ދޯދި ފިލްމު؛ އިޖުތިމާއީ އިހުމާލުން ފުރޭނިގެން އަންނަ ބޭގަރާރުގެ ވާހަކައެއް

އޮލިމްޕަހުގައި މިހާރު އަޅުވާފައިވާ ދޯދި ފިލްމުގެ ޕޯސްޓަރު --

އޮލިމްޕަހުގައި މިހާރު އަޅުވާފައިވާ ދޯދި ފިލްމުގެ ޕޯސްޓަރު --

ފުރަމާލޭގެ ކުޑަކުޑަ ގޮޅިއެއްގައި ހެދިފައިވާ ގަހެކެވެ. އެ ގަހުގައި ފޮޅިފައި އިން އެންމެ މަލެކެވެ. ބަލާބެލުމަށް ކުޑައެއް ކަމަކު، އެއީ އަގުހުރި މަލެކެވެ.

މާމެލާމެލީގެ ގުލްޒާރުތަކުގައި ފޮޅޭ މައުތައް ފަދައިން މި ދުނިޔެއަށް މިނިވަންކަމާއެކު ނޭވާ ލާން އެ މައު ވެސް އެދެ އެވެ. އެހެނަސް، އެ މަލުގެ އަސްލު ކުލަތަކުގެ ރީތިކަމާއި މީރު ވަސް ފޮރުވިފައި ވަނީ އަނދިރިކަމެއްގެ ތެރޭގަ އެވެ. އެ މަލަށް ހަމައެކަނި ބޭނުންވެފައިވީ އިރުއަލިކަމުގެ ދޯއްޖެކެވެ.

މިއީ މޮވަނު ޝަފީގު ލިޔެ ޑައިރެކްޓުކޮށް އޮލިމްޕަހުގެ ރިހި އިސްކިރީނުގައި މިހާރު އަޅުވާފައިވާ "ދޯދި" ފިލްމުން ފެންނަ މަންޒަރެވެ. ކޮންމެ ދުވަހަކުމެ ހޭލަމޭލައަށް އަހަރުމެން ދިރިއުޅެމުން މިދާ މާލޭގައި ހުރި އިޖުތިމާއީ އެތައް މައްސަލައެއްގެ ތެރެއިން ފުރޭނިގެން އަންނަ އިހުމާލާއި ބޭގަރާރުގެ ވާހަކަ އެވެ.

Advertisement

ދިވެހި ފިލްމީ އިންޑަސްޓްރީއަށް މުޅީން އަލަށް ނުކުތް ހުނަރުވެރި ފަންނާނުންތަކެއް ފެނިގެންދާ ދޯދި ފިލްމުން އަހަރުމެންގެ މި މުޖުތަމައުގައި ހުރި އެތައް ހާސް މައްސަލަތަކަކަށް އަލިއަޅުވައިލަދެ އެވެ.

އާއިލީ މައްސަލަތަކުގެ ސަބަބުން ދަރީންނަށް ކުރާ ނޭދެވޭ އަސަރާއި ވަގުތީ އުފާތަކުގެ ސަބަބުން ކުރިމަގަށް އެޅޭ ހިޔަންޏާއި މަސްތުގެ ވަބާއިން ދިރިއުޅުމަށް ޖެހޭ ނުބައިގެ މިސާލު އެ ފިލްމުން ވަރަށް ސާފުކޮށް ދަައްކުވައިދެ އެވެ.

ވަކީން ހާއްސަކޮށް ދިވެހި އެހެން ފިލްމުތަކާ ހިލާފަށް، މި ގައުމުގެ ޒުވާނުންގެ މެދުގައި ހުރި އަސްލު އެތައް މައްސަލައެއްގެ ކުރިމަތީގައި 'ދޯދި' ފިލްމުން އޯޑިއެންސް ގެންގޮސް އަތުރައިލަ އެވެ. ފިލްމު ބަލާފައި ކޮންމެ ރެއަކު އޮލިމްޕަހުގެ ދޮރުމައްޗަށް ނުކުންނަ މީހުންގެ އުމުރަށް ބަލައިލުމުން އެކަން އިތުރަށް ސާފުވެ އެވެ.

ފިލްމުގެ ކުރޫ އަދި ކާސްޓު ފީޑްބެކް

'ދޯދި' ފިލްމުން އޮލިމްޕަހަށް އިތުރު ރަހައެއް ގެނެސްދިނުމުގެ އިތުރުން ކުޅަދާނަ ފަންނާނުންތަކެއް ވެސް އިންޑަސްޓްރީއަށް ތައާރަފު ކޮށްދިނެވެ.

ފިލްމުގެ އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާ ތިން ފަންނާނުންނަކީ ވެސް މި ދާއިރާއަށް މުޅީން އައު ތިން ތަރިންނެވެ. ފިލްމުގެ ލީޑް ރޯލް، މަލް ގެ ބައި ކުޅެފައި ވަނީ ލަނާ ޖަލީލް އެވެ. ސަޕޯޓިން އެކްޓްރެސް، ޝާ ގެ ރޯލުން ފެނިގެން ދަނީ އާމިނަތު އިންނަ އެވެ. އެ ތަރިންގެ އެކްޓިންއަށް ފުރިހަމަކަމެއް ގެނެސްދިން ޔައިޝް ގެ ރޯލުން ފެނިގެން ދަނީ ޝަހުދާން ޝަރީފް އެވެ.

އޭގެއިތުރުން ފިލްމުގެ މުހިންމު ރޯލެއްގެ ޒިންމާ، ތަޖުރިބާކާރު އެކްޓްރެސް، އާމިރާ އިސްމާއިލް ވަރަށް ފުރިހަމައަށް އަދާކޮށްފައިވެ އެވެ.

މުޅީން އަލަށް ދިވެހި ފިލްމު އިންޑަސްޓްރީއަށް ނުކުތް، ތިން ފަންނާނުންގެ ކުޅަދާނަކަން ފެނިގެންދާ އެ ފިލްމުގެ ފަހަތުގައި ފޮރުވިގެން ތިބި މީހުންގެ ހުނަރު ވަކި ކުޑައެއް ނޫނެވެ.

މުޅި ފިލްމު ތައްޔާރުކުރުމުގެ ފަހަތުގައި ތިބީ މުޅީން ވެސް އައު މޫނުތަކޭ ބުނުން ދޮގަކަށް ނުވާނެ އެވެ.

އިޖުތިމާއީ މައްސަލަތަކުގެ ހާއްޔެއް ދައްކުވައިދޭ އެ ފިލްމު ލިޔެ ޑައިރެކްޓުކުރީ މޮވަނު ޝަފީގް (މޯ) އެވެ. ފިލްމުގެ ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ އަހުމަދު ލައުހު މުހައްމަދު އެވެ. ފިލްމުގެ ޕްރޮޑަކްޝަން ޑިޒައިން ހަދާފައި ވަނީ ކުޅަދާނަ ދެ އާޓިސްޓުން ކަމަށްވާ މުހައްމަދު އަރުޝަމް އިބްރާހިމް އާއި އަހުމަދު އިރުޝާމް އިބްރާހިމް (އަރޫ އިރޫ) އެވެ.

ފިލްމުގެ ކްރޫގައި އައު މޫނުތަކެއް ތިބި ނަމަވެސް، ތަޖުރިބާކާރު އަތްތަކެއް ވެސް ހިމެނެ އެވެ. އެގޮތުން، ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ އަހުމަދު ސައީދު (އަންދު) އެވެ. ކޮމްޕޯޒިންގެ މަސައްކަތް އަހުމަދު ސައިމަން ޝަރީފް ކުރިއިރު، ސައުންޑް ޑިޒައިނިން އެންޑް މިކްސިންގެ މަސައްކަތް ކޮށްފައި ވަނީ އެކަމުގައި އެންމެ ފުންނާބު އުސް އެކަކު ކަމަށްވާ، މުހައްމަދު އިކްރާމް އެވެ.

ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން، މޯ ބުނީ ފިލްމުގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށާއި، މިއީ އަބަދުވެސް އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"ފިލްމު ފެށްޓިއިރު، ވެސް ބޭނުންވީ ހަމަ މުޅިން އައު ޓީމެއް ލައިގެން މިކަން ކުރަން، މުޅިން އައު ޓީމެއް އުފެދެން، ދެން ލައު އާ ދެމީހުންގެ މެދުގައި މި އިންނަ އެއްބަސްވުމެއް، މޯ ޑައިރެކްޓު ކުރަންޏާ އޭނަ ސިނެމެޓިގްރަފީ ހަދަން، ދެން ބައެއްފަހަރު އެ ބަދަލު ވެސް އެބަވޭދޯ، އަބަދުވެސް އެންޑް ގޯލްއަކީ ފީޗާ ފިލްމެއް ހެދުން،" މޯ ބުންޏެވެ.

މުޅީން އަލަށް ފިލްމީ ދާއިރާއަށް ނުކުތް ފަންނާނުންގެ މަސައްކަތާމެދު ވެސް މޯ ހުރީ ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ އެ ފަންނާނުންނަށް މޯ މެންގެ ފަރާތުން މާބޮޑު ތަމްރީނުތަކެއް ނުދެވުނު ނަމަވެސް، މުޅި ފިލްމުގައި ވެސް ވަރަށް ދެއްކި އެކްޓިން ވަރަށް ފުރިހަމަ ކަމަށެވެ.

'ދޯދި' ފިލްމުގެ ޝޯތައް މިހާރު އޮލިމްޕަހުގައި އަޅުވަމުންދާއިރު، އެ ފިލްމުގެ އެންމެފަހު ޝޯ އޮންނާނީ ފެބްރުއަރީ 15، ގަ އެވެ. އެ ފިލްމަކީ މި މުޖުތަމައުގައި ތިބި އެތައް ޒުވާނުންނަކާއި، އެ ކުދީންގެ ބެލެނިވެރީންނަށް މުހިންމު އިބުރަތްތަކެއް ލިބިގެންދާނެ ފިލްމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox