ހަރުކަށި ގާނޫނުތަކާ އެކު ވަގު ސިނގިރޭޓުގެ ބާޒާރެއް!

Jun 15, 2025, 6:57 AM
ހަރުކަށި ގާނޫނުތަކާ އެކު ވަގު ސިނގިރޭޓުގެ ބާޒާރެއް!

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދާދިފަހުން މުހިންމު އިސްލާހެއް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެސްފި އެވެ. ދުނިޔޭގެ މަދު ބައެއް ގައުމުތަކެކޭ އެއްގޮތަށް ޖެނެރޭޝަން ބޭންއެއް ތަންފީޒު ކުރަން އެ އިސްލާހާއެކު ފަށަނީ އެވެ. ޖެނުއަރީ 1، 2007 ގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް ބޭނުން ކުރުމާއި، ވިއްކުމާއި އަދި ގަތުން މިހާރު މަނާވެއްޖެ އެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތައުރީފު ވެސް ރާއްޖެއަށް ލިބުނު ކަމެކެވެ. ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރަށް އެވޯޑު ވެސް ލިބުނު ކަމެކެވެ. ނިކޮޓިންގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކާ ގުޅޭ އެތަކެއް ދިރާސާއެއް ޝާއިއުކޮށްފައިވާއިރު އެފަދަ ނުރައްކާތެރި އެޑިކްޝަނަކުން ގައުމު ސަލާމަތް ކުރަން އަޅާ ފިޔަވަޅުތަކަކީ ގޯސް ފިޔަވަޅެކޭ ބުނެވޭކަށެއް ނެތެވެ.

ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހެޔޮ ނިޔަތަކީ ހަރުދަނާ ސިޔާސަތެއްގެ ނަތީޖާ ނެރުމަށް ހަމައެކަނި ބޭނުންވާ ކަމަކަށް ނުވުމެވެ. މާކެޓުތަކުގެ ފެއިލިއާ ތަކުގެ ވާހަކަތަކުން ޓެކްސްޓް ފޮތްތައް ފުރިފައިވީ ނަމަވެސް ސިޔާސަތުތަކުގެ ފެއިލިއާތަކުގެ ވާހަކަތަކެއް ނުދެކެވެ އެވެ. ވަކި ސިޔާސަތަކީ ބޭނުންވާ ނަތީޖާއެއް ނެރެދޭނެ ސިޔާސަތެއް ކަމަށް ގަބޫލުކުރުމަކީ އެ ނަތީޖާ ނެރެވޭނެ ސަބަބެއް ނޫނެނެވެ. މިސާލަކަށް ދަންނަވާނަމަ އިންސާނަކު އުދުހެން ބޭނުންވެ، އުދުހެވޭނެ ކަމަށް ގަބޫލުކޮށްގެން ކުޑަދޮރުން ފުންމާލި ނަމަވެސް ޖައްވުގައި އުދުހޭ މަންޒަރެއް ނުފެންނާނެކަން ޔަގީނެވެ.

މިއީ ސިޔާސަތު އެކަށައެޅުމުގައި ސައިންސަށް ވުރެ ފަންނުވެރިކަމަށް އިސްކަން ދޭ ސަބަބެވެ. ކުރިން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ސިޔާސަތުތައް މުޅިން މެނޭޖުކުރެވޭ ގޮތަށް އަދި މުޅިން މެނޭޖުކުރެވޭ މުއްދަތެއްގެ ތެރޭގައި ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމަކީ މީގެ ކުރިން ހިނގާފައި ހުރި ކަންކަމުން އިބުރަތް ހާސިލު ކުރުމެވެ. ނަމަވެސް، މިއީ އިންސާނުން އަދި ވަކިން ހާއްސަކޮށް ސިޔާސަތު ކަނޑައަޅާ މީހުން ކުރާ ކަމެއް ނޫނެވެ.

ކަންކަން މަނާކުރުމަކީ އެ ކަމެއް މަނާކޮށްގެން ހޯދަން ބޭނުންވާ ނަތީޖާ ހާސިލު ނުކުރެވޭނެ ކަމުގެ އެއް ހެއްކަކީ 1920 ގައި އެމެރިކާގައި ބަނގުރާ މަނާކުރުމުގެ ސަބަބުން ހިނގައިދިޔަ ކަންކަމެވެ. އެ މުއްދަތަކީ އެމެރިކާގައި ބަނގުރާ ބޭނުންކުރާ މީހުން އިތުރު މުއްދަތެކެވެ. އަދި އެމެރިކަން މާފިއާއިން އެ ވިޔަފާރީގެ ތެރެއަށް ވަދެ ވަރުގަދަ ކަޅު ބާޒާރެއް އުފަންކުރި ދުވަސްވަރެކެވެ. އޭގެ 13 އަހަރު ފަހުން 1933 ގައި އެ ނިންމުން ބަދަލުކުރީ ސިޔާސަތު ދެކޮޅު ނުޖެހުމުންނެވެ.

1990 ގައި ކެނެޑާގައި ދުންފަތް އިންތިހާއަށް އަގުބޮޑު ކުރުމުން އެމެރިކާއިން ވަގަށް ދުންފަތް އެތެރެ ކުރުން އާންމުވި އެވެ. އޮސްޓްރޭލިއާގައި ވެސް ސިނގިރޭޓާ ބެހޭ ގާނޫނުތައް ވަރުގަދަ ކުރުމުން ވަގު ބާޒާރެއް އުފެދުނެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް މުދަލެއް ނުވަތަ ހިދުމަތެއް މަނާކުރުން ވެގެންދަނީ އޭގެ ކަޅު ބާޒާރެެއް އުފެދޭ ކަމަކަށެވެ. އެ މުދަލެއް ނުވަތަ ހިދުމަތެއް ބޭނުންކުރާ މީހުންގެ އަދަދު މަދެއް ނުވެ އެވެ. ވަނީ އިތުރެވެ.

އެއްކޮށް މަނާ ނުކުރި ނަމަވެސް ހިފެހެއްޓުމަށް އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ވެސް ކަން ހިނގާފައި އޮތީ ހަމަ އެހެންނެވެ. މެލޭޝިއާގައި 2015 އިން 2016 އަށް ވަގު ސިނގިރޭޓުގެ މާކެޓު ޝެއާ 36 ޕަސެންޓުން 52 ޕަސެންޓަށް އުފުލުނެވެ. އެއީ އެ ގައުމުގެ ސަރުކާރުން އެކަމާ ގުޅޭ ޓެކްސްތައް 43 ޕަސެންޓު ބޮޑުކުރުމުންނެވެ. އެ ޓެކްސްތަކަށް އަމަލު ކުރުން ފަސްކުރުމުން 2020 ގައި 63 ޕަސެންޓުގައި ހުރި ވަގު ސިނގިރޭޓުގެ މާކެޓު ޝެއާ 2024 ވަނަ އަހަރު 55 ޕަސެންޓަށް ވެއްޓުނެވެ.

މި މިސާލުތައް ދައްކައިދެނީ، ސިޔާސަތު ކަނޑައެޅުމަކީ ހަމައެކަނި ރަނގަޅު ނިޔަތުން އެ ކަމެއް ވާނެކަމުގެ ޔަގީންކަން ލިބޭނެ ކަމެއް ނޫން ކަމެވެ. އިގުތިސޯދީ މައުލޫމާތަކީ މިފަދަ ނިންމުންތައް ނިންމުމުގައި ކޮންމެހެން ބޭނުންތެރި މައުލޫމާތެކެވެ. މުދަލެއް ނުވަތަ ހިދުމަތެއް މަނާކޮށްފިނަމަ އިންސާނީ ތަބިއްޔަތަކީ އެހެން ގޮތަކުން އެ މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމެވެ.

ދުންފަތުގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ބިނާކުރުމުގެ މާތް މަގުސަދު ދޫކޮށްލަންވީއެއްނޫނެވެ. އެހެން ނަމަވެސް ދެވަނަ ވިސްނުމަކަށް ގޮސް ކަންކަން އަލުން ބަލައި ރާވަން ޖެހެ އެވެ. މި ތަނުގައި މުހިންމީ އުފެންދުންތެރިކަމުގެ ހުންގާނު ކަމަށްވާ އީޖާދީ އުފެއްދުންތަކާއި ވިޔަފާރި އެވެ.

ތާރީހުގެ ސަފްހާތަކަށް ބަލައިލާއިރު، އިންސާނާއަށް ގޮންޖެހުންތަކާ ކުރިމަތި ވުމުން އެ ކަންކަމާ ކުރިމަތިލުމުގެ ގާބިލިއްޔަތުކަން ވަނީ ދައްކުވައިދީފަ އެވެ. އެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ މަގުފަހިކޮށްދެނީ އީޖާދުތަކުންނެވެ.

ވިޔަފާރިތަކުގެ އީޖާދުތައް ކުރިއެރުވުމަށް، މުއައްސަސާތަކުން ފުރިހަމަ އޮނިގަނޑެއް ބޭނުން ވެ އެވެ. މީގެ މާނައަކީ އެންމެ ފުރަތަމަ ވެސް، ސިޔާސަތުތައް ހުންނަންވާނީ ވިޔަފާރިކުރުމަށް ފަސޭހަވާ ގޮތަށް ކަމެވެ. މަނާކުރުމުގެ ބަދަލުގައި، ކަންކަން ފަރުމާކުރެވިފައި ހުންނަންވާނީ ގެއްލުން ކުޑަވާގޮތަށް ނުވަތަ ގެއްލުން ނުވާ ގޮތަށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox