ސްޓެގެން އަށް އަނިޔާވެ، ސީޒަން ގެއްލުމުގެ ބިރު އެބައޮތް

Sep 23, 2024, 12:45 AM
ސްޓެގެން އަށް އަނިޔާވެ، ސީޒަން ގެއްލުމުގެ ބިރު އެބައޮތް

ބާސެލޯނާ (ސެޕްޓެމްބަރު 23) - ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކީޕަރު މާކް އަންޑްރޭ ޓާ ސްޓެގެން އަށް އަނިޔާވެ، މި ސީޒަނުގައި ދެން ނުފެނުމުގެ ބިރު އެބައޮތް ކަމަށް އެ ޓީމުން ބުނެފި އެވެ.

ބާސެލޯނާ އިން ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މިއީ، ބާސެލޯނާ އިން ސްޕެނިޝް ލީގުގައި، މި ފަހަރު ކުޅުނު ހަ ވަނަ މެޗެވެ. އާ ކޯޗު، ހަންސީ ފްލިކާ އެކު ނުކުމެ، ލީގުގެ މި ހަ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ.

މި މެޗުގައި ރޮބާޓް ލެވަންޑޯސްކީ ދެ ގޯލު ޖެހިއިރު, ރަފީނިއާ ވެސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ބާސެލޯނާގެ ފަސް ވަނަ ގޯލު ޖެހީ ޕަބްލޯ ޓޯރޭ އެވެ.

މެޗުގައި، ބާސެލޯނާގެ ކީޕަރު ސްޓެގެން އަށް އަނިޔާވީ، މި މެޗުގެ ފުރަތަމަ ހާފުގަ އެވެ. އޭނާ އަށް އަނިޔާވެގެން ދަނޑުން ބޭލީ އަށިގަނޑުގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ފްލިކް ސްޓެގެން އަނިޔާ އަކީ ސީރިއަސް އަނިޔާ އަކަށްވުން ގާތް ކަމަށެވެ. އަދި ބޮޑަށް ބެލެވޭ ގޮތުން ސްޓެގެންގެ ލިގަމެންޓް އަށް އަނިޔާވުން އެކަށީގެންވާ ކަމަށެވެ. އަދި އެއީ، ލިގަމެންޓްގެ ސީރިއަސް އަނިޔާ އެއް ނަމަ މި ސީޒަނުގައި ދެން ސްޓެގެން ނުފެނުން ގާތް ކަމަށް ވެސް ފްލިކްގެ ވާހަކައިގައި ފާހަގަކުރި އެވެ.

"ސްޓެގެންގެ އަނިޔާ އަކީ ސީރިއަސް އަނިޔާއަކަށްވުން ގާތް. އެކަމަކު އަހަރެން އުންމީދު މިކުރަނީ އެހެން ނުވުން. ބޮޑަށް ބެލެވެނީ ކަކުލުގެ އޭސީއެލް ޓިއާ އެއް ހެން. އެހެންވެއްޖެ ނަމަ މި ސީޒަނުގައި ދެން ސްޓާގެން ނުފެނުން ގާތް" ފްލިކް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox