މާޒިޔާ އަށް ޑްރަގަން އައީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އެނގިހުރެ، ތަފާތު ދައްކަން ބޭނުމީ ސަޕޯޓް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ އާ ކޯޗު ޑްރަގަން ވާހަކަ ދައްކަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ އާ ކޯޗު ޑްރަގަން ވާހަކަ ދައްކަނީ.---- ފޮޓޯ: އަތޫފް އާތިފް/ އަދަދު

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އެނގޭ ކަމަށާއި ކަންކަން ރަނގަޅުކުރަން ބޭނުންވަނީ ސަރުކާރާއި ފުޓްބޯޅަ ހިންގަން ތިބި ފަރާތްތަކުގެ ސަޕޯޓް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް މިއަދު ހަމަޖެއްސި ޔުއެފާ ޕްރޯ ލައިސަންސް ކޯޗު ޑްރަގަން ޑުކަނޯވިޗް ބުނެފި އެވެ.

މާޒިޔާ އިން އާ ކޯޗެއްގެ ދަށުން މަސައްކަތް މި ފެށީ، އޮކްޓޫބަރު މަހު ފަހުކޮޅުގައި ކުރިއަށްދާ އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރުމަށެވެ.

އެ ގޮތުން، އަންނަ، އޮކްޓޫބަރު 26 ގައި ފަށަން ނިންމާފައިވާ އޭއެފްސީ ޗެެލެންްޖް ލީގުގައި މާޒިޔާ ހިމެނެނީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގަ އެވެ. މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ. މާޒިޔާގެ ގްރޫޕްގައި އޮތީ ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކްލަބް، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާ އެވެ.

ފަސް ގައުމުގައި ކޯޗިންގެ 18 އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައިވާ ޑްރަގަން، އަކީ މާޒިޔާގެ ކޯޗުކަމާ ހަވާލުވި ހަ ވަނަ ބިދޭސީ ކޯޗެވެ. އޭނާ، މާޒިޔާއާ ހަވާލުވިއިރު، ރާއްޖޭގެ ފުޓްބޯޅައިގައި ކުރިއަށް މި ދަނީ ޓްރާންސިޝަން މުއްދަތެކެވެ. ފީފާގެ ނިންމުންތަކާ އެކު، އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްދާއިރު، ރާްއްޖޭގެ ޑޮމެސްޓިކް ފުޓްބޯޅަ ސީޒަން ފަށާނެ އިރެއް ނޭނގެ އެވެ.

މާޒިޔާއާ އެކު، މިއަދު ކޯޗުކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން، ޑްރަގަން ބުނީ، މިއީ ކޯޗިން ކެރިއަރުގައި ވެސް އެންމެ ޗެލެންޖް ބޮޑު މަސައްކަތަށްވާނެ ކަމަށެވެ.

"އަހަރެން ދުވަހަކު ވެސް މި ކަހަލަ ހާލަތެއްގައި މަސައްކަތެއް ނުކުރަން. އެކަމަކު، އަހަންނަށް އަމިއްލަ ނަފްސަށް އިތުބާރު އެބައޮތް. އަހަންނަށް އެބަފެނޭ މި ކްލަބްގެ މެނޭޖްމަންޓުން ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ މިންވަރު،" ބަންގްލަދޭޝާއި އިންޑޮނޭޝިއާގައި ކޯޗިން މަސައްކަތްކޮށްފައިވާ ޑްރަގަން ބުންޏެވެ.

"އަހަރެން، ރާއްޖެ އައީ މި ގައުމުގެ ފުޓްބޯޅައިގެ ހާލަތު އެނގިހުރެ، މި ހާލަތުގައި ވެސް އެންމެންގެ ސަޕޯޓާ އެކު، މާޒިޔާގެ ތާރީހުގައި ލިޔެވޭނެ އަދި މި ގައުމުގެ ފުޓްބޯޅަ ތާރީހަށް ޓަކައި ވެސް ތަފާތު މަސައްކަތެއް ކުރަން،"

މާޒިޔާ އަކީ އޭޝިއާގެ ގިނަ ބައެއް ދަންނަ، ރާއްޖޭގެ ބޮޑު ކްލަބެއް ކަމަށް ޑްރަގަން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ ޗެމްޕިއަންކަން، ޖެހިޖެހިގެން ހަތަރު ފަހަރަށް ހޯދާފައިވާ މާޒިޔާ އަށް މިހާތަނަށް ނުކުރެވި އޮތް ކަމަކީ، އޭއެފްސީ މުބާރާތެއްގެ އަނެއް ބުރަށް ދިއުން ކަމަށާއި އެކަން ކުރަން އޭނާ އަށް ވެސް ހާއްސަ "މޯޓިވޭޝަނެއް" އެބަހުރި ކަމަށް ޑްރަގަން ވަނީ ބުނެެފަ އެވެ.

އެކަމަކު، އެ ވަރުގެ ކަމެއް ހާސިލްކުރަން ބަލާއިރު އޮތް ޗެލެންޖް ވެސް ކުޑައެއް ނޫން ކަމަށް ޑްރަގަން ގަބޫލުކުރެ އެވެ.

"ޔަގީންކަމެއް، އަހަރެމެން ކުރިމަތީގައި މި އޮތް ޗެލެންޖް، ވާދަކުރަން ޖެހޭ ޓީމުތަކަށް ބަލާއިރު، އެ މީހުން އަންނާނީ ލީގުތަކުގައި ކުޅެފައި، މެޗުތަކެއް ކުޅެފައި. އެ މީހުން ތައްޔާރުވެފައި އޮންނާނީ. އަހަރެމެން ވެސް ޖެހޭނެ ވީ ގޮތެއް ބަލައިގެން ވިޔަސް ތައްޔާރުވެވޭތޯ ބަލަން. އަހަންނަށް އެބަފެނޭ، މެނޭޖްމަންޓުން މެޗުތަކެއް ލިބޭތޯ އެ ކުރާ މަސައްކަތް މި ކަންކަމަށް ސަޕޯޓް ދޭންވީ، ސަރުކާރުންނާއި ފެޑެރޭޝަނުން ވެސް، އެންމެން އެކުގައި ނޫނީ މި ކަމެއް ނުކުރެވޭނެ،" ޑްރަގަން ބުންޏެވެ.

ޔޫރަޕުން ބޭރުގައި ޑްރަގަންގެ ފުރަތަމަ ތަޖުރިބާ އައި ބަންގްލަދޭޝްގަ އެވެ. އެ ގޮތުން،، 2013-2014 ވަނަ އަހަރުގެ ސީޒަނުގައި، ޑުކަނޯވިޗް ވަނީ ބަންގްލަދޭޝްގެ ޝެއިހް ރަސެލް އެފްސީގައި ކޯޗުކަން ކޮށްފަ އެވެ. ޝެއިހް ރަސެލް ޓީމަށް ކޯޗުކޮށްދިން ފުރަތަމަ ބިދޭސީ ކޯޗު، ޑްރަގަން، ވަނީ އެ ޓީމަށް ބަންގްލަދޭޝްގެ ޕްރެޒިޑެންޓްސް ކާމިޔާބުކޮށް، އޭއެފްސީ ކަޕަށް ގެންގޮސްދީފަ އެވެ.

ޑްރަގަންގެ ކޯޗިން ކެރިއަރުގައި އެންމެ ގިނަ ތަޖުރިބާތަކެއް ކޮށްފައިވަނީ އިންޑޮނޭޝިއާގަ އެވެ. އޭނާ ވަނީ، 2016-2017 ވަނަ އަހަރު އިންޑޮނޭޝިއާ ކްލަބް، ބޯނެއޯ ސަމަރިންޑާ އަށް ކޯޗުކޮށްދިނުމުގެ އިތުރުން، 2019-2021 އަށް އިންޑޮނޭޝިއާގެ ކްލަބް، ޕީއެސްއައިއެސް ސަމަރަންގެ ޓެކްނިކަލް ޑިރެކްޓަރު ކަމާއި ކޯޗުކަން ކޮށްފަ އެވެ. އަދި 2022 ވަނަ އަހަރު ވެސް އެ ޓީމުގައި ކޯޗިންގެ މަސައްކަތްކޮށްފައިވެ އެވެ.

ރާއްޖެ އަކީ ފުޓްބޯޅައިގެ ހުނަރު އޮތް ގައުމެއްކަން އެނގޭ ކަމަށާއި މާޒިޔާގެ މެޗުތަކުގެ ވީޑިއޯ އިން ވެސް އެކަން ޔަގީންކުރެވިފައިވާ ކަމަށެވެ. ދެން، ބޭނުންވަނީ ރަނގަޅު ލީގެއް އޮތުން ކަމަށާއި އެ ގޮތަށް ނޫނީ، ރާއްޖޭގެ ގައުމީ ޓީމަކަށް ވެސް ބޭނުންވާ ލެވަލަށް ނުދެވޭނެ ކަމަށް ޑްރަގަން ވަނީ ބުނެފަ އެވެ.

ޑްރަގަންއާ އެކު، މާޒިޔާ އިން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕްރީ ސީޒަން ޕްރެކްޓިސް ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox