ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި 10 މީހަކަށް ދައުވާ ކުރަނީ

Dec 15, 2025, 5:38 PM
އެމްޕީއެލްގެ ބަނދަރެއްގައި ހުރި ކޮންޓެއިނަރުތަކެއް ކެރޭނަކުން އުފުލަނީ: މި ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގީ އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ --- އަދަދު ފައިލް ފޮޓޯ

އެމްޕީއެލްގެ ބަނދަރެއްގައި ހުރި ކޮންޓެއިނަރުތަކެއް ކެރޭނަކުން އުފުލަނީ: މި ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގީ އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ --- އަދަދު ފައިލް ފޮޓޯ

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓު ކޮންޓެއިނަރުތަކެއް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންގެ މައްޗަށް ޖިނާއީ ދައުވާތައް ކުރަން ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން މުހައްމަދު ޝަރީފު، ދަފްތަރު ނަންބަރު ރސ 1355، ގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތުމުން، އޭނާގެ ބައި އަނބުރާ ފުލުސް އޮފީހަށް ފޮނުވާލާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. މިއީ މި މައްސަލައިގައި ހައްޔަރު ކުރި ކަމަށް ފުލުހުން ބުނި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ވެސް ނޫނެވެ.

މި ވައްކަން ރޭވި ކަމަށް ފުލުހުން ތުހުމަތުކުރާ މުހައްމަދު ވަހީދު، ދިގަލި، ބ. އޭދުފުށި އާއި އަހުމަދު އާރިފް، މއ. އެވާގްލޯރީގެ އާއި މުއާޒު އަލީ، ހ، ނިއުހެޕިނަސްގެ މައްޗަށް ވަނީ ދެ ދައުވާއެއް ކޮށްފަ އެވެ. އެއީ އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ދައުވާ އެވެ.

އޭގެ އިތުރުން ޒިވާރު އިސްމާއީލް ހދ. ވައިކަރަދޫ، މެދުރީގެ އާއި، އަހުމަދު ޝަހީމް، ހދ. ވައިކަރަދޫ، ނޫރަލީގެ، އާއި، ހ. ރުމޭނިޔާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް ވަނީ ދެ ދައުވާއެއް ކޮށްފަ އެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ދެން ހިމެނޭ ހުސައިން ސާމިހު، ސ. ހިތަދޫ، ޗާނދަނީގެ، އާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދުގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާ އެވެ. އަދި، ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލައިގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ (ވައްކަން ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ) ކޮށްފައިވާ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވަނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެކެވެ. ސަބަބެއް ކަމަށް އެ އޮފީހުން ބުނީ މި ވައްކަން އިންތިޒާމުކޮށް، އިސްކޮށް ހަރަކާތްތެރިވެފައިވާތީ ކަމަށެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، މި ދައުވާތައް ސާބިތުވާ ހާލަތުގައި، ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

މި މައްސަލައިގައި ބަންދުގައި ތިބި މީހުންގެ ތެރެއިން މުހައްމަދު ވަހީދާއި އަހުމަދު އާރިފާއި ހަސަން އަބްދުއްރަހުމާން ވަނީ ޝަރުތުކުރުމަށް ފަހު ބަންދުންދޫކޮށްލާފަ އެވެ. އޭރު ޕީޖީ އޮފީހުން ބުނީ އެ މީހުން ބަންދުން ދޫކޮށްލީ، އެ އޮފީހުން އެދިގެން، އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ހެއްކެއް ނެތުމުން ކަމަށެވެ.

ޕީޖީ އޮފީހުން މި ބުނާ މިންގަނޑަށް ފެތުނު ނަމަވެސް، ކަސްޓަމްސްގެ ކުރީޣެ އޮފިސަރު އަދި އެހެން މައްސަލައެއްގައި ކޮރަޕްޝަނުގެ ދައުވާކޮށްފައިވާ މުއާޒު އަލީ އަދިވެސް ހުރީ ބަންދުގަ އެވެ. މި މައްސަލައިގައި ދެން ހިމެނޭ ހަ މީހުން ވެސް ތިބީ އޭރު ބަންދުގައި ކަމަށް އެ އޮފީހުން ބުންޏެވެ.

މި ހަ މީހުންގެ ތެރެއިން ސާމިހު އާއި ޝަހީމް އާއި ފިރުސާންއަކީ އެމްޕީއެލްގެ މުވައްޒަފުންނެވެ. އަދި، ޒިވާރަކީ މި ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރުމާ ހަމައަށް ކަސްޓަމްސްގެ އިސް މުވައްޒަފެކެވެ. އާދަމް ވަހީދަކީ ކޮންޓޭނަރު އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ދޯނީގެ ކެޕްޓަނެވެ. މުހައްމަދު އަލަމިންއަކީ މި މައްސަލައިގައި ހައްޔަރުކުރި ހަމައެކަނި ބިދޭސީ މީހާ އެވެ.

މި މައްސަލައިގައި ހިމެނޭ ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގީ މީގެ ތިން މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox