ ހުރިހާ މުައައްސަސާއަކުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށްފަ އެވެ. ޔާމީން މަރާލީ ޕީޕީއެމްގެ ސަރުކާރުގަ އެވެ. ޖެހިގެން އައި އެމްޑީޕީގެ ސަރުކާރުން ވެސް އެ މަރަށް އިންސާފު ހޯދައިދީފައި ނުވެ އެވެ. މި ސަރުކާރުން އެ މައްސަލާގައި އަމަލުކުރާ ގޮތެއް ސާފެއް ނުވެ އެވެ. 

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީޕިއެމް ސަރުކާރުގައި ޔާމީނަށް މަރުގެ އިންޒާރު ލިބެމުންދިޔަކަން ފުލުހުންނާ ހިއްސާކުރުމުން ވެސް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. 

"ޔާމީން ރަޝީދަށް ނަފްރަތު އުފައްދައި، އިންޒާރު ދީ، އޭނާ ގަތުލު ކުރުމަށް ފަހު އޭނާގެ އާއިލާއާއި ރައްޓެހިންނަށް ވެސް ރައްކާތެރިނުވާ ގޮތަށް އިންޒާރު ދެމުން ގެންދިޔަ ފަރާތްތައް ތަހުގީގުގައި ފާހަގަކޮށްފައި ނެތެވެ. ސަރުކާރުގެ ދައުލަތުގެ އިދާރާތަކުގައި ތިބި ބައެއް ފަރާތްތައް ވެސް މި މައްސަލައިގައި ހިމެނެއެވެ. އެ ފަރާތްތަކަކީ ތަހުގީގުގައި ހިމެނެންޖެހޭ ފަރާތްތަކެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

އޭގެ ފަހުން އައި އެމްޑީީޕީ ސަރުކާގައި އުފެއްދި މަރު ކޮމިޝަނާ ތަހުގީގުކުރުމަށް ހަވާލުކޮށްފައިވާ 20 އަށް ވުރެ ގިނަ އަދަދެއްގެ މައްސަލަތަކަށް ދެވޭ ގޮތަށް ތަހުގީގުކޮށްފައިވާކަމަށް ގަބޫލުކުރެވޭނެ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތްކަން އޭޑީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

"ޑީޑީކޮމްއިން ނިންމާފައިވަނީ އެ ކޮމިޝަންގެ ހޯދުންތައް އާންމުކުރުމަށް އިންކާރު ކޮށްފައެވެ. މި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާ އެކު މިޖަމްއިއްޔާއިން ވަނީ އެ ކޮމިޝަންގެ ނިންމުން ދެކޮޅަށް ފާޑުކިޔުން ރައްދުކޮށްފައެވެ،" އެބަޔާނުގައި ބުނެފައިވެ އެވެ. 

ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވި ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލަތައް އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކުރީ ޑިިސެމްބަރު 31، 2025 ގަ އެވެ.

ހައި ކޯޓުގެ އަމުރަށް ފަހު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުގައި ޕީޖީން އެދުނެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. 

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ވެސް އެ ދުވަހު ކޯޓުން ހުކުމް ކުރި އެވެ. އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.

ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮަސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox