ގައުމީ ހޭންޑްބޯލް ތަށި ރެޑްހޯކްސް އާއި ޖީބީ އަށް

Nov 21, 2024, 8:37 AM
ރެޑްހޯކްސް އިން ގައުމީ ހޭންޑްބޯލް މުބާރާތުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ގާފު ސްޕޯޓްސް

ރެޑްހޯކްސް އިން ގައުމީ ހޭންޑްބޯލް މުބާރާތުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ގާފު ސްޕޯޓްސް

ގައުމީ ހޭންޑްބޯލް މުބާރާުތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން، ރެޑްހޯކްސް އިން ހޯދިއިރު، ފިިރިހެން ޑިވިޝަންގެ ތަށި ޖީބީ ސްޕޯޓްސް ކްލަބުން އުފުލާލައިފި އެވެ.

އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، އޮރިކްސް އިން އަންހެން ޑިވިޝަނުގެ ތަށި މިލްކުކުރަން ނުކުމެ، ފައިނަލް މެޗުގައި ރެޑްހޯކްސް އަތުން ބަލިވީ 24-29 އިންނެވެ.

ތިން ޓީމު ވާދަކުރި އަންހެން ޑިވިޝަނުގެ ލީގު ބުރުގައި، އޮރިކްސް އާއި ރެޑްހޯކްސް އިން ދެ ފަހަރު ބައްދަލުކުރިއިރު، އެއް މެޗުން މޮޅުވީ އޮރިކްސް އެވެ. އަނެއް މެޗުން ރެޑްހޯކްސް ކާމިޔާބު ހޯދި އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ރެޑްހޯކްސްގެ ފާތިމަތު ޖުނާ އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ، އޮރިކްސްގެ މަރިޔަމް ލީން، ރަފާހާ އިބްރާހިމް، ޒުލެއިހާ އިބްރާހިމް، ފާތިމަތު އަރްފާ، ޒުހާ ހުސެއިން، ރެޑްހޯކްސްގެ ޖުނާ އަދި އެސްޖީސީގެ ރިޒްނާ މުހައްމަދު އެވެ.

ޗެމްޕިއަންކަން ހޯދި ޖީބީ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ގާފު ސްޕޯޓްސް

ފިރިހެން ޑިވިޝަނުގެ ތަށި، ފިއުޗާ ސްޕޯޓްސް ކްލަބް އަތުން 35-34 އިން މޮޅުވެ، ޖީބީ ސްޕޯޓްސް ކްލަބުން ހޯދިއިރު، މި މެޗުގައި ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެންގޮސްފަ އެވެ. ޖީބީ ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާޖީ އެވެ.

ފިރިހެން ޑިވިޝަނުގެ މޮޅު ހަތް ކުޅުންތެރިންނަކީ ސިފައިންގެ ކްލަބްގެ މުސްތަފާ މުހައްމަދު، ޖީބީގެ އަބްދުﷲ ޒަހުވާން، މުހައްމަދު ފިރުނާޝް، އަހުމަދު އިނާޝް އަދި ނާޖީގެ އިތުރުން، ފިއުޗާ ސްޕޯޓްސް ކްލަބްގެ ރާއިދު ރަޝީދު އާއި މުހައްމަދު ޔަޝްމު އެވެ.

ޖީބީ އާއި ފިއުޗާ އިން ލީގު ބުރުގައި މި ދެ ޓީމުން ދެ ފަހަރު ބައްދަލުކުރި އެެވެ. އެއް މެޗުން ޖީބީ މޮޅުވިއިރު، އަނެއް މެޗުން ކުރިހޯދީ ފިއުޗާ ސްޕޯޓްސް ކްލަބް އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ވެލިދޫ ޔުނައިޓެޑް އެވެ. އެއީ ފައިނަލުގައި، ޒެފްރޯލް ބަލިކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox