ޔާމީން ރަޝީދުގެ މަރަށް ނުވަ އަހަރު
ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގު އަލުން ހިންގައި، މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓު އާންމުކުރުމަށް އެސޯސިއޭޝަން ފޯ ޑިމޮކްރަސީ (އޭޑީއެމް) އިން ވަނީ ގޮވާލާފަ އެވެ. އެ ޖަމިއްޔާއިން ވަނީ ޔާމީނަށް އިންސާފު ހޯދައިދިނުމުގައި މިހާތަނަށް އައި ސަރުކާރުތަކުންނާއި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.