ކާގިލްސްއިން ނަގާ 300 މިލިއަން ޑޮލަރުގެ ލޯނު ފައިނަލްވުމާ ގާތަށް

މުއިއްޒު އަދި ޒަމީރު - މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯނު ސަރުކާރުން ނަގަނީ 14 ޕަސެންޓު އިންޓްރެސްޓު ރޭޓުގައި --- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު އަދި ޒަމީރު - މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯނު ސަރުކާރުން ނަގަނީ 14 ޕަސެންޓު އިންޓްރެސްޓު ރޭޓުގައި --- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާނެ ފައިސާ ހަމަޖައްސަން ވެގެން ސަރުކާރުން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން 300 މިލިއަން ޑޮލަރު ނެގުމުގެ ކަންކަން ފައިނަލްވުމާ ގާތަށް ގޮސްފި އެވެ.

ސަރުކާރުން މި ލޯނު ނަގަން އުޅޭ ކަމަށް އަދަދު އިން ފުރަތަމަ ރިޕޯޓު ކުރީ ނިމުނު ޑިސެމްބަރު 28، ގަ އެވެ. އޭރު، ސަރުކާރާއި މާލީ އިދާރާތަކުގެ މަތީ ފަންތީގައި މިފަދަ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ އިތުރަށް ލޯނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.

ސަރުކާރުން ބޭނުންވާ ވަރުގެ ލޯނެއް ދޫކުރަން ހުށަހެޅީ ކާގިލްސްއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 14 ޕަސެންޓަށްވުރެ އިތުރު އިންޓްރެސްޓު ރޭޓެއްގައި 300 މިލިއަން ޑޮލަރު ނެގުމާ މެދު ސަރުކާރުން ގޮތެއް ނިންމުމާމެދު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ.

އެ ހުށަހެޅުމާ ސަރުކާރުން ގޮތެއް ނިންމުމުގައި ލަސްތަކެއް އައީ އިންޓްރެސްޓު ރޭޓު ބޮޑުކަމުންނެވެ. މިހާރު ނަގަން ތައްޔާރުވެފައިވާ ލޯނަކީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ބަޖެޓު ސަޕޯޓަށް ކާގިލްސްއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނަށްވުރެ އިންޓްރެސްޓު ދެ ގުނަ ބޮޑު ލޯނެކެވެ.

ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް އެމްޑީޕީން ނެގި އެ ލޯނު ނެގީ 7.15 ޕަސެންޓު އިންޓްރެސްޓް ރޭޓެއްގަ އެވެ. މިިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސަރުކާރުން ވަނީ އެ ލޯނަށް ދައްކަން ޖެހޭ 126 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.

މި ސަރުކާރުން ނަގަން ނިންމާނެ ކަމަށް ބެލެވޭ ލޯނުގެ ވާހަކަ ދެކެވުނުއިރު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި އިންޓްރެސްޓު ރޭޓު އުޅެނީ 15 ޕަސެންޓުގަ އެވެ. އޭރު މި އަދަދު ހިއްސާކުރި އެއް އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންކުރައްވާ ނުރަސްމީ އެކައުންޓެވެ.

މި ސަރުކާރުން ވެސް ވަނީ ކާގިލްއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އެސްޓީއޯއަށް ގެރެންޓީއެއް ދޫކޮށްފަ އެވެ. މިއީ އެ ކުންފުނިން އެތެރެކުރާ ބޭހާއި، ކާޑުގެ ބާވަތްތަކާއި، އެ ނޫން ވެސް ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ހޯދަން ނެގި ލޯނެކެވެ. ނަމަވެސް މި ލޯނުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމުން، މި ލޯނާ ގުޅޭ އިތުރު މައުލޫމާތެއް އާންމުކޮށް ފެންނާކަށް ނެތެވެ.

މި އަހަރުގެ ބަޖެޓު ފާސްކުރީ ދަރަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ހޯދާ ގޮތަށެވެ. ދަރަންޏަށް ނަގާ ފައިސާގެ ތެރެއިން، ކާގިލް ގިންތިކުރެވޭ ޕޮޓެންޝަލް ފައިނޭންސިން ޕާޓްނަރުންގެ އަތުން ހޯދާ ގޮތަށް އޮތީ 1.5 ބިލިއަން ރުފިޔާ ނުވަތަ 100 މިލިއަން ޑޮލަރެވެ.

ސަރުކާރުން ނަގަން އުޅޭ ލޯނުގެ އިންޓްރެސްޓު ރޭޓު ބޮޑު ކަމުގެ ކަންބޮޑުވުން ހުއްޓަސް، ފަންނީ މާހިރުން ބުނަނީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ބޭރުން ހެޔޮ އަގުގައި ދަރަނި ނަގަން ވެސް އުނދަގޫ ވާނެ ކަމަށެވެ.

މި ކަމުގައި ދިވެހި ދައުލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ސޮވަރިން ކްރެޑިޓް ރޭޓިން ދަށްކޮށްފައި އޮތުމެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީ ކަމުގައިވާ މޫޑީސް އާއި ފިޗުން ވެސް ވަނީ އިންވެސްޓު ނުކުރާ ގްރޭޑަށް ރޭޓިން ވައްޓާލާފަ އެވެ.

މި ރޭޓިން އޮތްހާ ހިނދަކު ހެޔޮ އަގެއްގައި ލޯނެއް ލިބުމާއި ދަށް ޔީލްޑެއްގައި ސުކޫކެއް ވިއްކަން ވެސް އުނދަގޫ ވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. ހަމައެކަނި އޮންނާނެ ގޮތަކީ، ދައުލަތަކުން ނޫނީ ވާލްޑް ބޭންކް އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ފަދަ ކޮންސެޝަނަރީ ރޭޓުތަކުގައި ލޯނު ދޫކުރާ އިދާރާއަކުން ލޯނެއް ހޯދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox