ޕަރީ ޕްރިމިއާ ކުރަން އަންނަނީ ބޮލީވުޑްގެ ތަރި ސުރްޖަސިކާ ދާސް

ޕަރީ ޕްރިމިއާ ކުރަން އަންނަނީ ބޮލީވުޑްގެ ތަރި ސުރްޖަސިކާ ދާސް

އަންނަ ބުދަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ޕަރީ" ޕްރިމިއާ ކުރުމަށް ރާއްޖެ އަންނަނީ ބޮލީވުޑްގެ ފަންނާނެއް ކަމަށްވާ ސުރްޖަސިކާ ދާސް ކަމަށް އެ ފިލްމު އުފެއްދި ސީޒަން އަލީ ޕްރޮޑަކްޝަންސް އިން ހާމަކޮށްފި އެވެ.

ސުރްޖަސިކާ މަޝްހޫރުވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ކާޖޮލް ހަރަކާތްތެރިވި ބޮލީވުޑް ފިލްމް "މާ" އިންނެވެ. އެ ފިލްމުގައި ނަންދިނީގެ ރޯލުން ސުރްޖަސިކާގެ އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ކުރިން ބައެއް ޑްރާމާ ސީރީޒްތަކުގެ ރޯލުތަކުން ފެނިގެންދިޔަ ސުރްޖަސިކާ ވަނީ ކުރު ފިލްމް އިއްތިފާގްގެ ރޯލެއް ވެސް ކުޅެފަ އެވެ.

Advertisement

ސީޒަން އަލީ ޑައިރެކްޓްކުރާ ބިރުވެރި ފިލްމު "ޕަރީ" ގެ ޓިކެޓް މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޮލިމްމަހުން ގެންދަނީ ވިއްކަމުންނެވެ.

ސީޒަންގެ އިތުރުން އަހުމަދު އަހުސަން ޕްރޮޑިއުސްކޮށްފައިވާ ޕަރީ ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަވައްޓެރި ސްރީ ލަންކާއަށް ދާ ދިވެހި އާއިލާއަކަށެވެ.

އެ އާއިލާއަށް ލަންކާގައި ދިމާވާ ނާމާން އަދި ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ބެލުންތެރިންގެ ގައިން ހީބިހި ނަގުވާލާނެ ފަދަ ތަފާތު މަސައްކަތެކެވެ.

ފިލްމުގެ މައިގަނޑު ރޯލުން ފެންނާނީ މަރްޔަމް ލަމްސާ ލަތީފް (ޕަރީ)، އާއި އައިޝަތު ރިޝްމީ، ސީޒަން، ޖުމައްޔިލް ނިމާލް އަދި ޝީލާ ނަޖީބް އެވެ.

ލަންކާގެ މޭކަޕް އާޓިސްޓުންނާއި ޝޫޓިންގް ކުރޫގެ އެހީތެރިކަން މި ފިލްމަށް ހޯދާފައިވާއިރު، ސީޖީއައި އާއި ވިޝުއަލް އިފެކްޓްސް އަދި 7.1 ސަރައުންޑް ސައުންޑް މިކްސިންގްގެ މަސައްކަތް ކުރިއަށް ދިޔައީ އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯތަކުގައެވެ.

ފިލްމުގެ ޓިކެޓް މިހާރުވެސް ދަނީ ވިއްކަމުންނެވެ. ޓިކެޓު ގަތުމަށް 9331242 ނަންބަރަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox