މުބާރާތްތަކުގައި ޒުވާން އެތުލީޓުންގެ ފެންވަރު އަންނަނީ ރަނގަޅުވަމުން: ކުޑަ އައްޔަ

Oct 7, 2024, 10:04 AM
މުބާރާތްތަކުގައި ޒުވާން އެތުލީޓުންގެ ފެންވަރު އަންނަނީ ރަނގަޅުވަމުން: ކުޑަ އައްޔަ

ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ބާއްވަމުން އަންނަ ގައުމީ ބޮޑީބޯޑިން ލީގުގެ މުބާރާތްތަކުގައި އަހަރުން އަހަރަށް ބައިވެރިވަމުން އަންނަ ޒުވާން އެތުލީޓުންގެ ފެންވަރުު އަންނަނީ މަތިވަމުން ކަމަށް ރާއްޖޭގައި އުފެދުނުް އެންމެ މޮޅު ބޮޑީބޯޑަރު، އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބުނެފި އެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް، ލަބޭރާ ޗެލެންޖް މިދިޔަ ބުރާސްފަތި ދުވަހު ނިމުނުއިރު، އެ މުބާރާތް ކާމިޔާބުކުރީ ކުޑަ އައްޔަ އެވެ. މިއީ، ކުޑަ އައްޔަ މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މުބާރާތް ބާއްވަން ފެށީއްސުރެ މި މުބާރާތް ކާމިޔާބު ކުރަމުން އަންނަނީ ކުޑަ އައްޔަ އެވެ.

މި މުބާރާތުގެ ފައިނަލަށް ފަހު ވާހަކަ ދައްކަމުން ކުޑަ އައްޔަ ބުނީ، ކުރިން މުބާރާތްތަކަށް ނުކުންނައިރު، މުބާރާތް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ. އެކަމަކު، މި ފަހުން އަހަރަކުން އަހަރަކަށް ޒުވާން އެތުލީޓުންގެ ފެންވަރު އަންނަނީ ރަނގަޅުވަމުން ކަމަށާއި، މިހާރު މުބާރާތްތައް ކާމިޔާބުކުރުން އެއީ ޗެލެންޖެއް ކަމަށް ކުޑަ އައްޔަ ބުނެފައިވެ އެވެ.

ލަބޭރާ ޗެލެންޖްގައި ކުޑަ އައްޔަ ވާދަކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

"ތިން ވަނަ ފަހަރަށް ލަބޭރާ ކާމިޔާބުކުރީމަ މިހުރީ ވަރަށް އުފަލުން. މިހާރު ދެން ވަރަށް ޗެލެންޖިން، ޒުވާން އެތުލީޓުންގެ ޕާފޯމެންސްއާ އެކު" ކުޑަ އައްޔަ ބުންޏެވެ.

ކުޑަ އައްޔަ ބުނީ ގައުމީ ލީގުގެ ދެން ހުރި މުބާރާތްތައް ކާމިޔާބުކޮށް ލީގުގެ އެއް ވަނަ ހޯދުން އެއީ އަމާޒު ކަމަށެވެ.

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރުގެ މެންސް އޯޕަން އާއި ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ހޯދީ ކުޑަ އައްޔަ އެވެ.

ލަބޭރާ ޗެލެންޖުގެ ފައިނަލްގައި ކުޑަ އައްޔައާ ވާދަކޮށްފައިވަނީ އަލީ ޖާވިދު (ޖާއްޓޭ) އެވެ. ކުޑަ އައްޔަ ފައިނަލް ކާމިޔާބުކުރީ 1.04 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ކުޑަ އައްޔަ ޖުމްލަ ފަސް ރާޅުގައި އެޅިއިރު، އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 6.50 އާއި 4.07 ސްކޯކޮށް ޖުމްލަ 10.57 ސްކޯކޮށްފަ އެވެ. ޖާއްޓެ ފައިނަލުގައި ޖުމްލަ ހަތް ރާޅުގައި އެޅިއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ އަށް ލިބުނީ، 4.00 އަދި 5.17 އެވެ. ޖާއްޓެގެ ޖުމްލަ ސްކޯ އަކީ، 9.17 އެވެ.

ޑްރޮޕް-ނީ ފައިނަލް، ކުޑަ އައްޔަ ކާމިޔާބުކުރީ ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ބަލިކޮށްފަ އެވެ. ފައިނަލުގައި ކުޑަ އައްޔަ ވަނީ ހަ ރާޅުން 9.33 ސްކޯ ކޮށްފަ އެވެ. އެއީ، އެންމެ މަތިން ސްކޯކުރި ދެ ރާޅުން 4.33 އާއި 5.00 ހަމަކޮށްގެންނެވެ. އާމިން އަށް ފައިނަލުގައި ފަސް ރާޅުން ލިބުނީ 4.30 ގެ ސްކޯ އެކެވެ. އެއީ އެންމެ މަތިން ސްކޯކުރި ދެ ރާޅުން, 1.90 އަދި 2.40 ސްކޯކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox