މަރެސްކާގެ އިތުބާރު މުޑްރިކް އަށް އެބައޮތް

Dec 19, 2024, 4:22 AM
މަރެސްކާގެ އިތުބާރު މުޑްރިކް އަށް އެބައޮތް

ލަންޑަން (ޑިސެމްބަރު 19) - ޗެލްސީ އަށް ކުޅެމުން އަށް ޔޫކްރެއިންގެ ފޯވާޑް މިހައިލޯ މުޑްރިކް މަނާބޭސް ބޭނުން ނުކުރާނެކަމުގެ އިތުބާރު ޗެލްސީ އަށާ އޭނާ އަށް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެކްސާ ބުނެފި އެވެ.

އިނގިރޭސި އެފްއޭ އިން މިދިޔަ އޮގަސްޓް މަހުގައި ނެގި ރުޓީން ޓެސްޓެއްގައި، މުޑްރިކް، 23، ގެ ސާމްޕަލް ވަނީ މަނާބޭހަކަށް ޕޮޒިޓިވްވެފަ އެވެ.

އެހެންކަމަށްވުމާ އެކު، އިނގިރޭސި އެފްއޭ އިން ނިންމާފައިވަނީ، ދެ ވަނަ ސާމްޕަލެއް ނެގުމަށް ފަހު، އިތުރަށް ކަންކަން ބެލުމަށެވެ. އެ ގޮތުން، ދެ ވަނަ ސާމްޕަލްގެ ޓެސްޓްތައް ނިމެންދެން މުޑްރިކް މި ވަގުތު ހުރީ އިނގިރޭސި އެފްއޭ އިން ދިން ވަގުތީ ސަސްޕެންޝަނެއްގަ އެވެ.

ޗެލްސީގެ ކޯޗު މަރެސްކާ ބުނީ މުޑްރިކް އަކީ މަނާ ބޭސް ބޭނުން ކުރާނެ ކުޅުންތެރިއެއް ނޫން ކަމަށާއި, އެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ޗެލްސީގެ ކޯޗިން ސްޓާފުން އަދި ކުޅުންތެރިންވެސް މި ތިބީ މުޑްރިކްއާއެކު, މުޅި ޓީމަށްވެސް އެބައޮތް ޔަގީންކަން މުޑްރިކް މަނާ ބޭސް ބޭނުން ނުކުރާނެ ކަމުގެ." މަރެސްކާ ފާހަގަކުރި އެވެ.

ކުރިން ލެސްޓާ ސިޓީ އަށް ކޯޗުކޮށްދިން، މަރެސްކާ ބުނީ މުޑްރިކް އެނބުރި އަންނާނެ ކަމަށާއި, އެކަމަކު އޭނާ އަންނާނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

މުޑްރިކް، އެންމެ ފަހުން މެޗެއްގައި ކުޅެފައިވަނީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ޗެލްސީން މި މަހު އެއް ވަނަ ދުވަހު އެސްޓަން ވިލާއާ ކުޅުނު މެޗުގެ ސްކޮޑުގައި މުޑްރިކް ހިމެނުނު ނަމަވެސް އޭނާ ކުޅެން އަރާފައިނުވެ އެވެ.

މީގެ އެއް އަހަރު ކުރިން، އާސެނަލްގެ ޑީލެއް ހައިޖެކްކުރުމަށް ފަހު، ޗެލްސީން މުޑްރިކްގެ ސޮއި ހޯދީ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް 100 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޗެލްސީ އަށް ކުޅުނު 73 މެޗުން މުޑްރިކަށް ޖެހުނީ އެންމެ 10 ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox