ރާއްޖޭގެ އިސްރާ އޭޝިއާގެ 12 އަހަރުން ދަށުގެ ރޭންކިން ނުވަ ވަަނައިގައި

Apr 23, 2026, 9:55 AM
ރާއްޖޭގެ ޖޫނިއާ ޓެނިސް ކުޅުންތެރިޔާ، އިސްރާ އާރާ: އޭޓީއެފް އިން ނެރުނު ރޭންކިންގައި އިސްރާ އޮތީ އޭޝިއާގެ 12 އަހަރުން ދަށުގެ ކެޓަގަރީގެ ނުވަ ވަނައިގައި.

ރާއްޖޭގެ ޖޫނިއާ ޓެނިސް ކުޅުންތެރިޔާ، އިސްރާ އާރާ: އޭޓީއެފް އިން ނެރުނު ރޭންކިންގައި އިސްރާ އޮތީ އޭޝިއާގެ 12 އަހަރުން ދަށުގެ ކެޓަގަރީގެ ނުވަ ވަނައިގައި.

އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) އިން މި މަހު ނެރުނު ރޭންކިންގައި، އޭޝިއާ ބައްރުގެ 12 އަހަރުން ދަށުގެ ނުވަ ވަނަ އަށް އެންމެ މޮޅު އަންހެން ސިންގަލްސް ކުޅުންތެރިއަކަށް ރާއްޖޭގެ، އިސްރާ އާރާ އިބްރާހިމް ޝަފީއު ވެއްޖެ އެވެ. 

މިއީ، އޭޝިއާގެ ރޭންކިންއެއްގައި ރާއްޖޭގެ ކުޅުންތެރިއަކަށް ލިބިގެންދިޔަ ފާހަގަަކޮށްލެވޭ ބޮޑު ކާމިޔާބީ އެކެެެވެ. މި ކުރިއެރުން ލިބިގެންދިޔައީ،  އައިޓީއެފްގެ ސައުތު އޭޝިއާ ރީޖަނަލް ކޮލިފިކޭޝަން އިވެންޓުން ރާއްޖެ ހޯދި ނަތީޖާތަކާ އެކު އެވެ. ނޭޕާލުގައި މި މަހު ކުރިއަށްދިޔަ ކޮލިފިކޭޝަންގައި ރާއްޖޭގެ އަންހެން ޓެނިސް ޓީމުން ވަނީ ސްރީ ލަންކާ، ޕާކިސްތާން އަދި ނޭޕާލްގެ މައްޗަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. 

މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އިސްރާ ވަނީ ލަންކާއާއި ދެކޮޅަށް ކުޅުނު ސިންގަލްސް މެޗު 6-2، 6-1 އިން ކާމިޔާބުކޮށްފަ އެވެ. އަދި ޑަބަލްސްގައި އިސްރާ އާއި ލަޔާރާ ވަނީ ޓައިބްރޭކްގައި ބަލިވެފައެވެ. އެހެން ނަމަވެސް ޕާކިސްތާނާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު، އިސްރާ ކުޅުނު ސިންގަލްސް މެޗު އޭނާ ވަނީ 6-1، 6-4 އިން ކާމިޔާބުކުރި އެވެ. އަދި، ނޭޕާލާ ދެކޮޅަށް އިސްރާ ނުކުތް ސިންގަލްސް މެޗުން ވެސް އޭނާ ވަނީ ކުރިހޯދައިފަ އެވެ. އެ މެޗުގެ ސެޓުތައް ގެންދިޔައީ، 6-1 ،6-3 އިންނެވެ. 

ޑަބަލްސް އިވެންޓަށް ބަލާއިރު، އިސްރާ އާއި މަލަކާ މުހައްމަދު އަލީގެ ޕެއާ އިން 6-1، 7-5 އިން ޕާކިސްތާނުގެ ޕެއާއެއްގެ މައްޗަށް ކާމިޔާބު ހޯދާފަައިވެ އެވެ. ދެކުނު އޭޝިއާގެ މި ކޮލިފިކޭޝަންގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. އެހެންވެ، ރޭންކިންގައި ވެސް ރާއްޖެ އޮތީ އިންޑިއާ އަށް ވުރެން ފަހަތުގަ އެވެ. 

އައިޓީއެފް ރޭންކިންގެ 12 އަހަރުން ދަށުގެ ބައިގައި، ހަތް ވަނައިގައި އޮތީ އިންޑިއާގެ އަސީސް ކޯރް އެވެ. ދެން، ރޭންކިންގެ އެންމެ ކުރީގައި އޮތީ ރާއްޖޭގެ އިސްރާ އެވެ. އިސްރާ އޮތީ ނުވައެއްގަ އެވެ. ނޭޕާލްގެ ސާރާ ޕަންޓާ، 12 ވަނައިގައި އޮތްއިރު، 19 ވަނައިގައިި އިންޑިއާގެ ޕްރިޔާންގްޝީ ޗެޓަޖީ ހިމެނެ އެވެ. އަދި، 16 ވަނައިގައި ނޭޕާލުގެ އަރްޔާ ޕޫޑެލް އޮތްއިރު، 30 ވަނައިގައި އޮތީ އިންޑިއާގެ އަލީޒާ ސިމްރާ އެވެ. އަދި، ލަންކާގެ ތިޔާންސާ އޮތީ 33 ވަނައިގަ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox