މީޑިއާ ކޮމިޝަނުން މަސައްކަތް ކުރަނީ ސިޔާސީ ނުފޫޒެއްގެ ދަށުން ކަމަށް އަދަދު އިން ބުނެފި

މީޑިއާ ކޮމިޝަނުން މަސައްކަތް ކުރަނީ ސިޔާސީ ނުފޫޒެއްގެ ދަށުން ކަމަށް އަދަދު އިން ބުނެފި

އަދަދު ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫނެއް ނަގަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމަކީ ސިޔާސީ ނުފޫޒެއްގެ ދަށުން އަންގާފައިވާ އެންގުމަކަށްވާތީ އާއި އެ ކޮމިޝަނުން ހަވާލާދިން ގާނޫނީ މާއްދާތަކާ އެ ކާޓޫން ހިލާފުވާ ކަމަށް ނުބެލެވޭތީ އެ ކާޓޫން ނުނެގުމަށް އެ ނޫހުން ނިންމައިފި އެވެ.

އެ ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮމިޝަނުން އެންގީ މިދިޔަ ބުރާސްފަތި ދުވަހުގެ އޮފީސްތަކުގެ ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ. އެ މައްސަލަ ބަލައި ނިމެންދެން ކާޓޫން ނަގައި ކާޓޫން ސެގުމެންޓު އެއްކޮށް ހުއްޓާލުމަށް ކޮންޓްރޯލް ކޮމިޝަނުން އެންގި އެވެ.

އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ކޮންޓްރޯލް ކޮމިޝަނުން ސާފުކޮށްދިނުމަށް އަދަދު ނޫހުން އެދުނު ނަމަވެސް އެ ސަބަބުތައް ސާފުކޮށް ދެވިފައެއް ނުވެ އެވެ.

ކޮންޓްރޯލް ކޮމިޝަނަށް އަދަދު ނޫހުން ފޮނުވި ޖަވާބުގައި ވަނީ އެ ކޮމިޝަނުން ހަވާލާދީފައިވާ ގާނޫނީ މަސްދަރަކާ ކާޓޫން ހިލާފު ނުވާ ކަމަށް ދެކޭ އަސާސްތައް ހިމަނާފަ އެވެ.

"މި ކާޓޫންއިން ދައްކައިދެނީ، ރާއްޖޭގައި ވައްކަން އާންމުވެފައިވާ މިންވަރެވެ. އަދި ކޮރަޕްޝަންގެ ދިފާއުގައި ދީން ބޭނުންކުރަމުންދާ މިންވަރު ރާއްޖޭގައި އާދަޔާ ހިލާފު އާންމު ކަމަކަށްވެފައިވާކަމެވެ. ޚުދު މި ކާޓޫންއާމެދު ފިޔަވަޅު އެޅުމުގައި ކޮމިޝަނުން ދީން ބޭނުންކުރާ ގޮތަކީ މިކަމުގެ އެންމެ އަލިގަދަ އެއް ހެއްކެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، ކޮމިޝަނުން ކާޓޫނާ މެދު ފިޔަވަޅު އެޅުމަށް ބަހަނާއަކަށް ދީން ހަދަނީ، މި ކާޓޫންއިން ވަކި ސިޔާސީ މީހަކު ސިފަވާކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ ކަމަށް އަދަދު ނޫހުގެ ޖަވާބު ސިޓީގައި ބުނެފައިވެ އެވެ. އޭގެއިން ވެސް ހާމަވަނީ ކާޓޫނުން ދޭ މެސެޖަކީ ހަގީގަތެއްކަން ކަމަށް އަދަދު ނޫހުން ބުނެ އެވެ.

"ސަރުކާރުން ކުރާ ކޮންމެ ނޭއްގާނީ އަމަލަކާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތްތަކާމެދު އެޅެން އޮތްގޮތަކަށް ހުރަސްއަޅައި، އަދި އެކަމުގައި އާދަޔާ ހިލާފަށް ދީން ބޭނުންކޮށްގެން ރައްޔިތުންގެ އިހުސާސްތަކާ ކުޅެ ރައްޔިތުންނަށް އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހަދާފައިވާ މިންވަރެވެ. ވައްކަން ފޮރުވުމަށް މާތްވެގެންވާ އިސްލާމްދީނާއި އެދީނުގެ މަތިވެރި ޝިޢާރުތައް ނަހަމަގޮތުގައި އަދުގެ ސަރުކާރުން ބޭނުންކުރާލެއް ފުޅާކަމާއި ހާމަކަމެވެ."

ކޮމިޝަނުން އެންގި އެންގުމާ ގުޅިގެން އާންމުން ހިތްހަމަނުޖެހި، އެ ކާޓޫނުން ދީނަށް ފުރައްސާރަކޮށްފައި ނެތްކަމަށް ބުނެ އެ ކާޓޫން ވަރަށް ބޮޑަށް ދައުރުކުރަން ފެށުމުން އެކަން ހުއްޓުވަން މީޑިއާ ކޮމިޝަނުން އިއްޔެ ބަޔާނެއް ވެސް ނެރުނެވެ.

ނަމަވެސް، އެ ބަޔާނަށް އިންތިހާ އަށް ފާޑުކިޔުން އަމާޒުވެ، ކާޓޫނު އިތުރަށް ފަތުރަން ފެށުމުން، މީޑިއާތަކުން ކާޓޫން ދައުރުކުރުން މަނާކަމަށް ބުނެ ބަޔާން ބަދަލުކުރި އެވެ.

ސިޔާސީ ކާޓޫނު ނެގުމަށް ކުރި އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ، މިއީ މީޑިއާގެ އައު ގާނޫނު ބޭނުންކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެ ނޫސްވެރިން ކުރިންވެސް ބިރު ގަތް ގޮތް ކަމަށެވެ.

އަދަދު ނޫހުގެ ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކާޓޫނެއް ކަމަށް ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox